26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީ 5 ރަށަކަށް

  • އިތުރު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ފަހުކޮޅު ހުޅުވާލާނެ
ރިޒުނާ ޒަރީރު | RiznaZareer

| 14 އޭޕުރިލް 2019 | އާދީއްތަ 17:07 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީ ހަދިޔާކުރުން -- ބީއެމްއެލް

ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން އިފްތިތާހު ކުރި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޕޯސަލް ހޮވައިފިއެވެ.

މި ގޮތުން ހޮވިފައިވަނީ ހާމިދު ރަޝީދު - ހދ. ނެއްލައިދޫގައި ކޮމިއުނިޓީ ފާކެއް ހެދުން

  • ނައިފަރު ޖުވެނައިލް - ޅ.ނައިފަރު ބަނދަރު ސަރަހައްދުގައި އާންމުން ބޭނުން ކުރުމަށް ހިޔާވާ ތަނެއް ހެދުން
  •  އިބްރާހިމް ފަރުޝާން - އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އދ. ދަގެތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ދަބަސް ފޯރުކޮށްދިނުން
  • ޓީއެފްއެމް ސްޕޯޓްސް ކްލަބް - މ.ދިއްގަރު ސްކޫލް ސަރަހައްދުގައި ބެލެނިވެރިންނާއި ސްކޫލްކުދިން ހިޔަލުގައި މަޑުކޮށްލެވޭނެ ސަރަހައްދެއް ގާއިމް ކުރުން
  • ނާޝިދު އާދަމް ނަސީރު - ދ. މާއެނބޫދޫ ސްކޫލްގައި ލައިބްރަރީއެއް ހަދައިދިނުން

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުނު އެންމެ ރަނގަޅު 5 ޕްރޮޕޯސަލް ހާމަކުރުމަށް އާދިއްތަ ދުވަހު ވަނީ އދ. ދަގެތީގައި ހަފްލާއެއް ބާއްވާފައެވެ.

މި ހަފްލާގައި އދ. ދަނގެތީގައި އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ޕްރޮޕޯސަލް ހުށަހެޅި އިބްރާހިމް ފަރުޝާން އަށް ރަމްޒީ ޓޯކެން އެއް ވަނީ ހަވާލު ކޮށްފައެވެ.

 ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުމުގެ ގޮތުން ފާއިތުވި އަހަރު ބީއެމްއެލް އިން ވަނީ 300 މިލިއަން ރުފިޔާ އިންވެސްޓް ކޮށްފައެވެ. އެގޮތުން މުޅި ރާއްޖެ ޝާމިލްވާ ގޮތަށް މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ހިންގުނު 110 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

މުޖުތަމައަށް އަމާޒުކޮށް ހިންގުމަށް ގަސްދުކުރާ ހަރަކާތްތައް، ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ފަހުކޮޅު ހުޅުވާލާނެއެވެ..

މި ގޮތުން ހުށަހަޅާ ޕްރޮޕޯސަލްއަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް ހިންގޭ ހަރަކާތްތަކަކަށް ވާންވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި އަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތެއް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް