21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44


ރައީސް ސޯލިހް، ލަންކާގެ ވިޔަފާރިވެރިންނާއެކު


ދިވެހިރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތައް ތަޖުރިބާކޮށްލުމަށާއި ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ވިޔަފާރިވެރިންނަށް ވަނީ ދައުވަތު އަރުވާފަ އެވެ.1298

ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ޤާއިމުވެފައި އޮތް ވިޔަފާރީގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ކުރިއަރާފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ދެޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ރަނގަޅުކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.

ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ސްރީލަންކާގެ ވިޔަފާރިވެރިންނަށް ދައުވަތު އަރުވާފައިވަނީ ސްރީލަންކާގެ މިނިވަން ދުވަސް ޝަރަފުވެރިކޮށްދެއްވުމަށް އެ ގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ދެއްވި ދަޢުވަތަކަށް ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރާމާނަ ދަތުރުފުޅުގައި ސްރީލަންކާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައެވެ.

މިއަދުގެ ބައްދަލުވުމުގައި ސްރީ ލަންކާގެ ބިޒްނަސް ކައުންސިލްގެ ފަރާތުން ރައީސް އަށް ވަނީ ހަނދާނީ ފިލައެއް އަރުވައިފަ އެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ސްރީލަންކާގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދައުވަތުދެއްވި އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއާއި ސްރީލަންކާ ކުރިއަރަމުންދަނީ އުއްމީދީ މިންވަރެއްގައި ކަމަށާއި ދެ ގައުމުގެ އިޤްތިޞާދު ކުރިއަރަމުންދަނީ ވަރަށް އެއްގޮތް ކަންތައްތަކެއްގެ މައްޗަށްކަމަށެވެ.

އެހެންކަމުން އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައި ބޭރުގެ އިންވެސްޓަރުންނަށްވެސް ކުރިއަށްވުރެ ބޮޑަށް އިސްކަމެއް ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމާއެކު ދެޤައުމަށްވެސް ޤުދުރަތީ ކާރިސާތަކުގެ ސަބަބުންނާއި މޫސުމަށްއަންނަ ބަދަލުތަކުގެ ސަބަބުން އުދަގޫތަކެއް ކުރިމަތިވާކަމުގައި ވިދާޅުވިއެވެ.

މި ގޮތުން ދެޤައުމުގެ އިޤްތިޞާދު ކުރިއަރަމުން ދަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޢަތުންކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އިޤްތިޞާދު ކުރިއެރުވުމުގައްޔާއި ވިޔަފާރިތައް އިތުރުކުރުމުގައި ދެޤައުމަށްވެސް ފައިދާވާނެ ގޮތަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ސްރީލަންކާގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެޤައުމަށް އެކުގައި ކުރިއެރުވޭނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި އެކުގައި މަސައްކަތްތަކެއް ކުރެވިދާނެކަން ފާހަގަކުރެއްވިއެވެ.

ރާއްޖެ އާއި ސްރީ ލަންކާގައި ޓޫރިޒަމް ފަދަ އެއްގޮތް ދާއިރާތަކެއް ހުރި އިރު މޫސުމަށް ބަދަލު އައުމާއި ގުދުރަތީ ހާދިސާ ފަދަ ކަންކަން ދެ ގައުމަށް ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ވިޔަފާރިވެރިންގެ ކައުންސިލްގެ ރައީސް ވަނީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވާފައެވެ.

މީގެއިތުރުން އިގްތިސާދު ކުރިއެރުވުމާއި ވިޔަފާރިތައް އިތުރުކުރުމުގައި ދެ ގައުމަށް ވެސް ފައިދާވާނެ ގޮތަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސްރީލަންކާގެ ވިޔަފާރިވެރިންނަށް ރައީސް ދެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ދެ ގައުމަށް އެކުގައި ކުރިއެރުވޭނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި އެކުގައި މަސައްކަތްތަކެއް ކުރެވިދާނެކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދަކުން ވަނީ ސްރީ ލަންކާގެ ވިޔަފާރިވެރިންނާ ބައްދަލުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ޤަބޫލުކުރައްވަނީ ޤައުމުގެ އިޤްތިޞާދު ފުޅާވެ ކުރިއަރަމުންދާނީ ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތްތަކެއް ކޮށްގެންކަމުގައެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވާހަކަ ދެއްކެވި އެވެ.

މި ބައްދަލުވުމުގައި ދިވެހި ވިޔަފާރިވެރިންވެސް ވަނީ ބައިވެރިވެ، މަޝްވަރާތައްކޮށްފަ އެވެ.

ބައްދަލުވުމުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި، އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.