26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އިންޓަރ ސްކޫލް ހޭންޑްބޯލް

އިންޓަރ ސްކޫލް ހޭންޑްބޯލް: ވާދަވެރި މެޗުތަކާއެކު، ކާމިޔާބުކަމާއިއެކު ކުރިއަށް

  • އާދިއްތަ ދުވަހު ކުޅުނު މެޗުތައް، ޖަމާލުއްދިން ސްކޫލް، ކ.މާފުށި ސްކޫލް އަދި ތާޖުއްދިން ސްކޫލްއިން ކާމިޔާބުކޮށްފި
މިއުނާ ހަސަން | @miuna_hassan

| 14 އޭޕުރިލް 2019 | އާދީއްތަ 19:00 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


އިންޓަރ ސްކޫލް ހޭންބޯލް މުބާރާތުގެ ތެރެއިން -- ހޭންޑްބޯލް އެސޯސިއޭޝަން

އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގައި އާދިއްތަ ދުވަހު ކުޅުނު މެޗުތައް، ޖަމާލުއްދީން ސްކޫލް، ކ.މާފުށި ސްކޫލް އަދި ތާޖުއްދިން ސްކޫލްއިން ކާމިޔާބު ކޮށްފިއެވެ. 

ނެޝަނަލް ހޭންޑްބޯލް ގްރައުންޑްގައި މިހާރު ކުރިއަށްދާ ފަސްވަނަ އިންޓަރ ސްކޫލް ހޭންބޯލް މުބާރާތުގައި އާދިއްތަ ދުވަހު ކުޅުނު 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ފުރަތަމަ މެޗު ޖަމާލުއްދިން ކާމިޔާބު ކުރީ އިސްކަންދަރު ސްކޫލްއާއި ވާދަކޮށް 11-14 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލްގެ ޔައީޝް މުހައްމަދު ރަޝީދްއެވެ. 

16 އަހަރުން ދަށުގެ ފިރިހެންބައިގެ ދެވަނަ މެޗުގައި ކ. މާފުށި ސްކޫލްއާއި މަޖީދިއްޔާ ސްކޫލް ވާދަކުރިއިރު، 12-21 ގެ ތަފާތު ބޮޑު ނަތީޖާއަކުން މި މެޗު ކާމިޔާބުކުރީ ކ. މާފުށި ސްކޫލުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކ.މާފުށި ސްކޫލްގެ މުހައްމަދު އަޔާޝް އަޝްރަފްއެވެ. 

އާދިއްތަ ދުވަހު ކުޅުނު 16 އަހަރުން ދަށުގެ އަންހެންބައިގެ މެޗު އިސްކަންދަރު ސްކޫލްއާއި ވާދަކޮށް 01-12 ގެ ނަތީޖާއަކުން ތާޖުއްދީން ކާމިޔާބު ކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތާޖުއްދީން ސްކޫލްގެ ފާތިމަތު ޝަޔާން މުއަވިޔަތުއެވެ. 

މި މުބާރާތުގައި ހޮނިހިރު ދުވަހު ކުޅުނު 14 އަހަރުން ދަށުގެ އަންހެންބައިގެ މެޗުތައް ކާމިޔާބު ކޮށްފައި ވަނީ ޖަމާލުއްދީން ސްކޫލްއާއި، އަމީނިއްޔާ ސްކޫލްގެ އިތުރުން ކ.މާފުށި ސްކޫލުންނެވެ. 

14 އަހަރުން ދަށުގެ އަންހެންބައިގެ މެޗު ޖަމާލުއްދީން ކާމިޔާބުކުރީ، ހުރަވީ ސްކޫލްއާއި ވާދަކޮށް 03-21 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޖަމާލުއްދީން ސްކޫލްގެ ފާތިމަތް ލީމް ބިންތު ޔާސިރުއެވެ.

އަމީނިއްޔާ މެޗު ކާމިޔާބުކުރީ އިސްކަންދަރު ސްކޫލްއާއި ވާދަކޮށް 00-02 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މަރިޔަމް ލީން އަހުމަދެވެ. 

ކ.މާފުށި ސްކޫލްއާއި މަޖީދިއްޔާ ސްކޫލް ވާދަކުރި މެޗު 04-07 ގެ ނަތީޖާ އަކުން މާފުށި ސްކޫލް ކާމިޔާާބު ކުރިއިރު، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފުށި ސްކޫލްގެ އައިމިނަތު އާނާ އަބްދުލް އަޒީޒްއެވެ. 

އިންޓަރ ސްކޫލް ހޭންބޯލް މުބާރާތުގައި މިހާރު ކުރިއަށް ދަނީ 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތަކެވެ. މި މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައް ނިމިފައިވާއިރު، 12 އަހަރުން ދަށުގެ އަންހެންބައިންނާއި ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖަމާލުއްދީން ސްކޫލުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް