19 މާރޗް 2019 | އަންގާރަ | 09 ފަސްބަދުރުވަ
12 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:10
މެންދުރު 12:18
އަސްރު 15:23
މަޣްރިބް 18:19
އިޝާ 19:30


ޖަޕާންގެ އާ ސަފީރު މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން


ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސް ކެއިކޯ ޔަނާއީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައިވަނީ ބުރާސްފަތި ދުވަހު އެވެ.



980

އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޖަޕާނާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ޖަޕާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހާވާލުވެވަޑައިގަތުމާ ގުޅިގެން ތަޙުނިޔާ ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ވާހަފުޅުގައި ޖަޕާނު ސަރުކާރުން ރާއްޖޭގައި ސްކޫލް އިމާރާތްކުރުމަށް ދެއްވާފައިވާ އެހީތެރިކަމަށާއި މާލެ ވަށައި ލާފައިވާ ބޭރު ތޮށި ލުމުގައި ޖަޕާނު ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހާގަކުރައްވައި އެކަމަށްޓަކައި ޖަޕާނު ސަރުކާރަށް ޝުކުރުއަދާކުރައްވައިފަ -- ފޮޓޯ: ރައީސް އޮފީސް

މި ބައްދަކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2019 ވަނަ އަހަރު އޮސާކާގައި ބާއްވާ ޖީ20 ސަމިޓްގައި ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރުމަށް ނިންމާފައިވާތީ އެކަމަށް މަރުޚަބާ ވިދާޅުވެފަ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުން ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވައިފަ -- ފޮޓޯ: ރައީސް އޮފީސް

ޖަޕާނުގެ ސަފީރު މިބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ރާއްޖެ ވަޑައިގަތުމުން ރާއްޖެއިން އެކަމަނާއަށް ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، އެކަމަނާ ވަނީ ޖަޕާނުގެ އެމްޕެރާ އާއި އެމްޕްރެސްގެ ފަރާތްޕުޅުން ރައީސުލްޖުމްހުރިއްޔާއަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރައްވައިފަ -- ފޮޓޯ: ރައީސް އޮފީސް

ހަކަތައިގެ މައްސަލަޔަށް ހައްލު ހޯދުމުގައި ޖަޕާނުން ގެންގުޅުއްވާ އިއާދަކުރަނިވި ހަކަތައިގެ ސިޔާސަތަށް ރައީސުލްޖުމްހޫރިއއްޔާ ތަޢުރީފުކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވި -- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި، ސަފީރު ވަނީ ދެޤައުމުންވެސް ޝައުގުވެރިވާކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި ދެޤައުމުންވެސް ބައިނަލްއަޤްވާމީ މައިދާނުގައި އެއްގޮތް ވިސްނުންފުޅެއް ގެންގުޅުއްވާކަން ސަފީރު ފާހަގަކުރެއްވި -- ފޮޓޯ: ރައީސް އޮފީސް