26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

އަލިފާނުގެ ހާދިސާ

ހުޅުމާލޭ ހުސް ބިމުގައި ރޯވެ އަނދަނީ

  • އަލިފާން މުޅިން ކޮންޓްރޯލް ވެފައެއް ނުވޭ
  • ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 13:21 ގައި
އަލީ ސަމާޚް | AliSamah8

| 15 އޭޕުރިލް 2019 | ހޯމަ 15:25 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ހުޅުމާލޭ ހުސްބިމުގައި ރޯވެ އަނދަމުން ދަނީ -- އެމްއެންޑީއެފް

ހުޅުމާލޭ ފެރީ ޓާމިނަލްއާ ސެންޓްރަލް ޕާކްއާ ދެމެދު އޮންނަ ހުސްބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 13:21 ހާއިރު ކަމަށެވެ. އަލިފާން ރޯވެފައިވަނީ ވިނަތަކުގެ ތެރޭގައެވެ.

އެ ހާދިސާ ހިނގުމާއި އެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން ހަރަކާތްތެރިވަމުން ދާއިރު، އަލިފާން މުޅިން ކޮންޓްރޯލްވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެކަމަކު އަލިފާން އިތުރަށް ފެތުރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.  

 

ހުޅުމާލޭ ހުސްބިމު ގައި އަލިފާން ރޯވެފައިވާއިރު، ވޭތުވެދިޔަ ހަފްތާގެ ބުދަ ދުވަހު އދ. އަރިޔަދޫ ނަމަކަށް ކިޔާ ފަޅުރަށެއްގައި ވަނީ އަލިފާނުގެ ހާދިސާ އެއް ހިނގާފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.  އެމްއެންޑީއެފްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އަލިފާނުގެ 86 ހާދިސާއެއް ވަނީ ހިނގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް