26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ބޮލީވުޑް

ކަލަންކް: އާލިއާ އާއި ވަރުން އެކުގައި ފެނިގެންދާ ފަހު ފިލްމް؟

  • މި ދެތަރިން އެންމެ ފަހުން ކުޅެފައިވަނީ މި މަހުގެ 17 ގައި ރިލީޒް ކުރާ ފިލްމް "ކަލަންކް"
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 އޭޕުރިލް 2019 | ބުރާސްފަތި 21:52 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


އާލިއާ ބަޓް އާއި ވަރުން ދަވަން -- ގޫގުލް

ބޮލީވުޑް އެކްޓަރ ވަރުން ދަވަން އާއި އާލިއާ ބަޓް އެކުގައި ވަނީ ގިނަ ފިލްމްތަކަކުން ފެނިގެން ގޮސްފައެވެ.

މި ދެތަރިން އެންމެ ފަހުން ކުޅެފައިވަނީ މި މަހުގެ 17 ގައި ރިލީޒް ކުރާ ފިލްމް "ކަލަންކް" އެވެ.

ކަލަންކް އަކީ އާލިއާ އާއި ވަރުން އެކުގައި ފެނިގެންދާ އެންމެ ފަހު ފިލްމް ތޯ ކުރި ސުވާލަށް ޖަވާބުދެމުން ޑިއެންއޭއަށް ވަރުން ބުނެފައިވަނީ ދުވަސްކޮޅަކަށް އެދެމީހުން އެކުގައި ފިލްމެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ނެތް ކަމަށެވެ. އެއީ މިވަގުތު ދެމީހުންގެ ވެސް ގިނަ ފިލްމްތަކެއްގެ މަސައްކަތް ހުރުމުން ކަމަށެވެ.

އެގޮތުން އާލިއާ ގެ ކުރިއަށް ހުރި ފިލްމް ތަކުގެ ތެރޭގައި (ބްރަމާސްތްރާ،ޓްރިޕްލް އާރު، އަދި އިންޝާﷲ) ހިމެނެއެވެ. މީގެ އިތުރުން ވަރުން ހުރި ޕްރޮޖެކްޓް ތަކުގެ ތެރޭގައި ( ކޫލީ ނަމްބަރ1، ސްޓްރީޓް ޑާންސަރ، ރަންބޫމީ ހިމެނެއެވެ. މި ފިލްމްތަކުގެ މަސައްކަތް ނިންމުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ވަރުން ވަނީ ބުނެފައެވެ.

ވަރުން އާއި އާލިއާ ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ 2012 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް