26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރައްޔިތުންގެ މަޖިލިސް 2019

ކޮމިޓީން ހުށަހެޅި 101 އޮޑިޓް ރިޕޯޓްގެ ތެރެއިން 33 ރިޕޯޓް ފާސްކޮށްފި

  • ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ހަތް ބިލެއްގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައި
ހައްވާ މުހައްމަދު | @hawwimd

| 15 އޭޕުރިލް 2019 | ހޯމަ 13:15 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން -- ފޮޓޯ: ރާއްޖެ އެމްވީ

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކޮމިޓީން ހުށަހަޅާ ކަންތަކުގެ ތެރޭގައި، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ 101 އޮޑިޓް ރިޕޯޓްގެ ތެރެއިން 33 ރިޕޯޓަށް ވޯޓަށް އަހައި ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި 101 އޮޑިޓް ރިޕޯޓް ހިމަނާފައި އޮތް ނަމަވެސް، މަޖިލީހުގެ ރިޔާސަތުން، ތަޅުމަށް އިއްވާފައިވަނީ 33 ރިޕޯޓެވެ.

މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ އޮޑިޓް ރިޕޯޓްތަކުގެ ތެރޭގައި 2007 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދުގެ ރިޕޯޓްތައް ހިމެނެއެވެ. މީގެ ތެރޭގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ އޮޑިޓް ރިޕޯޓާއި، އިލެކްޝަންސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓްތަކާއި، އެންޓި ކޮރަޕްޝަންސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓާއި، އެކި ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތަކުގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އޮޑިޓް ރިޕޯޓްތައް ވެސް ހިމެނެއެވެ.

ގިނަ ދުވަސްތަކެއް ވެފައިވާ ރިޕޯރޓްތައް މާލިއްޔަތު ކޮމިޓީން ޖަލްސާއަށް ހުށަހެޅުން ބައެއް މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކޮމަންޑޫ ދާއިރާ މެމްބަރު އަހްމަދު ނާޝިދު ވިދާޅުވީ ކޮމިޓީން ނިންމައި މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައި ވަނީ މީގެ އެތައް އަހަރެއް ކުރީގެ އޮޑިޓް ރިޕޯޓްތައް ކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ހުރިހާ ރިޕޯޓްތަކަކީ ވެސް އެއްވެސް މައްސަލައެއް އޭގައި ނެތް އޮޑިޓް ރިޕޯޓްތައްކަން ނާޝިދު ވަނީ ފާހަގަކުރައްވާފައެވެ. ނާޝިދު ވިދާޅުވީ އޭނާ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މަސައްކަތް ކުރެއްވީ ކޮމިޓީގައި ފުނިޖެހިފައި އޮތް ރިޕޯރޓްތައް ނިންމާލުމަށް ކަމަށެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމަށް ނާޝިދު ކަނޑައެޅީ 26 ނޮވެމްބަރު 2018 ގައެވެ. އެއީ އޭރު ކޮމިޓީތަކައް މަޖިލީހުގައި މެމްބަރުން ތަމްސީލް ކުރައްވަމުން ގެންދެވި ޕާޓީ، ބައެއް މެންބަރުން ބަދަލުކުރެއްވުމާ ގުޅިގެން އެ ބަދަލާ އެކު މަޖިލީހުގެ ކޮމިޓީތައް ވެސް އަލުން އެކުލަވާލުމާ ގުޅިގެންނެވެ.

މީގެ އިތުުރުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ހަތް ބިލެއްގެ ފުރަތަމަ ކިޔުން ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އެއީ ދިވެހިރާއްޖޭގެ ތަގާފީ ތަރިކައިގެ ބިލާއި، ވިޔަފާރީގެ ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލް، ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙުގެ ގެނައުމުގެ ބިލް، އިންތިޤާލީ ޢަދާލަތުގެ ބިލް، ޕެސްޓިސައިޑް ބެހޭ ބިލް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ”ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް" (ސީ.އެން.އެސް) ދިވެހިރާއްޖެ އިން ބައިވެރިވުމާ މެދު ގޮތެއް ނިންމުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާފައިވާތީ، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މީގެ އިތުުރުން ބޭރު މީހުންނަށް ބިން ވިއްކޭ ގޮތަށް ގާނޫނު އަސާސީ އަށް ގެނައި ބަދަލު ވެސް ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ބާތިލްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް