21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ވާހަކަ

ވަސް ބެލުމުގެ އަގު

ރާއްޖެ އެމްވީ | 10 މަސް ކުރިން |


  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  6. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  7. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  8. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި




އެއްދުވަސް ވަރެއްގައި އުޅުނު ވަރަށް ފަގީރު މީހަކު އޭނާ ކާންބޯނެ އެއްޗެއް ގަންނަން ނުލިބިގެން މި އިންނަނީ އެ އަވަށުގެ ޕާން ފިހާ މީހާގެ ފިހާރައިގެ ދޮރުބުޑުގައެވެ.

އޭރުން އޭނާ އަށް އެންމެ ކުޑަ މިނުން އެތަނުގައި ފިހާ އެއްޗެހީގެ މީރު ވަސް ލިބެއެވެ.

އެތައް ބަޔަކު ބޭކަރީގެ ސާމާނުތައް ގަންނަން އެތަނައް ވަދެ ނިކުމެ އުޅެއެވެ.

ފަގީރު މީހާއަށް އޮތީ ބޭރުގައި އިނދެގެން އެއްޗެހީގެ ވަސް ބަލާލައިގެން ހިތްހަމަ ޖައްސާލުމެވެ.

މިކަން މިހެން ހިނގާކަން ޕާންފިހާ މީހާއަށް އެނގިއްޖެއެވެ.

އެނގުމުން ފަގީރު މީހާ ކައިރިއަށް އައިސް އެއަށް އަގުދޭން އެދެފިއެވެ. ހިލޭ ވަސް ނުބެލޭނެ ކަމަށާއި ވަސް ބަލަންޏާ އެކަމަށް އަގު ދޭން ޖެހޭނެ ކަމަށް ބުނެފިއެވެ.

އެކަމަކު މި ނިކަމެތި ފަގީރު މީހާ އަކަށް އޭނާ އަތުގައި ދޭނެ ފައިސާ އެއް ނެތެވެ.

ކޮންމެ އަކަސް ދެ މީހުން އެއްބަސްވީ ޖުހާ ގާތައް ގޮސް އޭނާ ނިންމާ ގޮތަކަށް މި މައްސަލަ ހައްލު ކުރުމަށެވެ.

"މި މީހާ އައިސް ކޮންމެ ދުވަހަކު އަހަރެން ޕާން ފިހާ ތަނުގެ ބޭރުގައި އިނދެ ޕާން ފިހެވޭ އިރު އެއިން ދުވާ މީރުވަސް ބަލާނީ، އެއްޗެއް ނުދޭ، އޭނާ އަތުގައި ފައިސާ ނެތް ކަމަށް ބުނެ ލާރި އެއް ނުދޭ، އެކަމަކު އަހަރެން ބޭނުން އެއަށް މީނާ އަގެއް ދައްކަން." މައްސަލަ ޖުހާ އަށް ކިޔައިދެމުން ޕާންފިހާ މީހާ ބުންޏެވެ.

ޖުހާ އިރުކޮޅަކު ވިސްނާލަން އިނެވެ.

އިރުކޮޅަކުން ޖީބުން ފައިސާ ފޮއްޗެއް ނަގާ ބިއްމައްޗަށް އެއްލާލިއެވެ.

"އިވުނުތަ އެ ފައިސާފޮތި ބިންމަތީގައި ޖެހުމުން ގޮވި އަޑު؟" ޖުހާ އެއްސެވެ.

"އަޑު އިވުނު." ޕާންފިހާ މީހާ ބުންޏެވެ.

"އާ އެހެންވީމާ، އެއީ އޭގެ އަގު، ޕާނުގެ ވަސް ބެލީމާ އޭގެ އަގަކީ ފައިސާ ފޮތިން ގޮވި އަޑު، އެހެންވީމާ އެ އަޑު އިވިއްޖެ ކަމަށް ބުނީމާ އަގު ލިބި ނިމުނީ" ޖުހާ އެހެން ބުނެ ދެ މީހުން ފޮނުވާލިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް