19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:23
މެންދުރު 12:18
އިރުއަރާ 06:10
ފަތިސް 04:58


ޕެރިހުގެ ޔެލޯ ވެސްޓް މުޒާހަރާގައި ހިނގިި ކުރިމަތިލުންތައް


ޔެލޯ ވެސްޓްސް މޫވްމެންޓްގެ ނަން ދީފައިވާ އެމުޒާހަރާތައް ފެށީ ފްރާންސުގައި ތެލުން ނަގާ ޓެކްސް ބޮޑު ކުރުމާ ދެކޮޅަށާއި ދިރިއުޅުމުގެ އަގު ތިރި ކުރުމަށް ގޮވާލުމަށެވެ.937

މީގެ ތެރެއިން އެއްމެ ގިނަ މީހުން ބައިވެރިވީ ވެރިރަށް ޕެރިހުގަ އާއި ބޯޑޯގެ އިތުރުން މާސޭގައި ބޭއްވި އެއްވުންތަކުގައި -- ފޮޓޯ: ރޮއިޓާސް

އެ ގައުމުގެ އެކި ހިސާބުތަކުގައި 50000 މީހުން މި މުޒާހަރާތަކުގައި ބައިވެރިވި ކަމަށް އިންޓީރިއަރ މިނިސްޓަރު ކްރިސްޓޯފް ކާސްޓްނަރ ވިދާޅުވި -- ފޮޓޯ: ރޮއިޓާސް

މުޒާހަރާގެ ތެރެއިން 34 މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ -- ފޮޓޯ: ރޮއިޓާސް

މި ހަފުތާ ބަންދުގައި ޕެރިހުގައި 3500 މީހުން މުޒާހަރާގައި ބައިވެރިވެރިވެފައިވާ އިރު، މިދިޔަ ހަފްތާގައި ބައިވެރިވީ 800 މީހުން ކަމަށް ފަރަންސޭސްވިލާތުގެ ފުލުހުން ވަނީ ބުނެފަ -- ފޮޓޯ: ރޮއިޓާސް

ފަރަންސޭސްވިލާތުގެ އެހެން ހިސާބުތަކުގައި ވެސް މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ އިމާރާތްތަކަށާއި ކޯޓުތަކަށް ވަދެ ގަންނަން މަސައްކަތް ކޮށް ނާކާމިޔާބުވެފަ -- ފޮޓޯ: ރޮއިޓާސް

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ ތަރުޖަމާނު ބެންޖަމިން ގްރިވޯގެ އޮފީހުގެ ބޭރު ގޭޓު ކޮންސްޓްރަކްޝަން މެޝިނެއް ބޭނުންކޮށްގެން ވައްޓާލައި، އެތަނުގެ ގޯތި ތެރެއަށް ވަދެ ގަނެފަ -- ފޮޓޯ: ރޮއިޓާސް

މި އަހަރުގެ ފުރަތަމަ ހަފުތާ ބަންދުގައި މި ވަނީ ކުރިން ހަފްތާއަށް ވުރެ މުޒާހަރާގެ ބައިވެރިން އިތުރުވެފަ -- ފޮޓޯ: ރޮއިޓާސް

ތެލުން ނަގަން އުޅޭ ޓެކްސްއާ ގުޅިގެން ފެށުނު މުޒާހަރާތައް، ސަރުކާރުގެ ގިނަ ސިޔާސަތުތަކަކާ މެދު ހިތްހަމަ ނުޖެހޭ މީހުން ޝުޢޫރުފާޅުކުރާ މުޒާހަރާތަކަކަށް ބަދަލުވުމާ އެކު މުޒާހަރާތައް މައިިތިރިވީ ރައީސް މެކްރޮން އެ ޓެކްސް ނެގުން މަޑުޖައްސާލަން ނިންމުމާ ގުޅިގެންނާއި ފިނި މޫސުމުގެ ޗުއްޓީ ދުވަސްވަރާ ދިމާވުމާ ގުޅިގެން -- ފޮޓޯ: ރޮއިޓާސް

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވަނީ މުސްތަގުބަލުގައި މުޒާހަރާ އިތުރަށް ހޫނުވެ، ހަމަނުޖެހުންތައް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް -- ފޮޓޯ: ރޮއިޓާސް