26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ލިކަމެކް ނައިޓް މާކެޓް

ލިކަމެކް ނައިޓް މާކެޓް މިމަހުގެ 17 އިން 26 އަށް ދަރުބާރުގޭގައި!

  • މިނައިޓް މާކެޓް އޮންނަނީ އޭޕްރީލް މަހުގެ 17 އިން 26ގެ ނިޔަލަށް
ރިޒުނާ ޒަރީރު | RiznaZareer

| 14 އޭޕުރިލް 2019 | އާދީއްތަ 17:22 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ލިކަމެކް ނައިޓް މާކެޓް -- ރާއްޖެއެމްވީ

ލިކަމެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ "ލިކަމެކް ނައިޓް މާކެޓް" މިމަހު ބާއްވަން ނިންމައިފިއެވެ. މި ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 17 އިން 26 ގެ ނިޔަލަށް ދަރުބާރު ގޭގައެވެ.

ދަރުބާރުގޭގެ ބޭރު އަދި ހުރިހާ ހޯލެއް ހިމެނޭ ގޮތަށް ބާއްވާ މިނައިޓް މާކެޓްގައި ހުރިހާ ސްޓޯލް އެއްކޮށް ވަނީ ވިކި ހުސްވެފައެވެ.

މިނައިޓް މާކެޓްގައި ވެސް ކެންޓީނެއްގެ އިތުރުން ވިޔަފާރިކުރާ ފަރާތްތަކަށް ހުރިހާ މުދަލެއް އެއް ފުރާޅެއްގެ ދަށުން ހެޔޮ އަގުގައި ގަންނަން ލިބޭނެ މަގު ފަހިވެގެން ދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ލިކަމެކް ނައިޓް މާކެޓް ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ އޭޕްރީލް 17 ވަނަ ދުވަހުގެ ހަވީރު 16:00 އިން އެރޭ 23:00 އަށެވެ. އަދި މިމަހުގެ 18 އިން 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 އަދި 26 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އިން އެރޭގެ އިރުއޮއްސި 18:00 އަށެވެ. މިދުވަސްތަކުގައި ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ރޭގަނޑު 20:00 އަށް ނައިޓް މާކެޓް އާމުންނަށް ބަންދުވާނެއެވެ.

ލިކަމެކް އިން އިންތިޒާމް ކޮށްގެން ބާއްވާ މިނައިޓް މާކެޓަކީ ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ ނައިޓް މާކެޓަށް ހެދުމަށް ގިނަ ގުނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން ދާ ކަމަށް ލިކަމެކް އިން ބުންޏެވެ. އަދި މިނައިޓް މާކެޓްގައި ބައިވެރިވެފައިވާ ފަރާތްތަކަށް ފަސޭހަ ވާނޭ ގޮތަށް ވަރަށް ގިނަ ކަންކަން އިންތިޒާމް ކުރެވިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއީ ދިވެހި ރާއްޖޭގައި މިފަދަ ބޮޑު އިންޑޯ މާކެޓެއް ބޭއްވޭ ފުރަތަމަ ފަހަރެވެ. މިމާކެޓް ގައި ބައިވެރިވެފައިވާ ފަރާތްތަކަށް ފާސް ދޫކުރެވެމުން ދާއިރު ސްޓޯލް ނަގާފައިވާ ފަރާތްތަކުން ދަނީ ވަރަށް ފުރިހަމައަށް މިމާކެޓަށް ތައްޔާރީތައް ވަމުންނެވެ.

މިނައިޓް މާކެޓަކީ ކުރިޔަށް އޮތް ރޯދަ މަހާއި ދިމާކޮށް ރާއްޖޭގެ ރައްޔިތުންނަށް އެއްތާކުން ވިޔަފާރިކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ރާވާ ހިންގާ އިވެންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Soozan

2 ހަފްތާކުރިން

Varah contact kurannundhagooo, meet kollan buniyas office gandu ves nuhulhuvaa.. zero customer service

0
0