26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ސިއްހީ ހާލަތު

ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!

  • މުވައްޒަފުން އިންތިހާއަށް މަދު
  • ހުންނަނީ އާންމު ބަލިތައް ބަލާ އެންމެ ޑޮކްޓަރެއް
  • ޖާގައިގެ ދަތިކަން ވަރަށް ބޮޑު
އަމްނާ އިމާދު | @amnabinthimad

| 13 އޭޕުރިލް 2019 | ހޮނިހިރު 15:58 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ތޮއްޑޫ ސިއްހީ މަރުކަޒު -- ޓްވިޓަރ

''ޚިދުމަތް ދޭން ނުކުރެންޏާ ގެއަށް ދޭ'' އެކަނިމާ އެކަނި ދަންވަރުގެ ވަގުތުގައި ޑިއުޓީގައި ހުރި ނަރުސް ކުއްޖާ ވާހަކަ ފެށިއެވެ. އެތައް އުދާސްތަކާއެކު އޭނާ ކިޔައިދީނީ ތިންހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އއ. ތޮއްޑޫ ސިއްހީ މަރުކަޒުގެ ހާލަތެވެ. ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުވި ނަމަވެސް ތަނުގެ ހާލަތަށް އެއްވެސް ބަދަލެއްނާދެއެވެ.

ދެހާސްސޯޅަ ވަނަ އަހަރުގެ ޑިސެންބަރު ފަސް ވަނަ ދުވަހު ގެނައި މިބަދަލާއެކު ރައްޔިތުން ތިބީ އުފަލުންނެވެ. ރަށަށްށާއި، ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްހީކޮށްގެންނެވެ. ނަމަވެސް މަރުކަޒުގައި މަސައްކަތް ކުރާ މުއައްޒަފުން ތިބީ ހިތް ނުތަނަވަސްވެ، ބިރުގަނެފައެވެ. އެންމެ ޑޮކްޓަރަކާއި، އަށް ނަރުހުންނާ އެކު ސިއްހީ މަރުކަޒުގައި ތިބީ އެންމެ 16 މުއައްޒަފުންނެވެ. ނަމަވެސް 16 ގަޑިއިރަށް ޚިދުމަތް ދިންއިރު އެ މަރުކަޒުގައި ތިބީ 29 މުއައްޒަފުންނެވެ. 24 ގަޑިއިރަށް ބަދަލުވުމާއެކު މުއައްޒަފުން ވެސް ވީ މަދެވެ.

އާންމު ބަލިތަކަށް އެންމެ ޑޮކްޓަރެއް ހުންނައިރު ތޮއްޑޫއަކީ 2،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ. ދަނޑުވެރިކަމުގެ އިތުރުން ގެސްޓްހައުސް އިންތިހާއަށްފުޅާ ވަމުން އަންނައިރު ބިދޭސީންނާއި، ރަށަށް އަރާފައިބާ މީހުން އިންތިހާއަށް ގިނައެވެ. އެމެޖެންސީ ހާލަތެއްގައި ވެސް ހުރީ ހަމަ މިއާންމު ބަލިތަކަށް ހުރި ޑޮކްޓަރު އެކަންޏެވެ. 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ސިއްހީ މަރުކަޒު ބަދަލުކޮށްލިއިރު، އެންމެ ޑޮކްޓަރަކަށް 24 ގަޑިއިރު ޚިދުމަތް ދޭނީ ކިހިނެތްތޯއެވެ. ދަންވަރުގެ ވަގުތު ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް އަންނަ ރައްޔިތުމީހާއަށް އެވަގުތު ޑޮކްޓަރަށް ނުދެއްކި ނަރުސް ކުއްޖާ އެޓެންޑްވެއްޖެ ނަމަ އަންނަނީ ރުޅިއެވެ.

ސިއްހީ މަރުކަޒުގައި އެންމެ ވޯޑެއް ހުރިއިރު، އެތާގައި ހުރީ އެންމެ 4 އެނދެވެ. އަންހެނަކު ވިހާގެން ވިޔަސް، ކުޑަކުއްޖަކު ބަލިވިޔަސް، މުސްކުޅި މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދޭން ބޭނުންވިޔަސް އެންމެ ތިބެނީ އެއްވޯޑެއްގައެވެ. ހަތަރު އެނދު ދަބަރުން ފޮޅެ ހަލާކުވެފައި ހުރި ނަމަވެސް އިތުރު އެނދެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. ރައްޔިތު މީހާ ޝަކުވާ ކުރިނަމަވެސް އެނޫން ގޮތެއް މިއަދު ނެތެވެ.

މީގެ އިތުރުން ތަނުގެ ޖާގަގައި ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ. ސިއްހީ މަރުކަޒުގައި ހުރީ ހަތަރު އެނދުގެ ވޯޑެއްގެ އިތުރުން ޑޮކްޓަރު ބަލާ ކުޑަ އެއްކޮޓަރި، ފެމެލީ ހެލްތް ސެކްޓަރއަށް އެއްކޮޓަރިއެވެ. އަދި އެއްލެބޯޓަރީއެވެ. އިދާރީ މުއައްޒަފުންނަށް ކެބިން އެއްހުރި ނަމަވެސް ނަރުސް ކުދިންނަށް ތިބުމަށް ޚާއްސަކޮށް ވަކި ކެބިންނެއް ނެތެވެ.

ސިއްހީ މަރުކަޒުގެ ހާލަތާ ބެހޭ ގޮތުން އޮފިޝަލް ވިދާޅުވީ ތަނުގެ ހާލަތު ރަނގަޅު ކުރުމަށް ހެލްތް މިނިސްޓްރީ އަދި ސަރުކާރުގެ ސަމާލު ކަމަށް ގެނެވުނު އަދަދު ބުނަން ވެސް ނޭނގޭ ކަމަށެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ސިޓީ މިނިސްޓްރީއަށް ސިޓީ ފޮނުވި ނަމަވެސް ޖަވާބު ވެސް ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

''ވެރިކަން ބަދަލުވިފަހުން މިނިސްޓްރީއަށް އެތަކެއްފަހަރު ދަންނަވައިފިން ސިޓީއިން. ޖަވާބުގައި މިބުނަނީ ބަޖެޓެއްނެތޭ.'' އޮފިޝަލް ވިދާޅުވިއެވެ.

މަސައްކަތް ކުރާ މުއައްޒަފުންގެ ޑިއުޓީއަށް އަލިއަޅުއްވާލައްވާ އޮފިޝަލް ވިދާޅުވީ ދެ ޑިއުޓީއަށް ބަހައިގެން މަސައްކަތް ކުރި ނަމަވެސް ގިނަ ނަރުހުން ދެ ޑިއުޓިގައި މަސައްކަތް ކުރާ ކަމަށެވެ. ރޭގަނޑު ވަގުތު އެންމެ ނަރުސް ކުއްޖެއް ޑިއުޓީގައި ހުންނަނީ އެއްވެސް ސެކިއުރިޓީ އެއް ނެތި ކަމަށް އޭނާ ވިދާޅުވިއެވެ. 24 ގަޑިއިރު ޚިދުމަތްދޭތަނަކަށް ބަދަލުކުރި ނަމަވެސް ރޭގަނޑު 11:00 އިން ހެނދުނު 8:00 އަށް ޑޮކްޓަރު ގެންނަނީ އެމެޖެންސީ ހާލަތެއް ކުރިމަތިވެއްޖެނަމަ ކަމަށެވެ.

''ބައެއް މީހުންނަށް ތަނުގެ ހާލަތެއް ނޭނގޭ. ދަންވަރު ހުންއައިސްގެން ބައެއް މީހުން އަންނާނެ. ބޭނުންވާނީ ޑޮކްޓަރަށް ދައްކަން. ނަރުސް ކުއްޖަކު އެޓެންޑްވެއްޖެއްޔާ ވަރަށް ރުޅި އަންނާނެ. ބޭނުންވާނީ ޑޮކްޓަރަށް ގުޅިގެން ޑޮކްޓަރު ގެންނަން. ވަރަށް ސިންޕަލް ކަންކަމުގަ'' އޮފިޝަލް ވިދާޅުވިއެވެ.

ސިއްހީ މަރުކަޒުގެ ހާލަތާ ބެހޭ ގޮތުން ކައުންސިލްގެ ރައީސް ހަދީޖާ ނިއުޝާ ވިދާޅުވީ މަރުކަޒުގެ ހާލަތު ބަދަލުކުރުމަށް ކައުންސިލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލު ކަމަށް ގެނެސް، ހެލްތް މިނިސްޓްރީގެ ބޭފުޅުންގެ ސަމާލު ކަމަށް މިމައްސަލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި އުންމީދު ކުރަނީ ސަރުކާރުގައި މިމައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ސިއްހީ މަރުކަޒު ހަދަން އެހެން ބިމެއް ސަރުކާރުންދީފައިވާކަން ފާހަގަކުރައްވައި ނިއުޝާ ވިދާޅުވީ 2016 ވަނަ ބިމެއް ދިން ނަމަވެސް ބަޖެޓްގައި ނުހިމަނާ ކަމަށެވެ.

''ބިމެއް ދައްކާފި. އެކަމަކު ކުރެވޭނެ މަސައްކަތެއް ނޯންނާނެ ތެދެއްތޯ. ބަޖެޓްގައި ހިމަނާފަ ކުރީގެ ސަރުކާރުން އެއްވެސް އެއްބާރުލުމެއް ނުދޭ" ނިއުޝާ ވިދާޅުވިއެވެ.

އއ.އަތޮޅުގައި އެންމެ އާބާދީ ބޮޑު ތޮއްޑޫގެ ސިއްހީ މަރުކަޒުގެ ހާލަތު އިންތިހާއަށް މިވަނީ ދަށްވެފައެވެ . މަރުކަޒަށް ވަންނައިރު މަރުހަބާ ކިޔަނީ މަރުކަޒުގެ ސީލިންގުގައި ދުވާ މީދާތަކެވެ. އޭގެ އުނދަގޫ ސިއްހީ ފަރުވާ ހޯދާ މީހުންނާއި، މުއައްޒަފުން ކޮންމެ ދުވަހަކު ވެސް އުފުލަންޖެހެއެވެ. އަދި މަރުކަޒުގެ ބޭނުން ކުރާ ވަޅު ފެނުން ދުވަނީފާވަހެވެ. ވޯޓާ ސަޕްލައި ފެން ހުރިނަމަވެސް އެފެން ދޫނުކުރަނީ ބިލް ބޮޑުވާތީ ކަމަށް އެތަނުގެ މުއައްޒަފުން ބުނެއެވެ.

އަތޮޅުގެ އެންމެ އާބާދީ ބޮޑު ކުރިއަރަމުން އަންނަ ތޮއްޑޫގެ ސިއްހީ މަރުކަޒުގެ ހާލަތު ރަނގަޅުވާން ޖެހެއެވެ. ޚިދުމަތް 24 ގަޑިއިރަށް ބަދަކުރުމުން ނުފުދެއެވެ. ވަސީލަތްތަކާއެކު އެކަށީގެންވާ ފަރުވާ ލިބެންޖެހެއެވެ. އާންމުންގެ އިތުބާރު ހިފޭ ގޮތަށް ސިއްހީ ދާއިރާގެ ކަންކަން ތަރުތީބުކުރަންޖެހެއެވެ. އެހެން ނޫނީ ކަންނުވެ ނަން ވުމުން ލިބޭނެ މޮޅެއް ނޯންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ިއިބްރާހީމް

2 ހަފްތާކުރިން

ސައްވީސް ގަޑިއިރަށް ބަދަލުވުމަކުން މުވައްޒަފުން އަދަދު މަދެއް ނުކުރާނެ. .

0
0
ފަޒޫ

2 ހަފްތާކުރިން

ދެންމިސަރުކާރުން ސާޅިސް އަށްގަޑި އިރުގެ ތަނަކަށް އެތަން ބަދަލުކޮށްލާ. އޭރުން އެހުރީ މިސަުކާރުންވެސް ތޮއްޑޫ ރައްޔިތުންނަށް ކަމެއް ކޮށްދެވިފައި.

0
0