26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރައްޔިތުންގެ މަޖިލިސް 2019

ދަނޑުވެރިކަމުގައި ބޭނުން ކުރާ ޕެސްޓިސައިޑް އާއި ބެހޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި

  • މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން  ފެލިދޫ ދާއިރާގެ މެމްބަރު އަހްމަދު މަރްޒޫގް
  • މި ބިލް ގާނޫނަކަށް ބަދަލުވެގެން ދިއުމުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އިމްޕޯޓް ކުރުމާއި،އެކްސްޕޯޓް ކުރުމާއި، ވިއްކުމާއި،ބެހޭ އުސޫލު އެނގޭނެ
ހައްވާ މުހައްމަދު | @hawwimd

| 15 އޭޕުރިލް 2019 | ހޯމަ 15:55 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ދަނޑުވެރިކަން ކުރިއަރުވާ އާލާކުރުމުގެ ބޭނުމުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލެއް -- ފޮޓޯ: މުހައްމަދު ޝަރުހާން

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމުގެ ބޭނުމުގައި "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އާއި ބެހޭ" ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން  ފެލިދޫ ދާއިރާގެ މެމްބަރު އަހްމަދު މަރްޒޫގްއެވެ.

މި ބިލްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ކުރިއެރުވުމަށްޓަކައި، ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ޕެސްޓިސައިޑް ދިވެހިރާއްޖޭގައި އުފެއްދުމާއި،ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި،ބޭނުންކުރުމާއި،ނައްތާލުމާއި ބެހޭ އުސޫލްތައް ކަނޑައަޅައި،ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްހަތާއި،ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކުރާ އަމަލްތައް ބަލައި ފިޔަވަޅު އެޅުމާއި،ޕެސްޓިސައިޑާއި ގުޅޭ އެނޫން ވެސް އުސޫލްތައް ބަޔާންކޮށްފައިވެއެވެ.

މި ބިލް ގާނޫނަކަށް ބަދަލުވެގެން ދިއުމުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އިމްޕޯޓް ކުރުމާއި،އެކްސްޕޯޓް ކުރުމާއި، ވިއްކުމާއި، އުފެއްދުމާއި،ބޭނުންކުރުމާއި ބެލެހެއްޓުމާއި،ނައްތާލުމާއި ގުޅޭ އުސޫލްތައް ކަނޑައެޅިގެންދާނެއެވެ. ބިލް ގާނޫނަކަށް ބަދަލުވެގެން ދިއުމުން ގާނޫނު ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުވެގެންވާ ފަރާތަކީ މިނިސްޓަރެވެ.

މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒް ކުރުމުގައި މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި  ޕެސްޓިސައިޑާއި ބެހޭ ބޯޑްގެ ނަމުގައި މިނިސްޓްރީގައި ބޯޑެއް އުފައްދަންވާނެ ކަމަށް ބިލްގައި ބަޔާކޮށްފައިވެއެވެ.މީގެ އިތުރުން ބިލްގައި ޕެސްޓިސައިޑް އާއި ގުޅޭ ސިޔާސަތު ކަނޑައެޅުމާއި،ޕެސްޓިސައިޑް އާއި ބެހޭ ޔުނިޓެއް މިނިސްޓްރީގެ ދަނޑުވެރިކަމުގެ ޑިވިޝަންގައި މިނިސްޓަރު އުފައްދަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ޕެސްޓިސައިޑް އާއި ބެހޭ ބޯޑެއް އެކުލަވާލުމަށް ބަޔާންކޮށްފައިވާއިރު، މި ބިލް  ގާނޫނަކަށް ބަދަލުވެ، ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ބޯޑް އުފައްދަންވާނެ ކަމަށް ބިލްގައި ބަޔާން ކޮށްފައިވެއެވެ. މި ބޯޑަކީ މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒް ކުރުމުގައި މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި އުފައްދަންޖެހޭ ބޯޑެކެވެ.

 މި ބިލް ގާނޫނަކަށް ބަދަލުވެގެން ދިޔުމުން ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރެވޭނެ ބާވަތުގެ ޕެސްޓިސައިޑަށް ހުއްދަދޭނީ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ބޯޑުންނެވެ.ޕެސްޓިސައިޑް ނައްތާލުމާއި، ޕެސްޓިސައިޑް ބަންދުކުރުމާއި ލޭބަލް ކުރުމާއި، އަލުން ބަންދުކުރުމާއި،ޕެސްޓިސައިޑް ރައްކާކޮށްފައި ބެލެހެއްޓުމާއި،އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި،އިޝްތިހާރުކުރުމާއި،ލައިސަންސް ދޫކުރާނެ ގޮތްތައް ވެސް ބިލްގައި ބަޔާކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް