26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ކަސްޓަމްސް ތަފާސް ހިސާބު

މިދިޔަ މަހު އެތެރެކުރި މުދާ މަދުވެ، ދައުލަތަށް ލިބުނު އާމްދަނީ ދަށަށް!

  • މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެއިން 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި
  • މި އަހަރުގެ މާޗު މަހު މި އަދަދުވަނީ 4.1 ބިލިއަން ރުފިޔާއަށް ދަށްވެފައި
އަމްނާ އިމާދު | @amnabinthimad

| 15 އޭޕުރިލް 2019 | ހޯމަ 12:00 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


އެމްޕީއެލް މުދާ ކްލިއަރ ކުރާ ސަރަހައްދު -- ފޮޓޯ: މުހައްމަދު ޝަރުހާން

މި އަހަރުގެ މާޗް މަހު ރާއްޖެ އަށް އެތެރެކުރި މުދާ މަދުވެ، ދައުލަތަށް ލިބުނު އާމްދަނީ ވެސް ދަށްވެއްޖެއެވެ.

ހޯމަ ދުވަހު ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރުގެ މާޗު މަހު ރާއްޖެ އިން 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ މާޗު މަހު މި އަދަދު ވަނީ 4.1 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ. އެއީ ނުވައެއް އިންސައްތައިގެ ދަށްވުމެކެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި 2018 ވަނަ އަހަރު 277 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ މާޗު މަހު ލިބުނީ 267 މިލިއަން ރުފިޔާއެވެ. އެއީ ހަތަރު އިންސައްތައިގެ މަދުވުމެކެވެ.

ނަމަވެސް އެކްސްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ މާރޗު މަހު ދިވެހިރާއްޖެ އިން 246 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރުގެ މާޗު މަހު މި އަދަދު ވަނީ 341 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ 39 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނީ އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 16 އިންސައްތަ ސިންގަޕޫރުން އިމްޕޯޓްކޮށްފައިވާއިރު، ޔޫއޭއީ އިން 15 އިންސައްތަ އަދި ޗައިނާ އިން 12 އިންސައްތަ މުދާ އެތެރެކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް އާންމުކޮށް އެންމެ ގިނަ އިން މުދާ އިމްޕޯޓްކުރާ ފަސް ގައުމުގެ ތެރޭގައި ނުހިމެނޭ ގައުމެއް ކަމަށްވާ އަޔަލޭންޑް މި ފަހަރު ހިމެނިފައި ވަނީ 345 މިލިއަން ރުފިޔާގެ އެއަރކްރާފްޓެއް އެ ގައުމުން އިމްޕޯޓްކޮށްފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

ވޭތުވެދިޔަ މާރޗު މަހު އަގުގެ ގޮތުން ރާއްޖެއަށް އެންމެ ގިނަ އިން މުދާ އިމްޕޯޓްކުރި ގައުމުތަކަކީ ސިންގަޕޫރު 16 އިންސައްތަ، ޔޫއޭއީ 15 އިންސައްތަ، ޗައިނާ 12 އިންސައްތަ، އިންޑިއާ ނުވައެއް އިންސައްތަ އަދި އަޔަލޭންޑް ނުވައެއް އިންސައްތައެވެ. އެކްސްޕޯޓްކުރި ޤައުމުތަކަކީ ތައިލެންޑް 48 އިންސައްތަ، ޖާރުމަނުވިލާތް 10 އިންސައްތަ، ފަރަންސޭސިވިލާތް ނުވައެއް އިންސައްތަ، އެމެރިކާ އަށެއް އިންސައްތަ، އިނގިރޭސިވިލާތް ހައެއް އިންސައްތައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް