26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ކްރިސްޓިއަން އެރިކްސަން

އެރިކްސަންގެ ސޮއި ހޯދަން ސޯލްޝެއާ ބޭނުންވޭ

  • އެރިކްސަންގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ
ލީވާން އަލީ | MrLeevaan

| 14 އޭޕުރިލް 2019 | އާދީއްތަ 10:04 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ކްރިސްޓިއަން އެރިކްސަން -- ގޯލް.ކޮމް

ޓޮޓެންހަމްއަށް ކުޅެމުން އަންނަ ޑެންމާކްގެ އެޓޭކިން މިޑްފިލްޑަރ ކްރިސްޓިއަން އެރިކްސަންގެ ސޮއި ހޯދަން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ މިރާއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެރިކްސަންގެ ސޮއި ހޯދުމަކީ ޔުނައިޓެޑުގެ ޓާގެޓެއް ކަމަށާއި، އެކަމަށް ބާރު އަޅަނީ ކޯޗު ސޯލްޝެއާ ކަމަށެވެ.

ޓޮޓެންހަމްއާއެކު އެރިކްސަން ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާއިރު، އޭނާ މި ސީޒަނަށްފަހު އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ.

ޔުނައިޓެޑުގެ އިތުރުން ބާސާ އާއި ރެއާލް މެޑްރިޑުން ފާރަލަމުން އަންނަ އުމުރުން 26 އަހަރުގެ އެރިކްސަން ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަޔަކްސް އިން 2009 ވަނަ އަހަރު ކެރިޔަރު ފެށި އެރިކްސަން ޓޮޓެންހަމް އަށް ބަދަލުވީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 266 މެޗުގައި 64 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޓޮޓެންހަމްއާ އެކު ލީގް ކަޕްގެ ދެވަނަ 2014 ވަނަ އަހަރުގެ ސީޒަނުގައި ހޯދި އެރިކްސަން ވަނީ ޓޮޓެންހަމްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.

މީގެ އިތުރުން ހަތަރު ފަހަރު ޑެންމާކްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އެރިކްސަން ވަނީ ގައުމީ ޓިމަށް ކުޅުނު 87 މެޗުގައި 26 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް