21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03


އެމެރިކާ ސަރުކާރުގެ ބޮޑު ބައެއް ހުއްޓިފައި


އެމެރިކާ ސަރުކާރު ހުއްޓުމަކަށް ގެނެސްފައިވަނީ މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި، އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ "ބޮޑުފާރު" ލުމުގެ މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް މައްސަލާގައެވެ.



263

އެމެރިކާ ސަރުކާރު ހުއްޓުވާލެވިފައި އޮތުމުގެ ސަބަބުން 800،000 މުވައްޒިފުންނަށް މިކަމުގެ އަސަރު ކޮށްފައިވޭ -- ފޮޓޯ: ރޮއިޓާސް

ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ، ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި -- ފޮޓޯ: ރޮއިޓާސް

ފުރަތަމަ މަސައްކަތް ކުރައްވާނީ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރެއްވުމަށް ކަމަށް ޓްރަމްޕް ވިދާޅުވެފައި -- ފޮޓޯ: ރޮއިޓާސް

ސަރުކާރު ހުއްޓުމާ ގުޅިގެން މުސާރަ ނުލިބިފައި ތިބި މުވައްޒިފުން ވެސް، ބޭނުންވާނީ ފާރުގެ ބަޖެޓު ހޯދަން ކުރަމުންދާ މަސައްކަތުގައި ދެމިހުންނަވަން ކަމަށް ޓްރަމްޕް ވިދާޅުވި -- ފޮޓޯ: ރޮއިޓާސް

މެކްސިކޯ އާއި އެމެރިކާގެ ސަރަހައްދީ އިމުގައި ގާއިމުކުރާ ފާރުގެ ހަރަދު ހިމަނައިގެން ބަޖެޓު ފާސްކުރެވެންދެން ގޮތުގައި, ގޮތްދޫނުކުރައްވައި ހުންނަވާާނެ ކަމަށް ނައިބު ރައީސް މައިކް ޕެންސްވެސް ވަނީ ވިދާޅުވެފައި -- ފޮޓޯ: ރޮއިޓާސް

ބޯޑަރުގެ ސަލާމަތީ ކަންކަމަށް މިހާރު ވެސް 1.3 ބިލިއަން ޑޮލަރު ހަމަޖައްސާފައި ވާނެ ކަމަށާއި، އިތުރަށް މި މައްސަލައިގައި ވާހަކަދެއްކޭނީ އަލުން ސަރުކާރު ހުޅުވުމުން ކަމަށް ޑިމޮކްރެޓުން ބުނޭ -- ފޮޓޯ: ރޮއިޓާސް

ބަޖެޓް ފާސްނުވެ ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮންނަތާ 19 ދުވަސްވެފައި ވާއިރު، ޓްރަމްޕް ދެކެވަޑައިގަންނަވަނީ އެ ފާރު ރޭނުމަކީ ގައުމުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް -- ފޮޓޯ: ރޮއިޓާސް

ބޯޑަރު ފާރު އެޅުމަށް ބަޖެޓުގައި 5 ބިލިއަން ޑޮލަރު ހިމަނައިގެން ފާސްކުރުމަށް ރައީސް ޓްރަމްޕް ބޭނުންފުޅުވާއިރު ޑިމޮކްރޭޓުން ދަނީ އެކަމަށް ދެކޮޅު ހަދަމުން -- ފޮޓޯ: ރޮއިޓާސް