26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ސިންގަޕޯ އެއާލައިން

ބޮަމުގެ އިންޒާރަކާ ގުޅިގެން ސިންގަޕޯ އެއަރލައިންގެ ފްލައިޓެއް އަސްކަރީ ޖެޓްތަކަކުން އެސްކޯޓްކޮށްދީފި

  • ބޮމުގެ އިންޒާރު ލިބުނީ މުމްބާއީން ފުރިތަނުން
އަބުދުﷲ މުހައްމަދު | 8Abbo

| 26 މާރޗް 2019 | އަންގާރަ 19:11 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


މުމްބާއީން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި މި ފްލައިޓްގައި 263 މީހުން ދަތުރުކުރި -- އެންޑީޓީވީ

މުމްބާއީން ފުރައިގެން 263 ފަސިންޖަރުންނާ އެކު ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯ އެއަރލައިންސްގެ ފްލައިޓަކަށް އަންގާރަ ދުވަހު ދިން ބޮމުގެ ހަމަލާގެ އިންޒާރަކާ އެކު ސިންގަޕޯ އެއަރފޯސްގެ އެފް 16 ގެ ދެ ބޯޓަކުން އެ ފްލައިޓް އެސްކޯޓްކޮށްދީފިއެވެ.

ސިންގަޕޯ އެއަލައިންސްއިން ބުނީ ސިންގަޕޫރުގެ ޗަންގީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހެނދު 5 ޖަހާކަންހާއިރު ރައްކާތެރިކަމާ އެކު ބޯޓް ޖައްސާފައިވާ ކަމަށެވެ.

"މުމްބާއީއިން ފުރައިގެން ސިންގަޕޯރއަށް ދަތުރުކުރި ސިންގަޕޯރ އެއަރލައިންސްގެ ފްލައިޓް އެސްކިއު423އަށް ބޮމުގެ ހަމަލާއެއްގެ ބިރުވެރިކަން ކުރިމަތިވިކަން ކަށަވަރުކޮށްދެން. ނޯޓް ސިންގަޕޫރަށް އައިސްފައިވަނީ މާރިޗް 2019،26 ގައި 0800 ހާއިރު"

"ބޯޓުގައި 263 ފަސިންޖަރުން ތިބި. އަޅުގަނޑުމެން މިދަނީ އިދާރާތަކުން ކުރިޔަށް ގެންދާ ތަހުގީގަށް އެއްބާރުލުން ދެމުން. އިތުރު މައުލޫމާތު މިވަގުތު ދެވެން ނެތީތީ ހިތާމަކުރަން" އެއަރލައިނުން ނެރެފައިވާ ބަޔާނުގައި ވެއެވެ.

ސިންގަޕޯ އެއަރފޯސްގެ ދެ ޖެޓަކުން ވަނީ ބޯޓް ޗަންގީ އެއަރޕޯޓްުގައި ޖެއްސުމާ ހަމައަށް އެސްކޯޓްކޮށްދީފައެވެ.

އެއަރލައިނުން ބުނެފައި ވަނީ އަންހެނަކާ ކުޑަކުއްޖަކު ފިޔަވައި އެހެން ފަސިންޖަރުން ގޮސްފައިވާ ކަމަށެވެ.

 އެ ދެ މީހުން މަޑުކުރުވާފައި ވަނީ ފުލުހުން ކުރަމުންދާ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެއަރލައިނަށް ކޯލް އައިސްފައި ވަނީ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރު މުމްބާއިގެ އެއަރޕޯޓުން ބޯޓް ނައްޓާލިތަނުންނެވެ. ކޯލް ކުރި ފަރާތުންވަނީ ބޯޓުގައި ބޮމެއް އޮންނާނެ ކަމަށް ބުނެފައެވެ.

ފްލައިޓް އެވެއަރ ވެބްސައިޓްގައިވާ ގޮތުން  ބޯއިންގ 777-300 އީއާރް މުމްބާއީގެ ޗަތްރަޕަތީ ޝިވާޖީ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާފައި ވަނީ އިންޑިއާގެ ގަޑިން ރޭގަނޑު 11:36 ގައެވެ.

ބޯޓް ސިންގަޕޫރުގައި ޖައްސާފައި ވަނީ ޝެޑިއުލް ކުރެވިފައި އޮތް ގަޑިއަށް ވުރެ 31 މިިނިޓް ފަހުން ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް