21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ވާހަކަ

އަވައްޓެރިޔާގެ ތެލި

ރާއްޖެ އެމްވީ | 10 މަސް ކުރިން |


  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  3. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  6. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  7. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  8. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި




އެއްދުވަހަކު މާ ބޮޑު ކެއްކުމެއް ކަންކަން ޖެހިގެން ޖުހާއަށް ބޮޑު ތެއްޔެއް ހޯދަން ޖެހިއްޖެއެވެ.

މިކަމާ ޖުހާގެ އަވައްޓެރިއެއްގެ ގާތައް ގޮސް ބޮޑު ތެއްޔެއް އެ ގޭގައި އޮތްތޯ އަހައިފިއެވެ.

އަވައްޓެރިޔާ ޖުހާ ބޭނުންވި ސައިޒްގެ ބޮޑު ތެއްޔެއް އަނބުރާ ގެންނަ ގޮތައް ދީފިއެވެ.

ދުވަސްކޮޅެއް ފަހުން ތެލި އަނބުރާ ރައްދު ކުރަން ޖުހާ ދިޔައިރު ދިޔައީ އެ ތެލީގެ ތެރެއަށް ކުޑަ ތެއްޔެއް ވެސް ލައިގެންނެވެ.

"މިއީ ކޮން އެއްޗެއް؟" ބޮޑު ތެލީގެ ތެރޭގައި އޮތް ކުޑަ ތެއްޔަށް އިޝާރާތް ކުރަމުން އަވައްޓެރިޔާ ޖުހާ ގާތުގައި އެއްސެވެ.

"ވީ ގޮތަކީ ތެލި ވިހެއީ، ބޮޑު ތެލީގެ ތެރޭގައި އެ އޮތީ ބޮޑު ތެލީގެ ދަރި." ޖުހާ ބުންޏެވެ.

މި ވީ މާ ރަނގަޅު ގޮތެކޭ އަވައްޓެރިޔާ ހިތައް އެރިއެވެ. "އަހަންނަށް މި ލިބުނީ ދެ ތެލި." އޭނާގެ ހިތައް އަރަމުން ދިޔައެވެ.

ކޮންމެއަކަސް ދުވަސް ކޮޅެއް ފަހުން އަނެއްކާ ވެސް ޖުހާ ބޮޑު ތެއްޔެއް ބޭނުން ވެގެން އަވައްޓެރިޔާގެ ގާތައް ހިނގައްޖެއެވެ.

އަވައްޓެރިޔާ ކުރީފަހަރު ވީ ގޮތް ހިތައް އަރާފައި ލަހެއް ފަހެއް ނުކޮށް ގޭގައި އޮތް އެންމެ ބޮޑު ތެލި އުފަލުން ދީފިއެވެ.

ޖުހާ ތެލި ހިފައިގެން ގޮސް އެތައް ދުވަހެއް ފާއިތުވެ ދިޔަ އިރު ވެސް ތެލި އަނބުރާ ގެންނަ ގޮތެއް ނުވިއެވެ.

އަވައްޓެރިޔާ އަށް މިކަމާ އުނދަގޫ ވެގެން އެންމެ ފަހުން ޖުހާގެ ގެއަށް ތެލި ބަލައި ހިނގައްޖެއެވެ.

"ކޮބާ އަނބުރާ ގެންދަން މި ގެއަށް ގެނައި ބޮޑު ތެލި؟" އަވައްޓެރިޔާ ޖުހާ އަށް ސުވާލު ކުރިއެވެ.

"އެ ތެލި މަރުވެއްޖެ." ވަރަށް ދެރަވެފައި ހުރި ރާގަކަށް ޖުހާ ބުންޏެވެ.

"ތެލި މަރުވޭތަ؟" ހައިރާންވެފައި ހުރި އަވައްޓެރިޔާ ސުވާލު ކުރިއެވެ.

"ތެއްޔަށް ވިހޭ ކަމަށް ވަންޏާ މަރުވެސް ވާނެ ނޫންބާ؟ ވިހެއުމުގެ ތެރޭގައި ތެލި މަރުވީ!" ޖުހާ ބުންޏެވެ.

"އޭ ރަހުމަތްތެރިއާ ބުނަންތަ، ކަންކަމުގެ ފައިދާ ހޯދަން އެދޭ މީހާ ޖެހޭނެ ގެއްލުމާ ވެސް ކުރިމަތިލާން ކެރެން." ޖުހާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް