21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ވާހަކަ

ބައްޕަ ހެދި ގޮތް ހެދުން

ރާއްޖެ އެމްވީ | 10 މަސް ކުރިން |


  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  6. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  7. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  8. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި




އެއް ދުވަހަކު ސައިތައްޓެއް ބޯލަން ޖުހާ ހޮޓަލަކަށް ވަދެއްޖެއެވެ.

ވަދެ ގޮނޑިމަތީގައި ޖުހާ ލައިގެން ހުރި ޖެކެޓް ބާލާފައި ބޭއްވުމަށްފަހު ޖުހާ ދިޔައީ ފާޚާނާ އަށެވެ.

ގޮއްސަ އައި އިރު ޖެކެޓެއް ނެތެވެ.

މިވީ ގޮތަކީ ޖުހާ އަށް ޖެއްސުމެއް ކޮށްލުމުގެ ގޮތުން އެތާނގައި ތިބި ކުދިންތަކެއް ޖުހާގެ ޖެކެޓް ފޮރުވީއެވެ.

ޖުހާ ފާޚާނާ އިން އެނބުރި އައިސް ޖެކެޓް ނެތްކަން އެނގުމުން ޖުހާ ވަރަށް ހިތްހަމަ ނުޖެހިއްޖެއެވެ.

ޖުހާ ބުންޏެވެ. "ކޮބާ މަގޭ ޖެކެޓް؟"

އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުންޏެވެ.

އަނެއްކާ ވެސް ޖުހާ ބުނެފިއެވެ. "ކޮބާ މަގޭ ޖެކެޓް؟ އެ ޖެކެޓް ނެގި މީހަކު އޭތި ދައްކާ ހަމަ މިހާރު؟"

އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުންޏެވެ. މުޅިތަން އޮތީ ހަމަ ހިމޭން ވެފައެވެ.

ޖުހާ ކުރިއަށް ވުރެ ވެސް ބާރަށް ބުނެފިއެވެ. "ބުނަނަ މަގޭ ޖެކެޓް ނުދައްކައިފިއްޔާ، އަހަރެން ދެން ކަންތައް ކުރާނީ އަހަރެންގެ ބައްޕަ ހެދި ގޮތައް!"

މިހެން ޖުހާ ބުނުމުން އެތަނުގައި އިން މީހަކު އޭނާގެ ކުރިމަތީގައި އިން މީހާގެ ގާތުގައި މަޑުމަޑުން އަހާލައިފިއެވެ. "އޭނާގެ ބައްޕަ ހެދި ގޮތޭ؟ އެނގޭތަ އެއީ އަނެއްކާ ކިހިނެއް ހެދީ؟"

"ނޭނގެ މަށަކަށް." އޭގެ ޖަވާބުގައި އަނެއް މީހާ ބުންޏެވެ.

ހިތްހަމަ ނުޖެހިފައި ހުރި ޖުހާ އަނެއްކާވެސް ތަކުރާރު ކޮށް ކުރިން އޭނާ ބުނި ވާހަކަ ބުނެފިއެވެ. "މަގޭ ޖެކެޓް ނުދީފިއްޔާ މި ބުނަނީ ދެން ހަދާނީ އަހަރެން ބައްޕަ ހެދި ގޮތަށޭ، ނޫނީ ހަމަ މިހާރު ޖެކެޓް ދޭންވީ..."

ޖުހާ ތަކުރާރު ކޮށް މިހެން ބުނުމުން އެކަކު އަނެކަށް މި ސުވާލު ކުރަން ފަށައިފިއެވެ. "ކަލެއަށް އެނގޭތަ ޖުހާ ބައްޕަ ހެދި ގޮތް؟ އެނގޭތަ؟ ކިހިނެއްތަ ހެދީ؟"

"ނޭނގެ ޖެހީ ކަމަށްވެސް ވެދާނެ، މަރާލީ ކަމަށް ވެސް ވެދާނެ، އަނގުނެއް ބިންދާލީ ކަމަށް ވެސް ވެދާނެ، ނޭނގެ އޭނަގެ ބައްޕަ ހެދި ގޮތެއް"

މިހިސާބަށް ކަންކަން ދިއުމުން އެތަނުގައި އިތް ތަންކޮޅެއް ހަރުކުލައިގެ މީހަކު ބުނެފިއެވެ. ދެން ތި ޖެކެޓް ދޭށެވެ. ދީ ތިކަން ދެން ނިންމާލާށެވެ. މިހާރު މިކަންތައް މާ މައްޗަށް ދަނީއެވެ.

މި މީހާ މިހެން ބުނުމުން ޖުހާގެ ޖެކެޓް ނަގާ ޖުހާ އަށް އަވަހަށް ދީފިއެވެ.

ޖުހާ އަށް ޖެކެޓް ހަވާލު ކުރުމުން އެތަނުގައި ހުރި މީހަކު ޖުހާ ގާތުގައި އަހައިފިއެވެ. "ދެން ބުނެބަލަ ކިހިނެއްތަ ބައްޕަ ހެދީ؟ މިހާރު ޖެކެޓް ވެސް ލިބިއްޖެނު. ދެން ބުނެވިދާނެތަ ބައްޕަ ހެދި ގޮތް؟

"ބައްޕަގެ ޖެކެޓް މި ގޮތައް ގެއްލުނީމަ ހެދި ގޮތަކީ، ގޮސް ހަމަ އެކަހަލަ އެހެން ޖެކެޓެއް ގަތީ، އެ ނިމުނީ. އެހެން ކަމެއް ނުކުރޭ" ޖުހާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް