26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޑިއެގޯ ގޮޑިން

ގޮޑިން އިންޓައަށް ސޮއިކުރުމާ ގާތަށް

  • ގޮޑިންގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ
ލީވާން އަލީ | MrLeevaan

| 13 އޭޕުރިލް 2019 | ހޮނިހިރު 18:15 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ޑިއެގޯ ގޮޑިން -- ގެޓީ އިމޭޖާސް

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ ޑިފެންޑަރ ޑިއެގޯ ގޮޑިން އިންޓަ މިލާނަށް ސޮއިކުރުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އީއެސްޕީއެންއިން ބުނީ ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް އިންޓައިން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ގޮޑިން ހިމެނޭ ކަމަށާއި، އެ ކްލަބުން އޭނާ ހޯދުމާ 90 އިންސައްތަ ކައިރިކޮށްފައިވާ ކަމަށެވެ.

އުމުރުން 33 އަހަރުގެ ގޮޑިން އެޓްލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާއިރު، އޭނާ ހޯދުމަށް އިންޓަގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި، އޭސީ މިލާން އަދި ޔުވަންޓަސްއިން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ގޮޑިންގެ އެއްބަސްވުން އާކުރަން އެޓްލެޓިކޯއިން ވެސް ވަނީ މަސައްކަތް ފަށާފައެވެ. ނަމަވެސް ބެލެވޭ ގޮތުގައި އޭނާ ކުރިޔަށް އޮތް ސީޒަނަށް އެހެން ކްލަބަކަށް ބަދަލުވާނެއެވެ.

މީގެ ކުރިން ވިޔަރެއާލްއަށް ވެސް ކުޅެފައިވާ ގޮޑިން އެޓްލެޓިކޯއަށް ބަދަލުވީ 2010 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 380 މެޗުގައި 26 ލަނޑު ކާމިޔާބުކޮށްފައެވެ.

ގޮޑިން ވަނީ އެޓްލެޓިކޯއާއެކު ލަލީގާ، ކޮޕާޑެލްރޭ، ޔުއެފާ ޔޫރޮޕާ ލީގު ދެފަހަރު، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ސުޕަކަޕް ތިންފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ދެ ފަހަރު ހޯދާފައެވެ.

އުރުގުއޭގެ ގައުމީ ޓީމަށް ކުޅުނު 126 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައިވާ ގޮޑިން ވަނީ އެޓީމާއެކު 2011 ވަނަ އަހަރު އޮތް ކޮޕަ އެމެރިކާވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް