19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ވާހަކަ

ޖުހާ އާއި އަލިފާން ފޮށި

ރާއްޖެ އެމްވީ | 6 މަސް ކުރިން |


  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  8. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!




އެއްދުވަހަކު ޖުހާ ގާތުގައި އޭނާގެ މަންމަ އަލިފާން ފޮއްޓެއް ގަނެގެން އައުމަށް ބުންޏެވެ.

އަލިފާން ފޮށި ގަނެގެން އައުމަށް ބުނުމުން ޖުހާގެ މަންމަ އިތުރަށް ބުންޏެވެ:

"ބުނަން .... ފޮށީގައި ހުރި ހުރިހާ ދަނޑިއެއް ރަނގަޅުތޯ ބަލާތި"

މަންމަގެ މި ވާހަކަ އަޑު އެހުމަށް ފަހު ޖުހާ އަލިފާން ފޮށި ގަންނަން ފިހާރައަކަށް ހިނގައްޖެއެވެ.

އަލިފާން ފޮށި ގަނެގެން ގެއަށް އައި މަގުމަތީގައި ޖުހާ ހިތައް އެރިއެވެ. އަލިފާން ދަނޑިތައް ރަނގަޅުތޯ ބަލާފައި ނޫނީ މަންމަ އަށް މި ގެންގޮސް ދީފިއްޔާ އަނެއްކާ އެ ޖެހުނީ އަނެއް ކަންތަކާއެވެ. މަންމަ ވަރަށް ހަޅޭއްލަވާނެއެވެ.

ކޮންމެ އަކަސް މިހެން ހިތައް އަރާފައި ފޮށިން އަލިފާން ދަނޑިއެއް ނެގުމަށްފަހު ރޯވޭތޯ ބަލާލަން އަޅާލިއެވެ.

އެ ދަނޑި ރަނގަޅެވެ. ބަރާބަރަށް ރޯވެއެވެ. އެއާއެކު ވަރަށް ހިތްހަމަ ޖެހިފައި ހުރެ އެ ދަނޑި އަލިފާން ފޮށީގެ ތެރެއަށް ލައިފިއެވެ.

އެހެން ދަނޑިއެއް ނަގައިފިއެވެ. އެ ދަނޑިވެސް ރޯ ވޭތޯ ބަލާލިއިރު އެދަނޑިވެސް ހަމަ ރަނގަޅެވެ. އެ ދަނޑިވެސް ފޮށީގެ ތެރެއަށް ލައިފިއެވެ. އަނެއްކާ އަނެއް ދަނޑި މި ގޮތައް ޗެކް ކޮށްލިއެވެ. ހަމަ ބަރާބަރެވެ.

މި ގޮތައް ޗެކް ކުރަމުންކުރަމުން ގޮސް ހުރިހާ ދަނޑިއެއް އަޅާ ހުސްކޮށްލައިފިއެވެ. ހަމަ ބަރާބަރެވެ. ހުރިހާ ދަނޑިއެއްވެސް ރޯވެއެވެ.

ރަނގަޅު އަލިފާން ފޮއްޓެއް ގަނެވުނު ކަމުގެ ޔަގީން ކަމުގައި ހުރި ޖުހާ ގެއަށް އައިސް އުފަލުން ހުރެ މަންމަ އަށް އަލިފާން ފޮށި ދީފިއެވެ.

އަލިފާން ފޮށި ޖުހާގެ މަންމަ ހުޅުވާ ބަލާލި އިރު ކަމަކު ދާކަށް ނެތެވެ. އޭގައި ރަނގަޅަށް އޮތް އެންމެ ދަނޑިއެއް ވެސް ނެތެވެ.

ހިތްހަމަ ނުޖެހިފައި ހުރި ޖުހާގެ މަންމަ އޭނާ އަށް ދިމާލަށް ބުންޏެވެ:

"އޭތް.. މިއީ ކޯޗެއް؟ މީގައި ހުރީ މުޅިންވެސް ބޭނުން ކޮށްފައި ހުރި ދަނޑި. ސޭޓު މި އޮތީ މަކަރު ހަދާފަ"

އެ ވާހަކަ އަޑު އިވިފައި ޖުހާ ބުންޏެވެ:

"ނޫން، ތިޔަ އޮތީ މަންމަ ބުނި ގޮތައް ހަދާފައި.. ބުނީމެއްނު ހުރިހާ ދަނޑިއެއް ރަނގަޅުތޯ ޗެކް ކުރާށޭ، އެހެންވެ ހުރިހާ ދަނޑިއެއް އެޅޭތޯ ބެލީ، ހުރިހާ ދަނޑިއެއްވެސް ހަމަ ބަރާބަރު..ތިޔައީ މަންމަ ހޯދަން ބުނި ކަހަލަ ރަނގަޅު އަލިފާން ފޮއްޓެއް"

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް