21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ވާހަކަ

ސެއްޅި ބޭސް

ރާއްޖެ އެމްވީ | 10 މަސް ކުރިން |


  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  3. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  6. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  7. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  8. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި




ސެއްޅި ހަފާތީ އުނދަގޫ ވެގެން ހަދާނެ ގޮތް ހުސްވެގެން އުމުރުން ދުވަސްވީ މީހަކު މިކަމަށް ބޭހެއް ލިބޭތޯ ބާޒާރަށް ދިޔައެވެ.

އަތުގައި މާ ބޮޑު ތަނަވަސް ކަމެއް ނެތް މި މީހާ ބާޒާރަށް ގޮސް ސެއްޅިއަށް ބޭހެއް ލިބޭތޯ އެތަންމިތަނަށް ލޯދީ އުޅެނިކޮށް ޖުހާ އާ ދިމާވެއްޖެއެވެ.

އޭރު ޖުހާ އަތުގައި ފާޑެއްގެ ޕެކެޓް ތަކެއް ހުރިތަން ފެނިފައި މި މުސްކުޅި މީހާ އަހާލިއެވެ.

"ތިއީ ކޮން އެއްޗެއް؟

"މިއީ ސެއްޅި ފިލުވާ ބޭސް" ޖުހާ ބުންޏެވެ.

އިތުރަށް ވިސްނާލާކަށް ބޭނުމެއްވެސް ނުވިއެވެ. އަވަހަށް ޖުހާ އަތުން ސެއްޅި ބޭސް ޕެކެޓެއް ގަނެގެން ގެއަށް އެ މީހާ އަތުވެއްޖެއެވެ.

ގެއަށް އައިސް އެރޭ ތަންކޮޅެއް އަރާމުގައި ނިދާލުމުގެ އުއްމީދުގައި އެ ޕެކެޓުގައި ހުރި އެއްޗެއް، އެނދު ތަންދޮށަށް އަޅާ ފަތުރާލައިފިއެވެ.

އެއާއެކު އޭނާ އެނދަށް އަރާ އޮށޯވެއްޖެއެވެ.

އިރުކޮޅެއް ނުވެ ގައިގައި ސެއްޅިތައް ހަފާތީ ހޭލެވިއްޖެއެވެ. ބޭހުން ވީ ކަމެއް ހަރާމެވެ.

ޖެހިގެން އައި ދުވަހު މި މީހާ، އެއްކަލަ ޖުހާ ވިއްކި ބޭސް ކޮތަޅު ހިފައިގެން ބާޒާރަށް ހިނގައްޖެއެވެ.

ހަމަ ދިޔަތަނުން ޖުހާ އާ ދިމާ ވެއްޖެއެވެ.

ބޭސް ގަތް މީހާ ވަރަށް ރުޅި އައިސްފައި ހުރެ ޖުހާ އާ ދިމާލަށް ބުންޏެވެ.

"ބަލާބަލަ، ތިހިރީ މަކަރު ހަދާފަ، މި ބޭސް ބޭނުން ކުރުމުން ވެސް ސެއްޅި އަކަށް އެއްވެސް ބަދަލެއް ނައި"

"މިއީ އެއްވެސް ކަމަކަށް ރަނގަޅު އެއްޗެއް ނޫން"

މިވާހަކަ އަޑު އަހަން ހުރެފައި ޖުހާ ބުންޏެވެ:

"އަހަރެން މަކަރު ހެދިއްޔޭ؟ ކިހިނެއް އަހަރެން މަކަރު ހެދީ؟"

"ތިޔަ ބޭސް ރަނގަޅުވާނެ، ބަރާބަރުވާނެ، އެކަމަކު ބޭހުގެ ފައިދާ ފެންނާނީ ބޭސް ބޭނުން ކުރަން ވެސް އެނގިގެން، އެނގޭތަ ތިޔަ ބޭސް ބޭނުން ކުރަންވީ ގޮތް ރަނގަޅަށް؟" ޖުހާ އަހާލިއެވެ.

"އެނގޭ، މާ ރަނގަޅަށް ވެސް އެނގޭ، އަހަރެން ތިޔަ ޕެކެޓްގައި ހުރި އެއްޗެހި އެނދު ތަންދޮށަށް އަޅާ ފަތުރާލީ"

"އޯ.." ޖުހާ ބުންޏެވެ.

"ތިޔަ ގޮތަށް ތިޔަ ބޭސް ކަމަކު ނުދާނެ، ތިޔަ ހެދީ ގޯސްކޮށް"

ޖުހާ އިތުރަށް ތަފްސީލް ދެމުން ކިޔައި ދިނެވެ.

"ހަދަން ޖެހޭނެ ގޮތަކީ، ދެ އިނގިލި ކުރިން ހިފާ ސެއްޅި ނެގުމަށްފަހު އަނެއް އަތުގެ އިނގިލި ތަކުން އެސޮރުގެ އަނގަ ހުޅުވުމަށްފަހު ސެއްޅީގެ ކަރުބުޑަށް ފޯރާ ގޮތައް ޖެހޭނީ ތިޔަ ބޭސް އެ ސޮރުގެ އަނގަ ތެރެއަށް އަޅަން"

ޖުހާގެ މި ވާހަކަ އަޑުއަހަން ހުރުމަށްފަހު އެ މުސްކުޅިޔާ ބުންޏެވެ.

"ކަލޭތީ މޮޔައެއް."

"ސެއްޅިއެއް ގައި ދެއިނގިލިން ހިފާ ނަގާ އޭގެ އަނގަ ހުޅުވައިގެން ބޭސް އަޅަން އުޅޭނީ މޮޔައެއްނު. ބޭސް ނޭޅިޔަސް އޭތި އޮންނާނީ އޭރު މަރުވެފައި. ކޮން ބޭހެއް ބޭނުން ވާނީ؟

އެ މީހާއަކީ ޖުހާ ހީކުރި ކަހަލަ މޮޔައެއް ނޫން ކަން އޭނާއަށް ވިސްނިއްޖެއެވެ.

އެމީހާގެ ވާހަކަ އަޑުއަހަން ހުރެފައި ޖުހާ ބުންޏެވެ.

"އާނ ތިޔަ ބުނި ގޮތައްވެސް އެ ސޮރު މަރުވާނެ"

"މަބުނި ގޮތަށް ވެސް މަރުވާނެ."

"އެ ގޮތައްވެސް މި ގޮތައްވެސް ހަމަ ހެދިދާނެ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް