26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އެސްޓީއޯ ސުޕަމާޓު

އެސްޓީއޯ ސުޕަމާޓުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފި

  • ގަނޑުކޮއް ނަންގަވާ ފަރާތްތަކަށް އަގުހެޔޮވޭ
  • ބިސް ބައްލަވައިގަތުމުގެ ކުރިން ޗެކުކުރެވޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 15 އޭޕުރިލް 2019 | ހޯމަ 14:36 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


އެސްޓީއޯއިން ކޮންމެ ރޯދަމަހަކާއި ދިމާކޮށް ތަކެތި އަގުހެޔޮކޮށް ވިއްކާ -- އެސްޓީއޯ

އެސްޓީއޯ އިން ރަމަޟާން މަހަށް ޙާއްސަކޮށްގެން އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފިއެވެ.

މިފަހަރު ފިޔާ، އަލުވި، ބިސް ވިއްކަން އެސްޓީއޯއިން އިންޑަސްޓްރިއަލް ވިލެޖްގައި އާންމުންނަށް ފަސޭހައިން މުދާ ލިބޭނެގޮތް ވަނީ އިންތިޒާމުކޮށްފައި ކަމަށް އެސްޓީއޯއިން ބުންޏެވެ. މިގޮތުން އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖްއިން ހެނދުނު 8:30 އިން ހަވީރު 17:00 އަށް  ފިޔާ، އަލުވި، ބިސް ލިބެން ހުންނާނެއެވެ. އަދި މީގެއިތުރުން އެސްޓީއޯ ޓްރޭޑް ސެންޓާރ ގައި ހުންނަ އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މިއަދުން ފެށިގެން އެސްޓީއޯ ސުޕަމާޓުން ފިޔާ، އަލުވި، ބިސް ވިއްކަން ފެށިއިރު އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށަނީ އޭޕްރިލް މަހުގެ 72 އިން ފެށިގެން ކަމަށް ވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ. މީގެ އިތުރުން އެހެނިހެން އަހަރުތަކާ ހިލާފަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ބައްލަވައިގަތުމުގެ ކުރިން މިތަކެތި ޗެކުކުރެވޭނެ އިންތިޒާމު އެސްޓީއޯގެ އައުޓްލެޓް ތަކުގައި ވާނީ ހަމަޖެހިފައިކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ ގެ ފިހާރަތަކުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް 7 ރުފިޔާއައް، އަލުވި ކިލޯއެއް 8 ރުފިޔާ 50 ލާރިއައް، ބިހެއް 1 ރުފިޔާ 50 ލާރިއައް ލިބިވަޑައިގަންނަވާއިރު އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 014 ރުފިޔާއައް، އަލުވި ބަސްތާއެއް 180 ރުފިޔާއައް، ބިސް ކޭހެއް 270 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

އަދި މީގެއިތުރުން އެސްޓީއޯ ސްޕަމާރޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް 25 ކޭހައްވުރެން މަތިން ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 013 ރުފިޔާއައް، އަލުވި ބަސްތާއެއް 170 ރުފިޔާއައް، ބިސް ކޭހެއް 602 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް