15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ވާހަކަ

ބާޒާރަށް ގެނައި ޖުހާގެ ހިމާރު

ރާއްޖެ އެމްވީ | 5 މަސް ކުރިން |


  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި




އެއް ދުވަހަކު ޖުހާ އޭނާގެ ހިމާރު ގަނެ ވިއްކާ ބާޒާރަކަށް ގެނެސްފިއެވެ.

ހިމާރު ބޭއްވުމަށްފަހު އޭގެ ކައިރީގައި އިށީން ތަނުން ހިމާރު ގަތުމަށް ޝައުގުވެރި ވެގެން އައިސް އޭގެ ކައިރީގައި މީހަކު މަޑުކޮށްލައިފިއެވެ.

ހިމާރުގެ އުމުރުން މިހާރު ކިހާ ދުވަހެއް ވެދާނެތޯ އޭނާ އަހަމުން، އުމުރު ދެނެގަތުމުގެ ގޮތުން އެސޮރުގެ އަނގަ ހުޅުވާލައިފިއެވެ.

އަނގަ ހުޅުވާލުމާއެކު އެމީހާގެ އަތުގައި ފިސާރި ބާރަށް ހިމާރު ދައިގަނެފިއެވެ.

އެއާއެކު އޭނާ އަށް ވީ ތަދުން ވަރަށް ރުޅިގަދެވެ ހިމާރަށް ހެއްދެވި ނުހެއްދެވިއަށް ގޮވަމުން އަވަސް އަވަހަށް ހަރުކޮށް ހިނގާފައި އެތަނުން ހިނގައްޖެއެވެ.

މަންޒަރު ބަލަން ވަރަށް ހަމަޖެހިލާފައި ޖުހާ އިނެވެ.

މާ ގިނައިރު ތަކެއް ނުވެ އަނެއްކާވެސް އެތަނަށް އައި އެހެން މީހަކު ހިމާރު ކައިރީގައި މަޑުކޮށްލައިފިއެވެ.

މީގެ އަގު ކިހާވަރެއްތޯ ކިޔަމުން ހިމާރުގެ ވަށައިގެން ބަލަމުން ހިނގަމުން ގޮސް އޭގެ ނަގޫ ބަލާލަން އަތް ޖައްސާލި ތަނުން ހިމާރުގެ ފައިން އޭނާގެ ގައިގައި އަޅާ ވިހެލައިފިއެވެ.

ނުވިސްނާ ހުއްޓާ ޖެހި ގޮތުން އެއާއެކު އެމީހާ ބިންމައްޗަށް ވެއްޓިއްޖެއެވެ.

ވަރަށް ހިތްހަމަ ނުޖެހި ހުރެ އެމީހާ ތެދުވެ، ހިމާރަށް އޭތި، މީތި ގޮވައިފިއެވެ.

އޭނާ ވެސް ރުޅި އައިސް ހުރެ އެތަނުން އިރުކޮޅަކުން ދުރަށް ހިނގައްޖެއެވެ.

އެހިސާބުން މި ވަމުންދާ ގޮތް ބަލަން ހުރި މީހަކު އައިސް ޖުހާ ކައިރީގައި ބުނެފިއެވެ. "ބުނަންތަ ރަނގަޅު ވާހަކަ އެއް. އެއްވެސް މީހަކު ނުގަންނާނެ ތިޔަ ޒާތުގެ ހިމާރެއް. ދައިގަނެ، ކޮޅުފައިން ޖަހާ ހިމާރު ގަންނާނެ މީހަކު ނުވާނެ. ކިތަންމެ އިރަކު އިނަސް ތިޔައީ ވިއްކޭނެ އެއްޗެއް ނޫން."

"ކާކު ބުނީ ވިއްކަން ގެނައި އެއްޗެކޭ މިއީ." ޖުހާ ޖަވާބުގައި ބުންޏެވެ. "އަހަރެން ހިމާރު މިތަނަށް ގެނައި ސަބަބަކީ ހުރިހާ އަޚުންނަށް އަހަރެން ތަހައްމަލު ކުރާ ވޭން އިހުސާސްވޭތޯ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް