26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ބޮލީވުޑް

ސަންޖޭ އާއި މާދުރީ މިހާރު މަޝްވަރާ ކުރަނީ ދަރިންގެ ކަންތައްތަކާ!

  • މި ދެތަރިން ދެން އެންމެ އަވަހަށް ފެނިގެންދާނީ "ކަލަންކް" އިން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 13 އޭޕުރިލް 2019 | ހޮނިހިރު 16:38 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ސަންޖޭ ދަތް އާއި މާދުރީ ޑިކްސިޓް -- ހިންދުސްތާނީ ޓައިމްސް

ބޮލީވުޑް އެކްޓަރ މާދުރީ ޑިކްސިޓް އާއި ސަންޖޭދަތް އާއި ދެމެދު ކުރިން ލޯބީގެ ގުޅުމެއް އޮތް ކަމަށް ވަނީ އަޑުފެތުރިފައެވެ.

90 ގެ އަހަރު ތަކުގައި އޮން ސްކްރީން ކަޕުލް އެއްގެ ގޮތުގައި ފެނިގެންދިޔަ މި ދެތަރިން 25 އަހަރަށް ފަހު އެކުގައި ފެނިގެންދާނީ ކަރަން ޖޯހަރުގެ ފިލްމް "ކަލަންކް" އިންނެވެ.

މުމްބާއި މިރޯ އަށް ދިން އިންޓަވިއުގައި މާދުރީ ބުނެފައިވަނީ 25 އަހަރަށް ފަހު މި ދެތަރިން އެކުގައި މަސައްކަތް ކުރަމުންދާއިރު މި ދެތަރިން މިހާރު މަޝްވަރާ ކުރަނީ އެމީހުންގެ ދަރިންނާއި އެކުދިންގެ ތައުލީމާއި ގުޅޭގޮތުން ކަމަށެވެ.

"އަހަރުމެންނަށް ވަރަށް މަޖާ އެކަކު އަނެކަކާ ދިމާކުރަން.އަހަރުމެން ދެމީހުންގެ ވެސް ދަރިން އެބަތިބި އަދި އަހަރުމެން މިހާރު މަޝްވަރާ ކުރަނީ އެކުދިންގެ ކިޔެވުމާއި ގުޅޭގޮތުން." މާދުރީ ވަނީ ބުނެފައެވެ.

މާދުރީ ބުނެފައިވަނީ ސަންޖޫއާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

"ކަލަންކް" އަށް ސޮއިކޮށްފައިވަނީ ފިލްމްގެ ސްކްރިޕްޓް ނުކިޔާ ކަމަށާއި ސަބަބަކީ ކަރަން އަކީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށް މާދުރީ ވަނީ ބުނެފައެވެ.

"ކަލަންކް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ގައެވެ. މި ފިލްމްގައި މާދުރީ އާއި ސަންޖޭދަތްގެ އިތުރުން އާލިއާ ބަޓް، ވަރުން ދަވަން، ސޯނާކްޝީ ސިންހާ އަދި އަދިތްޔާ ރޯއީ ކަޕޫރު ފެނިގެންދާނެއެވެ.

މި ދެތަރިން އެކުގައި ވަނީ "ސާޖަން"، "ކަލްނާޔަކް" އަދި "ތަނޭދާރުން" އެކުގައި ފެނިގެން ގޮސްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް