26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ކްރައިސްޓްޗަރޗް ހަމަލާ

ޕާކިސްތާނުގެ މުސްލިމުން ކްރައިސްޓްޗަރޗްގެ މިސްކިތުގެ ބައްޓަމަށް އެއްވެއްޖެ

  • ހަމަލާގައި ބައިވެރިވެފައިވަނީ އެންމެ މީހެއް
އަބުދުﷲ މުހައްމަދު | 8Abbo

| 13 އޭޕުރިލް 2019 | ހޮނިހިރު 09:47 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ކްރައިސްޓްޗަރޗްގެ ދެ މިސްކިތެއްގައި ހަމަލާ ދީފައިވަނީ މާރޗް މަހުގެ 15 ވަނަ ދުވަހު ދުވަހު -- އަލްޖަޒީރާ

ނިއު ޒީލޭންޑްގެ ކްރައިސްޓްޗަރޗްގައި ބަޑިން ހަމަލާދީ 50 މީހުން މަރާލެވުނު އަލް ނޫރު މިސްކިތުގެ ބައްޓަމަށް ޕާކިސްތާނުގެ ޖަންގްގެ ރައްޔިތުންތަކެއް ހުދު ހެދުމުގައި އެއްވެއްޖެއެވެ.

ޕާކިސްތާނުގެ ސަގާފީ ހެދުމެއް ކަމަށްވާ ޝަލްވާރް ކަމީޒްގައި ތޮފި އަޅައިގެން އެއްވި މީހުން މިސްކިތުގެ ބައްޓަމަށް އެތުރިލައިގެން ތިބި އިރު ދެވަނަ ގްރޫޕެއް ވަނީ "އިސްލާމް އިޒް ޕީސް" ލިޔެވިފައިވާ ބައްޓަމަށް އެތުރިފައެވެ.

މީގެ އިތުރުން ޕާކިސްތާނާއި ނިއު ޒީލޭންޑްގެ ބޮޑު ދިދައެއް ގެންގުޅެފައިވާއިރު "ކްރައިސްޓްޗަރޗްގެ ޝަހީދުންނާ އެކުގައި" ކަމަށް ލިޔެފައިވެއެވެ.

މި ހަރަކާތް އިންތިޒާމް ކޮށްފައި ވަނީ އިސްލާމީ ދުނޔޭގައި ސުލްހަ އާއި ހަމަޖެހުން އިތުރުކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ މުސްލިމް އިންސްޓިޓިއުޓްއިންނެވެ.

މާރޗް މަހުގެ 15 ވަނަ ދުވަހު ދެ މިސްކިތެއްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައެވެ.

ހަމަލާދިންކަމުގެ ތުހުމަތުގައި އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ ބްރެންޓަން ޓަރަންޓް ނަމަކަށް ކިޔާ މީހަކު ހަމަލާދިން ސަރަހައްދުން ހައްޔަރުކުރުމަށް ފަހު މިހާރު ވަނީ މީހުން މެރުމުގެ ފަންސާސް ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް