10 ޑިސެންބަރު 2018 | ހޯމަ | 01 މުލަ
03 ރަބީޢުލްއާޚިރު 1440
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:03
އަސްރު 15:23
މަޣްރިބް 17:57
އިޝާ 19:14


ކެބިނެޓްގެ ފުރަތަމަ ބައްދަލުވުން


ކެބިނެޓްގެ ފުރަތަމަ ބައްދަލުވުން ކުރިއަށްގެންސްފައިވަނީ ހޯމަ ދުވަހު މެންދުރުފަހު އެވެ. އައު ސަރުކާރުގެ ޖުމްލަ 20 ވުޒާރާއެއް ހިމެނެ އެވެ.3472

ސަރުކާރުގެ އިދާރާތަކުގެ ޙާލަތު ދެނެގަތުމަށް، ޓްރާންސިޝަން އޮފީހުން ކުރިއަށްގެންދިޔަ ރެޕިޑް އެސެސްމެންޓާ ބެހޭ މަޢުލޫމާތު ހިމެނޭ ކަރުދާހާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވާރާކުރެއްވި

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިސަރުކާރުން ފުރަތަމަ 100 ދުވަހުގެ ޕްރޮގްރާމާގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވޭ

ހިނގަމުން އަންނަ އަދި ރޭވިފައިވާ މުހިންމު މަސައްކަތްތައް ނުވަތަ އިދާރާތަކުން ހިންގާ ޤައުމީ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ހިއްސާކޮށްފައިވޭ

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އެންމެހާ ކަންތައްތައް ދެނެގަތުމަށްޓަކައި މިއަހަރުގެ ހިނގަމުންދާ ބަޖެޓާއި ކުރިއަށްއަންނަށް އޮތް ބަޖެޓްގެ ތަފްސީލާއި، އިދާރާތަކުގެ މުވައްޒަފުން ތިބިގޮތުގެ ތަފްސީލް ހިއްސާކުރެއްވި

ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާވަނީ ސަރުކާރުގެ މަސައްކަތްތައް އަދި ޚާއްޞަ ގޮތެއްގައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި ސަރުކާރުން ކުރައްވަން ކަނޑައަޅުއްވާފައިވާ މަސައްކަތްތައް ވީއެންމެ ބާރުމިނެއްގައި ފުރިހަމަކޮށް ކުރިއަށްގެންދެވުމަށް ހުރިހާ ވަޒީރުންނަށް އިލްތިމާސްކުރައްވި

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ ވަނީ ކޮރަޕްޝަންގެ މައްސަލަތަކަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ދުރުވެތިއްބެވުމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އިލްތިމާސް ކުރައްވާފައި

ކޮމަންވެލްތުގައި ރާއްޖެ އޮތުމުން ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިން ލިބޭ ސްކޮލަޝިޕް ފުރުސަތުތަކާއި، ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހި އެތުލީޓުންނަށް ލިބޭ ފުރުސަތުތައް ފާހަގަ ކުރެއްވި

ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމާ މެދު ގޮތެއް ނިންމެވުމަށްޓަކައި ކުރެވުނު މަޝްވަރާގައި، ކޮމަންވެލްތުގައި ރާއްޖެ އޮތުމުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް އެކި ދާއިރާތަކުން ފަހިވާ ފުރުސަތުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަ ކުރެއްވި

ޑިމޮކްރެސީ ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކުރުމުގައި ކޮމަންވެލްތުގެ ދައުރުވެސް ވަޒީރުން ފާހަގަ ކުރެއްވި

ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގައި، ހުރިހާ ދާއިރާއަކުންވެސް އެހެން ޤައުމުތަކާ އެއް ހަމައެއްގައި ދިވެހިރާއްޖެއިން ފައިތިލަ ސާބިތު ކުރުމުގައި ކޮމަންވެލްތު ގެ މެންބަރެއްގެ ގޮތުގައި އޮތުމުގެ މުހިންމުކަން ވަޒީރުން ފާހަގަ ކުރެއްވި

ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ކުރާ މަސައްކަތުގައި ކޮމަންވެލްތްގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކާ ބެހޭ ގޮތުންވެސް ވަޒީރުން މިއަދު މަޝްވަރާ ކުރެއްވި