26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ދިރާގު

ދިރާގު ހައި-ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގައި 75 އިންސައްތަ އާބާދީ އަށް ފޯރުކޮށްދިނުން ފާހަގަކޮށްފި

  • ރާއްޖޭގައި އެންމެ ފުރަތަމަ އަލަށް މޮބައިލް ފޯނުގެ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތް ތައާރަފުކޮށްފައިވަނީ ދިރާގުން
ސިމާހާ ނަސީމް | sim_kamana

| 14 އޭޕުރިލް 2019 | އާދީއްތަ 23:52 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ދިރާގުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ރައީސް އޮފީސް

ދިރާގު ހައި-ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގައި 75 އިންސައްތަ އާބާދީ  އަށް ފޯރުކޮށްދިނުން ފާހަގަކޮށްފިއެވެ.

މި ރަސްމިއްޔާތު އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާފައިވާ އިރު ދިރާގު ހައި-ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ރާއްޖޭގައި 75 އިންސައްތަ އަށް ފޯރުކޮށްދިނުން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ އަލަށް މޮބައިލް ފޯނުގެ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތް ތައާރަފުކޮށްފައި ވަނީ ދިރާގުން ކަމަށާއި އޭގެ ފަހުން އިންޓަނެޓްގެ ފެންވަރު ވެސް ވަރަށް ބޮޑުތަން ރަނގަޅުވެގެންދިޔަ ކަމަށެވެ.

"ރާއްޖޭގެ އާބާދީގެ 75 އިންސައްތަ އާބާދީ އަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު އަކީ ވަރަށް ބޮޑު އަދި އުނދަގޫ މަސައްކަތެއް. ރާއްޖޭގެ 58 ރަށެއްގައި އަޅުގަނޑުމެން މިވަނީ ފައިބާ އޮޕްޓިކް ކޭބަލް ނެޓްވޯކު އަޅާފައި،" އޭގެ ކުރިން މަސައްކަތް ކުރީ އެންމެ 13 ރަށުގައި ކޭބަލް އަޅައިގެން. މިއީ ރާއްޖޭގެ މުވާސަލާތީ ތާރީހުގައި ވަރަށް ފާހަގަކޮށްލެވޭނެ ދުވަހެއް،" ރަޝީދު ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ހިދުމަތްތައް ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށާއި އެ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ފާގަތިކަމެއް ގެނެސްދިނުމަކީ ދިރާގުގެ އަމާޒުކަމަށް ރަޝީދު ވިދާޅުވިއެވެ.

ދިރާގުގެ އުންމީދަކީ ރާއްޖެ ޑިޖިޓަލް ރާއްޖެއަކަށް ހެދުންކަން ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ އާންމުންނަށް ބޭނުންވާ ހިދުމަތްތައް ހެޔޮ އަގުގައި ލިބިގެންދާނެ ކަމަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ފަހުގެ ޓެކްނޮލަޖީ ބޭނުންކޮށްގެން އިތުރު ރަށްތަކަށް ހައި ސްޕީޑު އިންޓަނެޓް ފޯރުކޮށްދިނުމަށް ކަމަށާއި ބަކީ ހުރި ރަށްރަށަށް ވެސް އިންޓަނެޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް