26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ބިން ވިއްކުން

ބޭރު ފަރާތްތަކަށް ބިން ވިއްކޭ ގޮތަށް ގާނޫނުއަސަސީއަށް ގެނައި ބަދަލު ބާތިލުކޮށްފި

  • އެމްޑީޕީ އާއި ޕީޕީއެމްގެ މެމްބަރުން ވެސް ވޯޓު ދެއްވި
  • އެ އިސްލާހު ބާތިލު ކުރީ 64 މެބްބަރުން އިއްތިފާގުން
  • ގާނޫނުއަސާސީއަށް ގެނައި ދެ ބަދަލު ވެސް ވަނީ ބާތިލުކޮށްފައި
ޙުސައިން ޙަސަން | hucenhassan

| 15 އޭޕުރިލް 2019 | ހޯމަ 13:59 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން -- މަޖިލިސް

ބޭރުގެ ފަރާތްތަކަށް ރާއްްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި އެ ބަދަލު ބާތިލު ކުރަން ފާސްކުރީ ހޯމަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ. އެ އިސްލާހު ފާސްކުރުމަށް މަދުވެގެން ބޭނުންވަނީ ވެސް 64 މެމްބަރުންގެ އަގުލަބިއްޔަތެވެ. ސަބަބަކީ ގާނޫނުއަސާސީއަށް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ އަގުލަބިއްޔަތު ލިބުމުންނެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ 10 މެމްބަރުންގެ ވޯޓާ އެކު ރައީސް ޔާމީންގެ ސަރުކާރުގައި އެ އިސްލާހު މަޖިލީހުން ފާސް ކުރީ 70 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ނަމަވެސް އޭގެ ތިން އަހަރު ފަހުން، އެ އިސްލާހު ބާތިލު ކުރަން މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. އޭނާ ހުށަހެޅުއްވި ބިލު ގައުމީ ސަލާމަތު ކޮމެޓީން ދިރާސާކޮށް ނިންމައި، ހޯމަ ދުވަހުގެ ޖަލްސާއަށް ކޮމެޓީ ރިޕޯޓް ހުށަހެޅުމުން ޖަލްސާގައި ތިއްބެވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތު އެ ރިޕޯޓަށް ލިބުނެވެ.

މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރުމަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް، ނުދެވޭނެ ކަމަށެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރަކު މަޖިލީހަށް ހުށަހަޅައި، ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކޮށްފައި ވަނީ އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކޮށްފައިވާ ޝަރުތު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޖިލީހުން ބާތިލުކޮށްފައިވަނިކޮށެވެ.

ގާނޫނުއަސާސީއަށް ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި ދެ އިސްލާހު މަޖިލީހުން ބާތިލު ކުރުމުން، ގާނޫނުއަސާސީ ރުޖޫއަވެފައި ވަނީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު ކުރީގެ ރައީސް މައުމޫން އަބްްދުލް ގައްޔޫމް ތަސްދީގު ކުރެއްވި ގޮތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް