26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ބޮލީވުޑް

ސަޅަކް 2 ގެ ޝޫޓިން އާލިއާ އަންނަ މަހު ފަށަނީ

  • މިއީ އާލިއާ އޭނާގެ ބައްޕަގެ ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފިލްމް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 އޭޕުރިލް 2019 | ބުރާސްފަތި 19:52 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ސަޅަކް 2 ގެ ތަރިން -- ހިންދުސްތާނީ ޓައިމްސް

ސަޅަކް 2 ގެ ޝޫޓިން އަންނަ މެއި މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބޮލީވުޑް އެކްޓަރ އާލިއާ ބަޓް ބުނެފިއެވެ.

 

އާލިއާގެ އަންނަން އޮތް ފިލްމް "ކަލަންކް"ގެ ޕްރޮމޯޝަންގައި އާލިއާ ބުނެފައިވަނީ "ސަޅަކް 2" ޝޫޓިން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

މި ފިލްމަކީ އާލިއާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓް ކުރާ ފިލްމެކެވެ. އަދި މިއީ އާލިއާ އޭނާގެ ބައްޕަގެ ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.

 

ސަޅަކް2" އަކީ 1991 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ސަޅަކް" ގެ ސީކުއެލް އެކެވެ. މި ފިލްމްގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ މަހޭޝް ބަޓްގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓް އާއި ސަންޖޭދަތް އެވެ.

"ސަޅަކް2" ގައި އާލިއާ އާއި އެކު ޕޫޖާ ވެސް ފެނިފެން ދާނެއެވެ. މީގެ އިތުރުން މި ފިލްމްގައި ސަންޖޭދަތާއި އަދިތްޔާ ރޯއީ ކަޕޫރު ފެނިގެންދާނެއެވެ.

 

އާލިއާ އަދި ޕޫޖާ މި ދެބެން އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ މާރޗް 25 ގައެވެ.

 

ޕޫޖާ ވަނީ 90 އަހަރުތަކުގެ ތެރޭގައި އޭނާގެ ބައްޕަގެ ގިނަ ފިލްމްތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި "ޑެޑީ"، ދިލް ހޭ ކި މާންތާ ނެހީން"، "ސަރ"،"ޒަޚަމް" އަދި "ސަޅަކް" ހިމެނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް