24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:19
މަޣްރިބް 18:18
އިޝާ 19:29


ޖަރުމަނުވިލާތާއި ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން


ޖަރުމަނުވިލާތާއި ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވައިފައިވަނީ އާދިއްތ ދުވަހު އެވެ.



1149

ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހެންވޭރު ސީވީޑް އަޙްމަދު ލަޠީފު އައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް، ހެންވޭރު ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު އައްޔަނުކުރައްވައި، މަޤާމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

ޢުމަރު ޢަބްދުއްރައްޒާޤު ސްރީލަންކާގެ ސަފީރުކަމަށް އައްޔަނުކުރުމަށް މަޖިލީހުން ވަނީ ނިމުނު އަހަރު ރުހުންދީފައި -- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި ޢުމަރު ޢަބްދުއްރައްޒާޤަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވަރސިޓީއިން މަރސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެއް -- ފޮޓޯ: ރައީސް އޮފީސް

ޢުމަރު ޢަބްދުއްރައްޒާޤު މީގެކުރިން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަޤާމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި ބޭރުގެ ބޭންކްތަކުން ހިންގާ ޕްރޮޖެކްޓްތައް މޮނިޓަރިންގެ މަސައްކަތާއި، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުގެ ޝެޑޯ ފޮރިން ސެކްރެޓަރީގެ މަޤާމު ހިމެނެ -- ފޮޓޯ: ރައީސް އޮފީސް

ޢުމަރު ޢަބްދުއްރައްޒާޤަކީ، މިހާރުވެސް ޖޮއިންޓް އޮޕޮޒިޝަން ފޮރިން ރިލޭޝަން ކޮމިޓީގެ މެމްބަރުކަން އަދާކުރައްވަމުން ގެންދަވާ ބޭފުޅެއް -- ފޮޓޯ: ރައީސް އޮފީސް

އަޙްމަދު ލަޠީފަކީ 2007 ވަނަ އަހަރު ޗައިނާ ސަރުކާރަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރުގެ ގޮތުގައި 5 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް -- ފޮޓޯ: ރައީސް އޮފީސް

ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި އަޙްމަދު ލަޠީފަކީ 1981 ވަނަ އަހަރު ރާއްޖޭގެ ޚާރިޖީ ދާއިރާއާއި ގުޅިވަޑައިގެން، ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެއް -- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން، ރައީސް އޮފީހުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ: ރައީސް އޮފީސް

އަޙްމަދު ލަޠީފް އެންމެ ފަހުން އަދާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ޢައްޔަނު ކުރެއްވި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމު -- ފޮޓޯ: ރައީސް އޮފީސް