15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ ނަތީޖާ - މުޅި ރާއްޖެ (ވަގުތީ)

ޔާމީން 96,132

41.5%

ސޯލިހް 134,616

58.5%
50% 472/472 ގުނުނު ފޮށި %100

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސަކު ހޮވުމަށް ނަގާ ވޯޓުގައި ބައިވެރިވުމަށް 23 ސެޕްޓެމްބަރު 2018 ވާ އާދީއްތަ ދުވަހު ދިވެހި ރައްޔިތުން ނުކުންނާނެއެވެ. މި އިންތިޚާބުގައި 262،135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓު ލުމަށް 472 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. ރާއްޖޭގެ އިތުރުން، ސްރީލަންކާ، އިންޑިއާ، މެލޭޝިއާ، އަދި އިނގިރޭސިވިލާތުގައި ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އިންތިޚާބުގައި ވާދަ ކުރައްވަނީ ދެ ކެނޑިޑޭޓުންނެވެ. އެއީ މިހާރު ރައީސް ކަމުގައި ހުންނެވި ޢަބްދުﷲ ޔާމީން އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުގެ ގޮތުން އިބްރާހީމް މުޙައްމަދު ސޯލިހް އެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާތައް ވޯޓުލާ ދުވަހުގެ ރޭ އެނގޭނެ ކަމަށް ބެލެވިފައިވާ އިރު ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށް ބެލެވެނީ، ސެޕްޓެމްބަރު 30 ގައެވެ. އިންތިޚާބާ ގުޅޭގޮތުން ހިނގަމުންދާ އެންމެހާ ކަންކަން ބެއްލެވުމަށް މި ސަފްހާ ބައްލަވަމުން ގެންދަވާށެވެ.

24 ސެޕްޓެންބަރ 2018 ހޯމަ 12:36
އަރުޝަމް އަބްދުލް ޢަޒީޒް

ރައީސް ޔާމީން ބަލި ގަބޫލުކޮށްފި

މާލެ

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބަލި ގަބޫލު ކުރައްވައިފި ކަމަށާއި ދިވެހި ރައްޔިތުންގެ ބަސް އިއްޔެ އިއްވާފައިވާ ކަމަށެވެެ. އެ ނިންމުމަށް އިހްތިރާމް ކުރައްވާ ކަމަށާއި އިންތިޚާބު ވާން އުޅޭ ރައީސް އިބޫ ސޯލިހްއަށް މިއަދު ތަހްނިޔާ ކިޔާފައިވާ ކަމަށެވެ.


24 ސެޕްޓެންބަރ 2018 ހޯމަ 12:36
އަރުޝަމް އަބްދުލް ޢަޒީޒް

ރައީސް ޔާމީން އެމަނުކުފާނު ކޮށްދެވި ކަންތައްތައް ކިޔާދެއްވަނީ

މާލެ

ރައީސް ޔާމީން ވެރިކަމުގައި ކޮށްދިން ކަންތައްތަ ކިޔާ ދެއްވަނީ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރެއްވީ ގައުމުގެ އިގްތިސޯދު ކުރިއަރުވަން ކަމަށް.


24 ސެޕްޓެންބަރ 2018 ހޯމަ 12:31
އަރުޝަމް އަބްދުލް ޢަޒީޒް

ރައީސް ޔާމީން ގައުމާ މުޚާތަބު ކުރައްވަނީ

މާލެ

ވޯޓުން ބަލިވުމަށްފަހު ފުރަތަމަ ފަހަރަށް ގައުމާ ރައީސް ޔާމީން މުޚާތަބު ކުރައްވަނީ. ރައީސް ޔާމީން މުޚާތަބު ކުރައްވަން ފައްޓަވާފައި ވަނީ 12:30 ގަ. 


24 ސެޕްޓެންބަރ 2018 ހޯމަ 11:44
ތަހާރަތު މުހައްމަދު ވަހީދު

އީސީގެ ވަގުތީ ނަތީޖާ

މާލެ

ވަގުތީ ނަތިޖާއިން ދައްކާ ގޮތުގައި، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 134،616 ވޯޓް ލިބިވަޑައިގެންފައިވާއިރު، މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓު


23 ސެޕްޓެންބަރ 2018 އާދީއްތަ 19:38
ހައްވާ މުހައްމަދު

ވޯޓް ފޮށި ބަންދުކުރުން

މާލެ

ބައެއް ވޯޓް ފޮށިތަށް ގުނުމުގެ މަސައްކަތް ފަށައިފި


23 ސެޕްޓެންބަރ 2018 އާދީއްތަ 19:37
ހައްވާ މުހައްމަދު

ޥޯޓް ފޮށި ބަންދުކުރުން

މާލެ

ވޯޓް ލިސްޓްގައި ނަން ނެތީސް އިލެކްޝަންސް ކޮމިޝަންގެ ޚާއްސަ ހުއްދައެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު  ހުސެއިން މުހަައްމަދު ލަތީފް ވޯޓް ލަައްވައިފި

...


23 ސެޕްޓެންބަރ 2018 އާދީއްތަ 19:16
ހައްވާ މުހައްމަދު

ވޯޓް ފޮށިތަށް ބަންދުކުރުން

މާލެ

ފޮށި ބަންދުކުރުމާއެކު ފޮނަދޫ ދާއިރާގެ މެމްބަރު  އަބްދުއްރަހީމްއަބްދުﷲ ރައީސް ޔާމީނަށް މަރްހަބާ ދަންނަވައިފި

 

 


23 ސެޕްޓެންބަރ 2018 އާދީއްތަ 18:35
ޙުސައިން ޙަސަން

ތިނަދޫއިން ކަރަންޓު ކެނޑިދާނެތީ، ވޯޓުލާ މަރުކަޒުތައް އަލިކުރަން ނުކުތީ ރައްޔިތުން

މާލެ

ގދ. ތިނަދޫއިން ކަރަންޓު ކެނޑިދާނެ ކަމަށް ބަލައި ރައްޔިތުންގެ އަމިއްލަ ހަރަދުގައި ވޯޓުލާ މަރުކަޒުތައް ދިއްލުމަށް އިންތިޒާމްތަކެއް ހަމަޖައްސަނީ

 


23 ސެޕްޓެންބަރ 2018 އާދީއްތަ 16:11
އަރުޝަމް އަބްދުލް ޢަޒީޒް

ގިނަ ރަށްރަށުގައި 85 ޕަސަންޓް މީހުން ވޯޓު ލައިފި

މާލެ

ގިނަ ރަށްރަށުގައި 85 ޕަސަންޓް މީހުން ވޯޓުލައިފި. ގިނަ ވޯޓުލާ މަރުކަޒުތަކުގައި މިހާރު އެއްވެސް ގޮތަަކަށް ކިއު އެއް ނެތް.


23 ސެޕްޓެންބަރ 2018 އާދީއްތަ 15:39
އަރުޝަމް އަބްދުލް ޢަޒީޒް

ކިޔުއަށް އެރޭ ގަޑި މިރޭ 19:00 އަށް ފަސް ކޮށްފި

މާލެ

ކިޔުއަށް އެރޭ ެރންމެފަހުވަގުތު މިރޭ 19:00 އަށް ފަސް ކޮށްފި. އެ ނިންމުން ފާސް ކުރީ އިލެކްޝަން ކޮމިޝަންގެ 318 ވަނަ އިންތިޚާބާ ބެހޭ ޚާއްސަ ޖަލްސާއިން. ކުރިން އޮތް ގޮތުން ކިޔުއަށް އެރޭ އެންމެ ފަހު ވަގުތަކީ 16:00 އެވެ.


23 ސެޕްޓެންބަރ 2018 އާދީއްތަ 15:34
އަރުޝަމް އަބްދުލް ޢަޒީޒް

ގއ. ވިލިނގިލީ އެމްޑީޕީ ދާއިރާގެ ނައިބު ރައީސް ހައްޔަރުކޮށްފި

މާލެ

ގއ. ވިލިނގިލީ އެމްޑީޕީގެ ދާއިރާގެ ނައިބު ރައީސް އަޒީމް ހަސަން ވޯޓުލާން ކިޔުއަށް އެރިތަނުން ހައްޔަރުކޮށްފި. އެބޭފުޅާ ހައްޔަރު ކުރުމަށް ގއ. ވިލިނގިލީ ކޯޓުން ވަނީ ހަފްތާއެއްގެ ކުރިން އަމުރުކޮށްފައި. އެ އަމުރު ނެރެފައިވަނީ ހަފްތާއެއްގެ ކުރިން ދެއްކި ވާހަކައަކާ ގުޅިގެން.


23 ސެޕްޓެންބަރ 2018 އާދީއްތަ 15:08
އަރުޝަމް އަބްދުލް ޢަޒީޒް

ކިޔުއަށް އަރަން ބާކީ އެއް ގަނޑިއިރު

މާލެ

ވޯޓްލާ ކިޔުއަށް އަރަން ބާކީ ދެން އޮތީ އެއް ގަނޑިއިރު. ހަތަރެއް ޖެހުމަށްފަހު ވޯޓުލާ ކިޔުއަށް ނޭރޭނެ. ނަމަވެސް ހަތަރެއް ޖެހުމުގެ ކުރިން ކިޔުއަށް އެރި މީހުން ވޯޓުލާ ނިމެންދެން ވޯޓު ފޮށި ބަންދެއް ނުކުރާނެ.


23 ސެޕްޓެންބަރ 2018 އާދީއްތަ 14:51
އަރުޝަމް އަބްދުލް ޢަޒީޒް

ކިޔު ދިގުވެގެން ލަންކާއަށް ވޯޓުލައި ދިވެހިންގެ ޝަކުވާ ބޮޑުވެއްޖެ

މާލެ

ކިޔު ދިގުލައިގެން ދިއުމާއެކު ލަންކާއަށް ވޯޓުލާ ދިވެހިންގެ ޝަކުވާ ވަރަށް ބޮޑުވެއްޖެ. ވޯޓުގެ ކަންތައް ބެލުމަށް ހުންނަނީ އެންމެ އޮފިޝަލެއް. ދުރު ހިސާބުތަކުން މީހުން އައިސްފައިވާ މީހުންނަށް ބޮޑެތި އުދަނގޫތައް ކުރިމަތިވާއިރު، މެންދުރު ނުކައި އަދި ހެނދުނު ސައި ނުބޯ މީހުން އެބަތިބި.


23 ސެޕްޓެންބަރ 2018 އާދީއްތަ 14:46
ޙުސައިން ޙަސަން

ތިނަދޫ ބައެއް ފޮށިތަކުގައި ކިއުއެއް ނެތް

މާލެ

ސެޕްޓެމްބަރު 23، 2018؛ ރިޔާސީ އިންތިހާބުގައި އުމުރުން ދުވަސްވީ މީހަކު، ތިނަދޫ އާބާދީ މަރުކަޒަށް ވޯޓުލުމުގައި މީހެއްގެ އެހީތެރިކަން ހޯދަނީ- ރާއްޖެއެމްވީ ފޮޓޯ/ ޙުސައިން ޙަސަން

ތިނަދޫގައި ވަރަށް އަމާންކަމާއެކު ވޯޓުލުނ ކުރިއަށް އެބަދޭ. ބޮޑު މައްސަލައެއް ކުރިމަތިނުވެ، ބައެއް ފޮށިތަކުގެ ކައިރީގައި ދަމާފައިވާ ކިއުތަކުގައި ތިބި މީހުން ވޯޓުލައި މިހާރު ވަނީ ނިމިފައި. އެގޮތުން ތިނަދޫ އަތޮޅު ތައުލީމީ މަރުކަޒުގައި ހުރި ފޮށީގައި މީހަރު ކިއުއެއް ނެތް.


23 ސެޕްޓެންބަރ 2018 އާދީއްތަ 13:53
އަޒްލިފާ އަބްދުﷲ

މެލޭޝިޔާގައި ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތާއި މެދު ގިނަ އަދަދެއްގެ ދިވެހިން ޝަކުވާ ކުރަނީ

މާލެ

 


23 ސެޕްޓެންބަރ 2018 އާދީއްތަ 13:18
އަޒްލިފާ އަބްދުﷲ

ފޭކް މެސެޖްތައް ފޮނުވާ މައްސަލަ ދަނީ ބޮޑުވަމުން

މާލެ

ބައެއްސިޔާސީ ބޭފުޅުންގެ ނަމުގައި ފޭކް މެސެޖްތައް ފޮނުވާ މައްސަލަ ބޮޑުވެއްޖެ. ވަކި ބޭފުޅަކަށް ވޯޓު ދެއްވުމަށް އެދި ސިޔާސީ ބޭފުޅުންގެ ނަމުގައި ފޮނުވާ މެސެޖް ތަކަކީ ފޭކް މެސެޖްތަކެއް ކަމަށް އެފަރާތްތަކުން ދަނީ ބުނަމުން.


23 ސެޕްޓެންބަރ 2018 އާދީއްތަ 13:00
އަޒްލިފާ އަބްދުﷲ

ހޯމް މިނިސްޓަރ ވޯޓުލާ މަރުކަޒުގައި ތިބި ބައެއް މީހުންނާއި ވާހަކަ ދައްކަވަނީ

މާލެ

ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވޯޓުލާ މަރުކަޒުގައި ތިބި ބައެއް މީހުންނާއި ވާހަކަ ދައްކަވަނީ

 


23 ސެޕްޓެންބަރ 2018 އާދީއްތަ 12:50
އަޒްލިފާ އަބްދުﷲ

ޣާޒީ ސްކޫލްގައި ވޯޓުލާން ކިއުގައި ހުރި މީހަކު އަނބުރައިގަނެގެން ވެއްޓިއްޖެ

މާލެ

ޣާޒީ ސްކޫލްގައި ވޯޓުލުމަށް ކިއުގައި ހުރި އަންހެނަކު އަނބުރައިގަނެގެން ވެއްޓިއްޖެ. އަދި އެނާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި

ކަމަށް މައުލޫމާތު ލިބޭ


23 ސެޕްޓެންބަރ 2018 އާދީއްތަ 12:46
އަޒްލިފާ އަބްދުﷲ

ގާސިމްގެ ނަމުގައި ފޮނުވަމުންދާ އެސްއެމްއެސް އަކީ ބަޔަކު ހިންގާ ޖަރީމާއެއް

މާލެ

ޖުމްހޫރީ ޕާީޓގެ ބާނީ ގާސިމް އިބްރާހިމްގެ ނަމުގައި އެސްއެމްއެސްތަކެއް ގިނަބަޔަކަށް ފޮނުވަމުންދާ ކަމަށް އެނގިފައިވާ ކަމަށާއި އެއީ ބަޔަކު  ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ގާސިމް ވިދާޅުވެއްޖެ. އަދި އެ އެސްއެމްއެސްގައި ވަނީ ހަގީގަތެއް ނޫން ކަމަށް ގާސިމް ވިދާޅުވި. 


23 ސެޕްޓެންބަރ 2018 އާދީއްތަ 12:23
އަޒްލިފާ އަބްދުﷲ

ކިޔުގައި ގިނަ ވަގުތު ތިބެންޖެހުމުން ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން

މާލެ

 


23 ސެޕްޓެންބަރ 2018 އާދީއްތަ 12:13
އަޒްލިފާ އަބްދުﷲ

ވޯޓު ލުމަށް ގިނަ އަދަދެއްގެ މީހުން ކިޔުގައި

މާލެ

ވޯޓުލާ މަރުކަޒްތަކުގެ ބޭރުގައި ގިނަ އަދަދެއްގެ މީހުން ކިއުގައި އެބަތިބި. ބައެއް މަރުކަޒުތަކުގެ ބޭރުގައި 200 އެއްހާމީހުން ކިއުގައި އެބަތިބި


23 ސެޕްޓެންބަރ 2018 އާދީއްތަ 11:58
އަޒްލިފާ އަބްދުﷲ

މެލޭޝިޔާގައި ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތާއި މެދު ބައެއް ފަރާތްތަކުން ޝަކުވާ ކުރަނީ

މާލެ

މެލޭޝިޔާގައި ގިނަ އަދަދެއްގެ ދިވެހިން ވޯޓުލާން ކިޔުގައި އެބަތިބި. އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތާއިމެދު ބައެއްފަރާތްތަކުން ދަނީ ޝަކުވާ ކުރަމުން  


23 ސެޕްޓެންބަރ 2018 އާދީއްތަ 11:30
އަޒްލިފާ އަބްދުﷲ

ގިނަ ވޯޓުފޮށިތައް ތައްޔާރުކޮށްފައިވަނީ ވޯޓޭޖް ސައްޚަކަން ކަށަވަރުވާ ގޮތަށް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

މާލެ

99 ޕަސެންޓް ވޯޓުފޮށިތައް ތައްޔާރުކޮށްފައިވަނީ ވޯޓޭޖް ސައްޚަކަން ކަށަވަރުވާ ގޮތަށް ކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި


23 ސެޕްޓެންބަރ 2018 އާދީއްތަ 10:40
ޙުސައިން ޙަސަން

ތިނަދޫގައި ވެސް ވޯޓުލުން ލަސްވެގެންދަނީ ޓެބްލެޓް މައްސަލާގައި

މާލެ

ތިނަދޫގައި ބައެއް ވޯޓު ފޮށިތަކުން ކިއު ނަމްބަރު ދޫކުރުމުގައި ވޯޓާސް ލިސްޓު އޮންލައިންކޮށް ޗެކު ކުރުމަށް ގެންގުޅޭ ޓެބްލެޓުގައި މައްސަލަތަކެއް ދިމާވެ، ވޯޓުލުން ލަސްވެގެންދޭ. އެ މައްސަލާގައި ބައެއް ވޯޓު ފޮށިތަކުގައި ޓެބްލެޓާ ނުލައި، އެ ބޭފުޅުންގެ އަތުގައި އޮންނަ ވޯޓާސް ލިސްޓަށް ބަލައިގެން މެނުއަލްކޮށް ކިއުނަމްބަރު ދޫކުރަމުންދޭ.


23 ސެޕްޓެންބަރ 2018 އާދީއްތަ 10:35
އަޒްލިފާ އަބްދުﷲ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވޯޓު، ފޮށީގެ ވެރިޔާ ލާ ކަމުގެ ޝަކުވާ ލިބުން

މާލެ

ބައެއް ވޯޓުފޮށި ތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ވޯޓު، ފޮށީގެ ވެރިޔާ ލާ ކަމުގެ ޝަކުވާ ރާއްޖެ އެމްވީއަށް ލިބެން ފަށައިފި


23 ސެޕްޓެންބަރ 2018 އާދީއްތަ 10:10
އަޒްލިފާ އަބްދުﷲ

ދެ ކެންޑިޑޭޓުން ވޯޓު ލައްވައިފި

މާލެ

ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިޚް އާއި ރަނިންމޭޓް ފައިސަލް ނަސީމް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވޯޓު ލައްވައިފި

 


23 ސެޕްޓެންބަރ 2018 އާދީއްތަ 09:26
އަރުޝަމް އަބްދުލް ޢަޒީޒް

އިނގިލީގައި ޖަހާ ނިޝާން ފޮހެވޭ

މާލެ

ވޯޓުލީކަން ޔަގީން ކުރަން އިނގިލީގައި ޖަހާ ފާހަގަ ފޮހެވޭ މައްސަލަ ފެންމަތިވެއްޖެ. އީސީން ބުނީ ކުލަ ފިލި ނަމަވެސް ފަހުން އެކުލަ އަނެއްކާ ވެސް އަރާނެކަމަށް.


23 ސެޕްޓެންބަރ 2018 އާދީއްތަ 08:46
އާމިނަތު ނުޒުހާ

ޑރ. ޝަހީމް ވޯޓްލައްވައިފި

މާލެ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީންގެ ރަނިންގމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވޯޓްލައްވައިފި

 


23 ސެޕްޓެންބަރ 2018 އާދީއްތަ 08:27
އަރުޝަމް އަބްދުލް ޢަޒީޒް

ސްރީލަންކާގައި ވޯޓުލާން ފަށައިފި

މާލެ

ޓެބްލެޓަށް ދިމާވި މައްސަލަތައް ހައްލުކޮށް ސްރީލަންކާގައި ވޯޓުލާން ފަށައިފިއެވެ.

 


23 ސެޕްޓެންބަރ 2018 އާދީއްތަ 08:03
އަރުޝަމް އަބްދުލް ޢަޒީޒް

ވޯޓު ލާން ފަށައިފި

މާލެ

ރިޔާސީ އިންތިޚާބު 2018 ގެ ވޯޓުލުން ގިނަ ވޯޓިން މަރުކަޒުތަކުގައި މިހާރު ވަނީ ފަށާފައެވެ.


23 ސެޕްޓެންބަރ 2018 އާދީއްތަ 08:02
ޙުސައިން ޙަސަން

ތިނަދޫ ބައެއް ފޮށިތަކުގައި ވޯޓުލުން ފެށޭ ގޮތެއް ނުވި

މާލެ

ގދ. ތިނަދޫ ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލުން ނުފެށި ލަސްވެއްޖެ. އެގޮތުން ތިނަދޫ ސްކޫލުގައި ބަހައްޓާފައިވާ ދެ ވޯޓު ފޮށީގައި ވެސް ވޯޓުލުން ގަޑިއަށް ފެށޭ ގޮތެއް ނުވި. 7:30ގައި ފޮށިތަކުގެ ސެކިއުރިޓީ އުރަ ކަނޑުމަށް ހަމަޖެހިފައި ވިޔަސް، އެކަން ނުކުރެވިވަނީ އީސީގެ އެންގުމަށް

ވޯޓުލުން ލަސްވި ސަބަބު

އޮފިޝަލުންގެ ފާހުގައި ގަލަމުން ނަން ޖަހާފައިވުމާއި ފޮޓޯ ނެތް މައްސަލަ ފެންމަތިވުން * 

ސެކިއުރިޓީ އުރަ ކެނޑުން ލަސްވުން * 

މައްސަލަ ހައްލު ކުރުމަށް އޮފިޝަލުން...


23 ސެޕްޓެންބަރ 2018 އާދީއްތަ 08:00
އަރުޝަމް އަބްދުލް ޢަޒީޒް

ތިނަދޫ ފޮށިވެސް ގަޑިއަކަށް ނުފެށޭ

މާލެ

ގދ. ތިނަދޫގައި ބަހައްޓާފައިވާ އެއް ވޯޓު ފޮއްޓަށް ގަޑިއަށް ވޯޓު ނުލެވޭނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.


23 ސެޕްޓެންބަރ 2018 އާދީއްތަ 07:53
އަރުޝަމް އަބްދުލް ޢަޒީޒް

ލަންކާގައި ވޯޓުލާން ފަށާ ވަގުތު ލަސްވާނެ

މާލެ

އަވައްޓެރި ސްރީލަންކާގައި ވޯޓުލާ ވަގުތު ރާއްޖެއާއި އެއްވަގުތެއްގައި ވޯޓުލާން ފަށަން އޮތް ނަމަވެސް އެކަން އެހެން ނުވާނޭ ކަމަށް އިލެކްޝަންގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. ސްރިލަންކާގައި ހުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަޒްމޫން އިލެކްޝަނުގެ އޮފިޝަލުންނާއި ހަވާލާދީ ވިދާޅުވީ ވޯޓުލާން ފެށުން ލަސްވެފައި ވަނީ ތައްޔާރުވާންޖެހޭ މިންވަރަށް ތައްޔާރު ނުވެވުމުގެ ސަބަބުންނެވެ. އަސްލު ވޯޓުލާން ހަމަޖެހިފައި ވަނީ އެގައުމުގެ ގަޑިން ހެދުނު 8:30 ގައެވެ. އެއީ ރާއްޖެ ގަޑިން 8:00 ޖަހާއިރުއެވެ.


23 ސެޕްޓެންބަރ 2018 އާދީއްތަ 07:37
އަރުޝަމް އަބްދުލް ޢަޒީޒް

ވޯޓު ފޮށި ކަނޑާ ވަގުތު ޖެހިއްޖެ

މާލެ

ވޯޓުލާ މަރުކަޒުތަކަށް ވޯޓު ފޮށިތަކާއެކު އިލެކްޝަން އޮފިސަރުން ވަނީ ގޮސްފައި. ވޯޓު ފޮށި ކަނޑާ ވަގުތު ޖެހިއްޖެ. ވޯޓު ފޮށި ކަނޑަން ހަމަޖެހިފައިވާ ވަގުތަކީ ހަތް ގަޑި ބައެވެ.

ވެލައްސަރު މޯލްޑިވްސްގައި ވޯޓުލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަނީ


23 ސެޕްޓެންބަރ 2018 އާދީއްތަ 07:33
ޙުސައިން ޙަސަން

ތިނަދޫގައި ވޯޓުލުމުގެ ތައްޔާރީތައް ކުރިއަށް

މާލެ

ގދ. ތިނަދޫގައި ވޯޓުލުމުގެ ތައްޔާރީތައް ކުރިއަށް ކުރިއަށްދަނީ. ރަށުގައި ބެހެއްޓިފައިވާ ހަތް ފޮށީގައި ވެސް ކިއު ވަނީ ހަދާފައި.

ތިނަދޫ ވޯޓުލާ މަރުކަޒަކަށް އޮފިޝަލުން ތަކެތި ގެންދަނީ-- ފޮޓޯ/ ރާއްޖެއެމްވީ


23 ސެޕްޓެންބަރ 2018 އާދީއްތަ 07:26
ފާތިމަތު ޝަނާ މުހައްމަދު

މާލެ

ފުވައްމުލަކު ދެކުނު ދާއިރާ (ފުނާޑު،ދޫޑިގަން)

R03.01.1 ވޯޓު ފޮށި: 746

R03.01.2 ވޯޓު ފޮށި: 490

R03.01.3 ވޯޓު ފޮށި: 490


23 ސެޕްޓެންބަރ 2018 އާދީއްތަ 07:20
އާމިނަތު ނުޒުހާ

ބައެއް ހިސާބުތަކުގެ މޫސުން ދައްކާގޮތް

މާލެ

މީގެ ހަތަރު ގަޑިއިރުކުރިން މެޓް އޮފީހުން ހއ. އިން ފެށިގެން ތ. ދެމެދުގެ ރަށްތަކަށް ވަނީ ވައިޓް އެލާޓް ނެރެފައި

ރޭ މެންދަމު 3.30 ފެށިގެން މިއަދު ހެނދުނު 9.30 ދެމެދު މި ސަރަހައްދަށް ގަދަ ވަޔާއި އެކު ވިއްސާރަކުރާނެކަމަށް ވަނީ ލަފާކޮށްފައި


23 ސެޕްޓެންބަރ 2018 އާދީއްތަ 07:05
އަރުޝަމް އަބްދުލް ޢަޒީޒް

ލަންކާގައި ވޯޓުލުން ކުރިއަށްދާގޮތް

މާލެ

ލަންކާގައި ވޯޓު ލާން ހަމަޖެހިފައިވަނީ އެ ގައުމުގެ ގަޑިން 8:30 ގައެވެ. އެއީ ރާއްޖެ ގަޑިން 8:00 ޖަހާއިރުއެވެ. ލަންކާގައި ދެ ވޯޓު ފޮށި ވަނީ ބެހެއްޓިފައިވާއިރު އެ ދެ ވޯޓު ފޮށި ވެސް ބެހެއްޓިފައި ވަނީ ލަންކާގެ އެމްބަސީގައެވެ. ލަންކާގެ ފޮއްޓަށް ވޯޓުލާން 2788 މީހުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.


23 ސެޕްޓެންބަރ 2018 އާދީއްތަ 06:58
އަރުޝަމް އަބްދުލް ޢަޒީޒް

މާފުށީގައި ވޯޓުލުން

މާލެ

މާފުށީގައި ދެ ވޯޓު ފޮށި ވަނީ ބެހެއްޓިފައެވެ. އެއް ވޯޓު ފޮށި ޖަލުގައި ހުރިއިރު އަނެއް ވޯޓު ފޮށި ހުރީ ސްކޫލްގައެވެ. ވޯޓުލުމަށް ބޭނުންވާ ލިޔެ ކިއުންތަކާއި އެހެނިހެން ތަކެތި މިހާރު ސުކޫލަށް ވަނީ ވައްދާފައެވެ. އަދި ވޯޓުލުމުގެ ތައްޔާރީތައް ވަމުންދާއިރު ވޯޓުލާ މީހުންގެ ކިއުއެއް ސްކޫލުން ބޭރުގައި ވަނީ ހަދާފައެވެ.

 


23 ސެޕްޓެންބަރ 2018 އާދީއްތަ 06:52
ފާތިމަތު ޝަނާ މުހައްމަދު

މާލެ

ފުވައްމުލަކު ދެކުނު ދާއިރާ (މާލެގަން، މިސްކިތްމަގު، މާދަޑު)

R02.01.1 ވޯޓު ފޮށި: 449

R02.01.2 ވޯޓު ފޮށި:536

R02.01.3 ވޯޓު ފޮށި:404

R02.01.4 ވޯޓު ފޮށި:469

 


23 ސެޕްޓެންބަރ 2018 އާދީއްތަ 06:48
ފާތިމަތު ޝަނާ މުހައްމަދު

މާލެ

ފުވައްމުލަކު ވޯޓުލުމުގެ ހައްގު ލިބިފައިވަނީ- 7426

ފުވައްމުލަކު ސިޓީ- 5726

މާލޭ ސިޓީ-1700

ފުވައްމުލަކު އުތުރު ދާއިރާ (ދަންޑުމަގު، ހުދުވާންޑު،ހޯދަނޑު)

R01.01.1 ވޯޓު ފޮށި: 784

R01.01.2 ވޯޓު ފޮށި: 645

R01.01.3 ވޯޓު ފޮށި: 715


23 ސެޕްޓެންބަރ 2018 އާދީއްތަ 06:44
ފާތިމަތު ޝަނާ މުހައްމަދު

މާލެ

ފުވައްމުލަކު މެދު ދާއިރާގައި ވޯޓުލުމަށް ކިއުގައި ޖެހިގެން


23 ސެޕްޓެންބަރ 2018 އާދީއްތަ 06:42
ފާތިމަތު ޝަނާ މުހައްމަދު

މާލެ

ޒިކުރާ އިސްޓިޓިއުޓް


23 ސެޕްޓެންބަރ 2018 އާދީއްތަ 06:39
ފާތިމަތު ޝަނާ މުހައްމަދު

މާލެ

ފުވައްމަލަކު ސިޓީން

ފުވައްމުލަކު ސިޓީގައި 10 ވޯޓު ފޮށި ބެހެއްޓިފައިވޭ. މާލޭގައި ފުވައްމުލަކުގެ ރައްޔިތުންނަށް ހާއްސަ 2 ވޯޓު ފޮއްޓެއް ބެހެއްޓިފައިވޭ


23 ސެޕްޓެންބަރ 2018 އާދީއްތަ 06:21
އިސްމާއިލް ނާއިލް ނަޝީދު

މާލޭގައި ވޯޓުލާ މަރުކަޒުތަކަށް ވޯޓު ފޮށިތަށް ގެންދަން ފަށައިފި

މާލެ

މާލޭގައި ބަހައްޓާ އެކި ދާއިރާތަކުގެ ވޯޓުފޮށިތައް، އިންތިހާބީ މަރުކަޒުތަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފި. މާލެއާއި އަތޮޅުތަކަށް ނިސްބަތްވާ ޖުމްލަ 120 ވޯޓުފޮށި ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ، ހުޅުމާލެ - މާލެ - ވިލިމާލެ ގައި ބަހައްޓާނެ.


22 ސެޕްޓެންބަރ 2018 ހޮނިހިރު 23:35
އަހްމަދު ސާއިފް ޝިޔާދް

އިންތިހާބާއި މެދު އެމެރިކާ އެމްބަސީގެ ކަންބޮޑުވުންތަކެއް

މާލެ

އެމެރިކާގެ އެމްބަސީ ހިންގެވުމާއި މިވަގުތު ހަވާލުވެގެން ހުންނެވި ރޮބާޓް ހިލްޓަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޯލިޝަންގެ ކެމްޕެއިންގެ ހެޑްކުއަރޓަރަށް އިންތިހާބު މާދަން އޮންނައިރު ފުލުހުން ވަނުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ނުފޫޒަކާއި ނުލައި މިނިވަން އިންސާފުވެރި އިންތިހާބެއް ލިބެން ޖެހޭ ކަމަށް ދެކިލައްވާ ކަމަށް ރޮބާޓް ވިދާޅުވެފައިވެއެވެ. 


22 ސެޕްޓެންބަރ 2018 ހޮނިހިރު 22:04
އަހްމަދު ސާއިފް ޝިޔާދް

އިންތިހާބް މިނިވަންވާނެ ކަމަށް އުއްމީދުކުރަން

މާލެ

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިއަދު ހިނގައިދިޔަ ކަންތައްތަކާއެކު އިންތިހާބު އޮންނަ ދުވަހާއި މެދު ގިނަ ދިވެހިންގެ ބޮޑު ކަންބޮޑުވުންތަކެއް ހުރި ސަބަބުތައް އެނގިވަޑައިގެންނެވި ކަމަށެވެ. 

މާދަމާ އޮންނަ ވޯޓު ލަސްކޮށްފިނަމަ އެއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭނެ ދެރަ ދުވަހެއް ކަމަށް ދެކޭ ކަމަށް ޑޯރިސް ވިދާޅުވިއެވެ. އުއްމީދުކުރައްވަނީ އިންތިހާބު އޮންނާނެ ކަމަށާއި މިނިވަންކަމާއި އިންސާފުވެރިކަމާއެކު އިންތިހާބު ކުރިޔަށްދާނެ ކަމަށް ޑޯރިސް ވިދާޅުވިއެވެ. 


22 ސެޕްޓެންބަރ 2018 ހޮނިހިރު 21:50
އަހްމަދު ސާއިފް ޝިޔާދް

ސޯލްޓް ކެފޭ ބަލައި ފާސްކުރަން ކޯޓު އަމުރަކާއެކު ފުލުހުން ވަދެއްޖެ

މާލެ

އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ރިޝްވަތުގެ ފައިސާ ބަހަމުންދާކަމުގެ ތުހުމަތުގައި ކޯޓު އަމުރަކާއެކު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެމްޕޭން ހެޑްކުއަރޓަރަށް ފުލުހުން ވަދެއްޖެ.

 


22 ސެޕްޓެންބަރ 2018 ހޮނިހިރު 21:09
އަހްމަދު ސާއިފް ޝިޔާދް

ބައެއް ރަށްރަށުގައި ވޯޓުލުމަށް ކިއު ހަދައިފި

މާލެ

ގދ ހޯނޑެއްދޫގައި ވޯޓު ލުމަށް ރައްޔިތުން ކިއު ހަދައިފި. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުން ދަނީ ވޯޓުލުމަށް ކިއު ހަދަމުން

 


22 ސެޕްޓެންބަރ 2018 ހޮނިހިރު 18:05
އަހްމަދު ސާއިފް ޝިޔާދް

ހަޔެއްގެ ފަހުން ކެމްޕޭން ހަރަކާތް ނުހިންގޭނެ

މާލެ

ދެ ޕާޓީގެ ކެމްޕޭން ހަރަކާތް ވެސް ހަޔެއް ޖެހުމާއެކު ވަނީ ނިންމާލާފައި. ދެން ކެމްޕޭން ކުރުމުގެ ގޮތުން އެއްވެސް ހަރަކާތެއް ކުރިޔަށް ނުގެންދެވޭނެ. 


22 ސެޕްޓެންބަރ 2018 ހޮނިހިރު 17:28
އަހްމަދު ސާއިފް ޝިޔާދް

ޔުމްނާ މައުމޫންގެ ޓްވީޓް

މާލެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް އިބޫއަށް ވޯޓު ލައްވަން ޓްވީޓެއް މެދުވެރިކުރައްވައި އެދިވަޑައިގެންފި 

ވިދާޅުވީ ބޭނުންވަނީ އަދުލުވެރި، އިންސާފުވެރި، އޯގާތެރި، އިންސާނިއްޔަތުކަން ހުރި އެހެން މީހުންގެ އިހުސާސްތައް ދަންނަ ވެރިޔެއް ކަމަށް. 


22 ސެޕްޓެންބަރ 2018 ހޮނިހިރު 17:19
އަހްމަދު ސާއިފް ޝިޔާދް

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމްގެ ޓްވީޓް

މާލެ

ކެމްޕޭންގެ ހަރަކާތްތައް ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ރައީސް ޔާމީންގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވައިފި. 

 


22 ސެޕްޓެންބަރ 2018 ހޮނިހިރު 17:09
އަހްމަދު ސާއިފް ޝިޔާދް

ކޯލިޝަންގެ ޕެރޭޑް

މާލެ

މާލޭގައި ކުރިޔަށް ގެންދާ ޕެރޭޑްގައި ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބައިވެރިވަމުން

 


22 ސެޕްޓެންބަރ 2018 ހޮނިހިރު 16:56
އަހްމަދު ސާއިފް ޝިޔާދް

ކުޅުދުއްފުށީގައި ކުރިޔަށް ގެންދާ ހިނގާލުން

މާލެ

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޯލިޝަނުން ހދ ކުޅުދުއްފުށީގައި ކުރިޔަށް ގެންދިޔަ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ޕިކަޕް ބުރު

 


22 ސެޕްޓެންބަރ 2018 ހޮނިހިރު 16:50
އަހްމަދު ސާއިފް ޝިޔާދް

ތިނަދޫގައި ކުރިޔަށް ގެންދާ ހިނގާލުން

މާލެ

ގދ. ތިނަދޫގައި މިހާރު ކުރިޔަށްދާ ހިނގާލުމަކީ އެރަށުގައި ފަހުގެ ތާރީހެއްގައި ބޭއްވޭ އެންމެ ބޮޑު ހިނގާލުން ކަމަށް އަޅުގަނޑުމެންގެ ރިޕޯޓަރު ހުސައިން ހަސަން މައުލޫމާތު ދޭ

 


22 ސެޕްޓެންބަރ 2018 ހޮނިހިރު 16:41
އަހްމަދު ސާއިފް ޝިޔާދް

ޕީޕީއެމްގެ ސައިކަލް ބުރު

މާލެ

ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކުރައްވާ ފަރާތްތަކުން ވެސް ގެންދަނީ މާލޭގައި ސައިކަލް ބުރެއް ބާއްވަމުން. މި ސައިކަލް ބުރުގައި ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި އެޕާޓީގެ ޕީޖީ ގްރޫޕްގެ މެމްބަރުންނާއި ސަޕޯޓަރުން ވެސް ގެންދަނީ ބައިވެރިވަމުން.


22 ސެޕްޓެންބަރ 2018 ހޮނިހިރު 16:37
އަހްމަދު ސާއިފް ޝިޔާދް

ކޯލިޝަންގެ ޕެރޭޑް

މާލެ

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ގެންދަނީ މާލޭގައި ޕެރޭޑެއް ކުރިޔަށް ގެންދަމުން. މި ޕެރޭޑްގައި ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި ރަނިންގމޭޓް ފައިސަލް ނަސީމް ދަނީ ބައިވެރިވެވަޑައިގަންނަވަމުން. ގިނަ އަދަދެއްގެ ރައްޔިތުން މި ޕެރޭޑްގައި ބައިވެރިވޭ. 

މިހާރު ކުރިޔަށްދާ ޕެރޭޑް


22 ސެޕްޓެންބަރ 2018 ހޮނިހިރު 16:31
އަހްމަދު ސާއިފް ޝިޔާދް

އެންމެ ފަހުގެ ކެމްޕޭން ހަރަކާތްތައް

ކ. މާލެ

މިއަދުގެ އިރުއޮއްސި 6 ޖަހާއިރަށް ހުރިހާ ކެމްޕޭން ހަރަކާތްތަކެއް ނިންމަން ޖެހޭއިރު ދެ ފަރާތުން ވެސް ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ހަރަކާތް ހިންގަމުން


ފަހުގެ ހަބަރު

ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!

ޕީޕީއެމްގެ ކެންޑިޑޭޓްގެ އިންތިޚާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަމިއްލަފުޅު ރަށުން އެ ދެ ބޭފުޅުން ބޮޑު ތަނުން ބަލިވެއްޖެ އެވެ.

އާދީއްތަ ދުވަހު ބޭއްވި...

0

ދުވަސް

0

ގަޑި

0

މިނެޓު

0

ސިކުންތު

ފޮޓޯ

ވޯޓު ލުމުގެ ހައްގު ލިބިގެންވާ
262,135

އަލަށް ވޯޓުލާ
24,018

ވޯޓު ފޮށީގެ އަދަދު
472

- މާލޭގަ: 122
- ރިސޯޓު: 35
- ޖަލު: 4
- ރާއްޖެއިން ބޭރު: 5
- ސިނާއީ ސަރަހަހްއަދު: 4
- އަތޮޅުތައް: 302

ގޮވެލި