26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ޖިމް

އަމީނީ ސަންދަރެސް ހުޅުވައިފި

 • މި ޖިމުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ
 • ޖިމަށް ވަނުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭ
 • މާލޭގެ 4 ސަރަހައްދެއްގައި މިފަދަ ޖިމްތައް ހުޅުވުމަށް ހަމަޖެހިފައިވޭ
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 26 މާރޗް 2019 | އަންގާރަ 19:05 | |

މަގުބޫލް

 1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
 6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


އަމީނީ ސަންދަރެސް ޖިމް -- އާކައިވް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ދަށުން ހުޅުވުމަށް ހަމަޖެހިފައިވާ "އަމީނީ ސަންދަރެސް" ޖިމް ހުޅުވައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު އަމީނީ ސަންދަރެސް ޖިމް އާންމު ބޭނުމަށް ހުޅުވާފައިވާއިރު މި ޖިމްގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ވަނީ ބުނެފައެވެ.

24 ގަޑިއިރު ޚިދުމަތް ލިބޭ މި ޖިމުން މިފަދަ އެހެން ޖިމްތަކުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކެއްވެސް ލިބޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

އަމީނީ ސަންދަރެސް އާންމު ބޭނުމަށް ހުޅުވާލާފައިވާއިރު، މާލޭގެ އެކިއެކި ސަރަހައްދު ތަކުގައި މިފަދަ އިތުރު ޖިމްތަކެއް ހުޅުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގަލޮޅު ސިޓީ ޕާކާއި، މަޖީދީމަގު ބޮނޑިބަތް ޕާކާއި، ސިނަމާލެ ބްރިޖު ސަރަހައްދުގެ އިތުރުން ކުރީގެ ވެސްޓްޕާކް ސަރަހައްދުގައިވެސް ޖިމް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުން ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއް ކަމަށްވާއިރު އާންމު ރައްޔިތުންނަށް މިފަދަ ޚިދުމަތެއް ހިލޭ ފޯރު ކޮށްދެވިގެން ދިއުމަކީ އެތައް ބަޔަކަށް އެކަމުގެ ފައިދާ ކުރާނެ ކަމެއްކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

އަދި މާލޭގައި ގިނަ ޖިމްތަކެއް ހުރި ނަމަވެސް ކޮންމެ ކޮންމެ މީހަކަށް ބޮޑުއަގެއް ދީގެން އެފަދަ ޖިމްތަކަށް ދިއުމަކީ އުނދަގޫ ކަމަކަށްވުމުން ރައްޔިތުންނަށް ހިލޭ މިފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމަށް ދެކޭކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އަމީނީ ސަންދަރެސް ޖިމް ހުޅުވައިދެއްވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް