26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ސިއްހަތު

ލުނބޯއިން ހަށިގަނޑަށް ލިބޭ ފައިދާ

  • ނޭވާލާން އުދަނގޫ ތަކެއް ކުރިމަތިވާނަމަ ލުނބޯ ފަނި ބުއިމުން ފަސޭހަވޭ
އަލީ ސަމާޚް | AliSamah8

| 14 އޭޕުރިލް 2019 | އާދީއްތަ 02:39 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ލުނބޯ ފަނީގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭ -- ގޫގުލް

ލުނބޯ ފަންޏަކީ ހަށިގަނޑަށް ފައިދާ ހުރި އެންމެ މުހިއްމު ބުއިމުގެ ތެރެއިން އެއް ބުއިމެވެ. ހެނދުނު ހެނދުނާ ހާބަނޑާ ހުރެ ލުނބޯ ފަނިތައްޓެއް ބޯލުމުން ހަށިގަނޑަށް އެތައް ފައިދާތަކެއް ލިބެއެވެ. މީހާގެ ހަންގަނޑު ރީތިކޮށް ދިނުމުގެ އިތުރުން ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެއެވެ. ވިޓަމިން ސީގެ އިތުރުން އެހެނިހެން މާއްދާތައް ހިމޭނެ ލުނބޯ އަކީ ކެލޮރީ މަދު އަދި ހަކުރު މަދު ބުއިމެކެވެ. ކޮންމެ ދުވަހަކު ލުނބޯ ފެން ތައްޓެއް ބޯލުމުން ހަށިގަނޑަށް އޭގެ ސަބަބުން އެތައް ފައިދާ ތަކެއް ލިބޭއެވެ.

 1. ހަށިގަނޑު ހައިޑްރޭޓެ ކޮށްދޭ

ޑިހައިޑްރޭޝަން އަކީ އާއްމުކޮށް ހުރިހާ އުމުރުގެ މީހުންނަށް ދިމާވާ ކަމެކެވެ. ދުވާލެއްގެ މައްޗަށް އަންހެނަކު 2.7 ލީޓަރު ފެން ބޯން ޖެހޭއިރު ފިރިހެނަކު 3.7 ލީޓަރު ބޯން ޖެހޭއެވެ. އެއީ ފެނުގެ އިތުރުން އެހެން ދިޔާ ތަކެތި ހިމެނޭ ގޮތަށެވެ. އެ މިންވަރަށް ފެން ނުބޮވޭނަމަ ލުނބޯ ފެން ބުއިމުން ހަށިގަނޑަށް ދުވާލަކަށް ލިބެން ޖެހޭ ފެން ލިބެއެވެ. ލުނބޯ އަކީ އޭގެ ޒާތުގައި ''ވިޓަމިން ސީ''ގެ މާއްދާއިން މުއްސަނދި ވެފައިވާ މޭވާއެކެވެ. ލުނބޯއެއްގެ ދެބައި ކުޅަ އެއްބައި ފެން ޖޯޑެއް ބުއިމުން ދުވާލަކަށް ލިބެން ޖެހޭ ވިޓަމިން ސީ ލިބެއެވެ. ހިތުގެ ބަލިތަކުގެ އިތުރުން ސްޓްރޯކް ފަދަ ބަލިތަކުން މީހާ ދުރުކޮށްދެއެވެ.  

2. ހަންގަނޑު ރީތިކޮށްދޭ

ހަށިގަނޑުގައި ޕެކްޓިން ފައިބާރތައް ހުންނައިރު، ލުނބޯ ފެން ބުއިމުން ބަނޑުހައި ވުމާއި ފޮނި އެއްޗެހި ކެއުމުން ދުރުހެލި ކޮށްދެއެވެ. ހަންގަނޑު އޮމާން ކޮށް ރީތީ ކޮށްދެއެވެ. ވިޓަމިން ސީގެ ސަބަބުން ހަންގަނޑުގައި ރޫ ޖެހުމާއި ކުރަކިވުމާއި، އިރުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ދުރުކޮށްދެއެވެ. ހަށިގަނޑުގައި ހުންނަ ބޭކަރު އެއްޗެހި ދުއްވާލައި ހަށިގަނޑު ރީތި ކޮށްދޭއެވެ. ލުނބޯ ޖޫސް ބުއިމުގެ ސަބަބުން މީހާ ތާޒާކޮށްދެ އެވެ.

3. ހަޖަމް ކުރަން ފަސޭހަވޭ  

ބޭރަށް ހިނގާ ފަދަ ބަލިތަކަށް އެންމެ ރަނގަޅު ބުއިމަކީ ލުނބޯ ފެނެވެ. ހެނދުނު ގަޑީގައި ލުނބޯ ފެންތައްޓެއް ބޯލުމުން މީހާގެ އެތެރެހަށީގެ ނިޒާމަށް ލުއިތަކެއް ލިބޭއެވެ.  

4. ނޭވާލަން ފަސޭހަވޭ  

ނޭވާލާން އުދަނގޫ ތަކެއް ކުރިމަތިވާނަމަ ލުބޯ ޖޫސް ބޭނުން ކުރުމުން އެކަމަށް ހައްލެއް ލިބޭނެއެވެ. ނޭވާލުމުން ދުރުހެލިވާން ކޮންމެ ކެއުމަކަށް ފަހު ހޫނު ލުނބޯ ފެން ތައްޓެއް ބޯން ޖެހެއެވެ.

5. ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށްދޭ

ލުނބޯގައި ހިމެނޭ މައުދަނެއް ކަމަށްވާ ސެޓްރިކް އެސިޑްގެ ސަބަބުން ކިޑްނީ ގައި ހިލަ އުފެދުމުން ދުރުކޮށްދޭއެވެ. ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށް ދިނުމަށް ލުނބޯއަކީ އެންމެ ފައްކާ އެއްޗެވެ. ލުނބޯ އަކީ ހިމެނޭ ސެޓްރިކްގެ ސަބަބުން އުފެދޭ ކުދި ހިލަތައް ފުނޑުފުނޑު ކޮށްލައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް