26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އިންޑިއާގެ އާންމު އިންތިޚާބު

މޯދީގެ ގޮނޑިއަށް ވާދަކުރަން އޭނާއާ ވައްތަރު މީހަކު ނިކުމެއްޖެ!

  • ވާދަކުރަނީ އަމިއްލަ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން
  • ކުރިން ބީޖޭޕީގެ ކެމްޕެއިނުގައި ވެސް އުޅުއްވި
އަމަން ހަލީމް | soupized

| 13 އޭޕުރިލް 2019 | ހޮނިހިރު 18:03 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


މޯދީއާ ވައްތަރު ކަމަށް ބުނާ އަބީނަންދަން ޕަތަކް -- އޭ.އެން.އައި

މިހާރު ކުރިޔަށްދާ އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާދަކުރައްވާ އުއްތަރް ޕްރަދޭޝްގެ ވަރަނަސީ ދާއިރާއަށް އޭނާއާ ވައްތަރު މީހަކު ނިކުމެވަޑައިގެންފިއެވެ.

ކުރިން ބީޖޭޕީއަށް ކެމްޕެއިން ކޮށްދޭން އުޅުނު އަބީނަންދަން ޕަތަކް ނަމަކަށް ކިޔާ މީހާ އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމާފައިވާ އިރު، އޭނާ ބުނީ ހޮވިއްޖެ ނަމަ ބޮޑުވަޒީރުގެ މަގާމަށް ގެންނަން ތާއީދު ކުރާނީ ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީއަށް ކަމަށެވެ. މޯދީއާ ވައްތަރު ވުމުގެ އިތުރުން އޭނާއާ އެއްގޮތަކަށް ހެދުން އަޅާ އަބީނަންދަން ބުނީ އޭނާއަކީ "ޑަމީ" ކެނޑިޑޭޓެއް ނޫންކަމަށާއި ދެކޮޅީ ހަމައެކަނި މޯދީއާ ކަމަށެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އޭނާ ވަރަނާސީ ދާއިރާއަށް ވާދަކުރަން ފޯމް ހުށައަޅާނެ ކަމަށް އަބީނަންދަން ބުނެފައިވާ އިރު، ހުކުރު ދުވަހު އޭނާ ވަނީ މިނިވަން ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ލަކްނޯ އިން ވެސް ފޯމް ހުށައަޅާފައެވެ. 

މޯދީ ނިސްބަތްވެވަޑައިގަންނަވާ ބީޖޭޕީއާ އެކު ކޯލިޝަން ހަދާފައިވާ ރިޕަބްލިކަން ޕާޓީ އޮފް އިންޑިއާގައި ހަރަކާތްތެރިވެފައިވާ އަބީނަންދަން މޯދީއާ އެއްގޮތަށް ހެދެން އެޅުމުގެ އިތުރަށް، ވާހަކަދެއްކުމުގެ އުކުޅުތަކާއި ބަސްމަގު ވެސް ގެންގުޅެނީ އެއްގޮތަކަށެވެ. އަދި ވަރަށް ގިނަ ފަހަރު މަތިން އޭނާ ވަނީ މޯދީ ވެވަޑައިގެންނެވި ވައުދުތަކަށް ވެސް ހަޖޫ ޖަހާފައެވެ. އަދި ބީޖޭޕީ ދޫކޮށް ކޮންގްރެސްއަށް ދާން ޖެހުނީ ވެސް މޯދީ ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވަން ނުކުޅެދުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާގައި މިހާރު ކުރިޔަށްދާ އާންމު އިންތިހާބުގެ ވޯޓުލާން ފަށާފާވާއިރު، މޯދީ އާއި އަބީނަންދަން ވާދަކުރާ ވަރަނަސީގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ މޭ 19 ވަނަ ދުވަހުގައެވެ. ހަތް ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އިންތިހާބުގެ ވޯޓު ގުނަން ފަށަން ހަމަޖެހިފައިވަނީ މޭ 23 ވަނަ ދުވަހުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް