26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޕަޕަރާޒީ

ޕަޕަރާޒީންގެ ކިބައިން ހިމާޔަތް ނުލިބޭހާ ހިނދަކު، ޑަޔާނާ ފަދައިން އެހެން މީހަކު މަރުވަންދެން ތިބެންވީތަ: ސްކާލެޓް ޖޮހާންސަން

  • ތަރިންގެ ފޮޓޯއެއް ނެގުމަށް ޕަޕަރާޒީން ކޮންމެ ފަދަ ކަމެއް ކޮށްފާނެ، އެކަމަށް ގާނޫނީ ހުރަހެއް ނެތް
އައިޝަތު ޝާނީ | Shaaknee

| 10 އޭޕުރިލް 2019 | ބުދަ 21:53 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ސްކާލެޓް ޖޮހާންސަން، 'ލޭޓް ނައިޓް ވިތު ޖިމީ ކިމެލް'ގައި -- ގެޓީ އިމޭޖާސް

ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ސްކާލެޓް ޖޮހާންސަން ޕަޕަރާޒީންނާ ދެކޮޅަށް އަޑު އުފުލައިފިއެވެ.

ޕަޕަރާޒީންނަކީ މަޝްހޫރު ތަރިން ފޮލޯކޮށް، އެ މީހުންގެ ފޮޓޯ ނަގާ އުޅޭ ބައެކެވެ. ބައެއް ޕަޕަރާޒީންނަކީ ނޫސް މަޖައްލާތަކުގެ މުއައްޒަފުންނަށް ވާއިރު، އަނެއް ބައި މީހުންނަކީ ތަރިންގެ ފޮޓޯ ނެގުމަށް ފަހު އެފަދަ ފަރާތްތަކަށް ބޮޑެތި އަގުގައި ވިއްކާ ބައެކެވެ. އެހެންކަމުން، އެ ދެ ފަރާތްތައް ވެސް މި ކަންތައް ދެކެނީ ވަޒީފާއެއްގެ ގޮތުގައެވެ.

ނަމަވެސް، ޕަޕަރާޒީންގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާފައި ވެއެވެ. އެގޮތުން، އެންމެ ފާހަގަ ކޮށްލެވޭ އެފަދަ އެއް ހާދިސާއަކީ، ޕްރިންސަސް ޑަޔާނާ އަވަހާރަވި ހާދިސާ އެވެ. އެ ކަމަނާ އަވަހާރަވީ ކާރު އެކްސިޑެންޓެއްގަ އެވެ. ޑަޔާނާ ދަތުރު ކުރެއްވި ކާރު އެކްސިޑެންޓެވި އިރު، ޕަޕަރާޒީއެއް ދިޔައީ އެ ކަމަނާ ފޮލޯ ކުރަމުންނެވެ. 

މި ހާދިސާއަށް ފަހު ވެސް، ޕަޕާރާޒީންގެ ފަރާތުން ހިމާޔަތް ހޯދޭނެ ފަދަ ގަވާއިދެއް ހަދާފައެއް ނުވެއެވެ. ތަރިންގެ ތުއްތު ދަރިންނާއި އާއިލާގެ މެންބަރުންނާއި ގުޅުން އޮންނަ ފަރާތްތަކުގެ ފޮޓޯތައް ވެސް ނަގައި އާންމު ކުރަނީ އެވެ. ޖެނިފަރ ގާނަރ އާއި ހެލި ބެރީ އަދި ކްރިސްޓަން ބެލް ފަދަ ތަރިން ވަނީ ޕަޕަރާޒީންގެ ފަރާތުން ދަރިންނަށް ހިމާޔަތް ހޯދައިދިނުމަށް މީގެ ކުރިން މަސައްކަތް ކޮށްފައެވެ.

ޕަޕާރާޒީންގެ އުނދަގުލާ ގުޅޭ ގޮތުން އެންމެ ފަހުން ވާހަކަ ދައްކާފައި ވަނީ 'އެވެންޖަރސް' ފްރެންޗައިސްގެ ފިލްމްތަކުން ފެންނަ ސްކާލެޓް އެވެ. 'ލޭޓް ނައިޓް ވިތު ޖިމީ ކިމެލް' އަށް ދިން އިންޓަވިއުއަކަށް ފަހު، އަނބުރާ ގެއަށް ދިޔަ މަގުމަތީގައި، ބަޔަކު ފޮލޯ ކުރާތީ ބިރުން އޭނާ ވަނީ އެހީއަށް އެދި ފުލުހުންނަށް ގުޅާފައެވެ.

ސްކާލެޓް ކިޔައިދިން ގޮތުން، ކަޅު ބިއްލޫރި ޖަހާފައިވާ ފަސް ކާރު އޭނާ ފޮލޯ ކުރިއެވެ. އެ މީހުން ދިޔައީ ޓްރެފިކް ލައިޓްތަކަށް އަދި ދަތުރު ކުރަމުން ދިޔަ އެހެން މީހުންނަށް ބެލުމެއް ނެތިކަމަށް އޭނާ ބުންޏެވެ. އަދި އެއީ އޭނާ ލޮސް އެންޖެލެސްގައި ދިރިއުޅޭ ތަނެއް ބެލުމަށް ކަމަށާއި، ތަން އެނގުމުން ފަހުން "ސްޓޯކް" ކުރުމަށް ކަމަށް ވެސް ސްކާލެޓް ބުންޏެވެ. ސްކާލެޓް ދިރިއުޅެނީ ނިއު ޔޯކްގަ އެވެ.

"އެ މީހުން ބޭނުންވާ ފޮޓޯއެއް ނެގުމަށް، ޕަޕަރާޒީން ކޮންމެ ކަމެއް ވެސް ކޮށްފާނެ. ޕްރިންސަސް ޑަޔާނާ ނިޔާވުމަށް ފަހު ވެސް، ތަރިންނަށް ޕަޕަރާޒީންގެ ފަރާތުން ހިމާޔަތް ލިބޭނެ ފަދަ ގާނޫނެއް ހެދިފައެއް ނުވޭ،" އޭނާ ބުންޏެވެ.

މި ކަންކަމަކީ ގާނޫނީ ގޮތުން ހުއްދަ ކަމަކަށް ވި ނަމަވެސް، ސްކާލެޓް ފާހަގަ ކުރި ގޮތުގައި މި ކަންތައް ކުރާ ބައެއް މީހުންނަކީ ކުށުގެ ރިކޯޑް އޮތް ބައެކެވެ. އަދި އެ މީހުން ބޭނުންވާ ފޮޓޯތައް ނެގުމަށް ކުށަކަށް އަރައިގަތުމަށް ޖެހިލުން ވެސް ނުވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، ޕަޕަރާޒީންނަކީ "ކްރިމިނަލް ސްޓޯކާސް" ކަމަށާއި، އެ ކަންތައް ކުށަކަށް ނުހަދާ ނަމަ މީހަކަށް އަނިޔާވެ، ނުވަތަ ޑަޔާނާ ފަދައިން އަނެއްކާ އަނެކަކު މަރުވަންދެން މަޑުކޮށްގެން ތިބެންވީތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. 

ޕަޕަރާޒީން ފޮޓޯ ނަގަނީ ތަރިން ބޭރު ތެރޭ އުޅޭ އިރު އެކަންޏެއް ނޫނެވެ. ޒޫމް ލެންސް ބޭނުންކޮށްގެން، ގޭގައި އުޅޭ އިރު ވެސް އެ މީހުން ފޮޓޯ ނަގަން މަސައްކަތް ކުރެއެވެ. އަދި މި ފޮޓޯތައް ތަރިން އަމިއްލައަށް ސޯޝަލް މީޑިއާގައި ބޭނުން ކުރަން ބޭނުން ނަމަ، އެ މީހުން އަތުން ފޮޓޯ ގަންނަން ޖެހެ އެވެ. އެހެން ނޫނީ، ކޮޕީރައިޓްގެ ސަބަބުން ޖޫރިމަނާ ކުރެވޭނެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް