26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރައްޔިތުންގެ މަޖިލިސް 2019

ކޮންމެ އިންތިހާބަކަށް އަޅާ ބުދު ފައްޅި! ދުވަހަކު ފެންނާކަށް ނުހުރޭ!

  • ކޮންމެ އިންތިހާބެއްގައި ވެސް އެމްޑީޕީއާ ދެކޮޅަށް އެންމެ ބޮޑަށް ހަތިޔާރަކަށް ބޭނުންކުރަނީ ދީން
  • އެމްޑީޕީގެ ސަރުކާރު ބަދަލުކުރަން ބަޔަކު ނުކުތީ ވެސް ދީނާ ގައުމަށްޓަކައޭ ބުނެ
އަލީ ޔޫސުފް | AliYooosuf

| 26 މާރޗް 2019 | އަންގާރަ 19:02 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ސިއްރު ފެންފުށީގައި ހަދާފައިވާ ކޮރަލޭރިއަމް -- އާކައިވް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަކީ އިސްލާމް ދީނާ ދުރު ފިކުރެއްގެ ބައެއް ކަމަށް ބުނަން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ އެމްޑީޕީ ވުޖޫދަށް އައި އިރު ވެސް އެ ޕާޓީގެ ބޮލުގައި އެ ބަދުނާމު އޮތީ އަޅުވާފައެވެ. ހާއްސަކޮށް ގިނަ ޕާޓީތައް ވާދަކުރި ފުރަތަމަ އިންތިޚާބު ކަމަށްވާ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދޮންކުރަމުން ދިޔައިރު އެމްޑީޕީ އާއި އެ ޕާޓީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް ދެއްކުމަށް އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ގެންދެވީ ކެނޑިނޭޅި މަސައްކަތްކުރައްވަމުންނެވެ. އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން އޭރު ވެސް ދިޔައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އެ ވާހަކަތައް ގަބޫލުކުރާނެ މާގިނަ ބަޔަކު އޭރު ވެސް ނެތެވެ.

އާ ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީއަކީ ލާދީނީ ބައެއް ކަމަށް ދެއްކުމަށް އޭރު އޮތް ސަރުކާރުން މަސައްކަތް ކުރިއެވެ. އެމްޑީޕީ ވެރިކަމަށް އަތުވެއްޖެ ނަމަ ރާއްޖޭގައި އިސްލާމް ދީން ނޫން ދީންތަކަށް ޖާގަ ހުޅުވިގެންދާނެ ކަމަށް ބުންޏެވެ. ރަށްރަށުގައި ފައްޅިތައް އެޅިގެންދާނެ ކަމަށް ބުންޏެވެ. ބުދު ބަހައްޓައި އެއް ޖިންސުން ކައިވެނިކުރުން ފަދަ ކަންކަމަށް މަގުފަހިވާނެ ކަމަށް ވެސް އެއް ބަޔަކު ދިޔައީ ބުނަމުންނެވެ. ނަމަވެސް އެ ވާހަކަތައް ގަބޫލުނުކޮށް 2008 ވަނަ އަހަރު ރާއްޖޭގެ ގިނަ ރައްޔިތުން ނިންމީ އެމްޑީޕީ އަށް ވޯޓު ދިނުމަށެވެ.

އެފަހަރު އިންތިހާބު ނިމުނު ނަމަވެސް އެމްޑީޕީ އަށް އަމާޒުކޮށް އެ ވާހަކަތައް ކެނޑި ނޭޅި ދައްކަމުން ދިޔައެވެ. ރާއްޖޭގެ ބިން އެހެން ބަޔަކަށް ވިއްކާލީ ކަމަށް ބުނެ ގައުމިއްޔަތުގައި ވެސް ހައްދު ފަހަޅައަޅައި ދިޔަ އެވެ.  ނަތީޖާއަކަށްވީ އެ ވާހަކަތަކުގެ އަވާގައި ޖެހި ގައުމީ ސަލާމަތުގެ ބާރުތައް ކަމަށްވާ ފުލުހުންނާއި ސިފައިންގެ ތެރެއިން މަދު ބަޔަކު ހިންގި ހަޑިމުޑުދާރު އަމަލެއްގެ ތެރޭގައި ތިން އަހަރުވީ އެމްޑީޕީގެ ސަރުކާރު ބަދަލުކުރުމެވެ.

އޭގެ ފަހުން 2009 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދި 2013 ވަނަ އަހަރުގެ އިންތިހާބުގައި ވެސް އެމްޑީޕީއާ ދެކޮޅަށް ބޭނުންކުރި މައި ހަތިޔާރަކީ އިސްލާމް ދީނާއި ގައުމިއްޔަތުގެ ހައްދުފަހަނަ އަޅާފައިވާ ވާހަކަތަކެވެ. ނަމަވެސް ދީނާއި ގައުމަށްޓަކައި 2013 ވަނަ އަހަރު ވެރިކަމަށް އައި މީހުންގެ ފަރާތުން ވެސް ދީނާ ހިލާފު އެތައް ޝިޔާރުތަކެއް ފެނިގެން ދިޔައެވެ. ވެރިކަން ކުރި ކޯލީޝަންގެ ތެރެއިން އަދާލަތު ޕާޓީ ވަކިވެ އިދިކޮޅާ ގުޅުމުން ވެސް އެކަމަށް ހެކި ދެއެވެ.

އަނެއްކާ ވެސް މި ވަނީ ބޮޑު އިންތިހާބެއް ކުރިމަތިވެފައެވެ. ދެ ހަފްތާއެއްހާ ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިމަތިވެފައިވާ އިރު މި ފަހަރު ވެސް އެމްޑީޕީއާ ދެކޮޅަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ދީނާ ގުޅޭ ވާހަކަތަކެވެ. އިދިކޮޅު ބައެއް ފަރާތްތަކުން ވެސް އަދި ސަރުކާރުގައި ބައިވެރިވެގެން އޮތް ބައެއް އެހެން ފަރާތްތަކުން ވެސް ގެންގުޅެނީ ހަމަ އެއްކަހަލަ ބުދު ފައްޅީގެ ވާހަކަ އެވެ. އޭގެ ތެރެއިން ވެސް އަރައިހުންނެވީ އެމްޑީޕީއާ ބައިވެގެން މި ސަރުކާރު އެކުލަވާލި ބައިވެރިއެއް ކަމަށްވާ ޖުމްހޫރީ ޕާޓީ އެވެ. 

ދާދި ފަހުން ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ވެސް އެފަދަ ވީޑިއޯއެއް ވަނީ ލީކުވެފައެވެ. އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރާއްޖޭގައި ބުދު ފައްޅި އަޅާނެ ކަމަށް ޖޭޕީގެ ލީޑަރު ވިދާޅުވެއެވެ. މިއީ އާ ވާހަކައެއް ނޫނެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ރާއްޖޭގައި އެބުނާ ފައްޅިއެއް އަޅާ ވާހަކަ ދައްކަ އެވެ. ނަމަވެސް ފެންނާކަށް ނުހުރެއެވެ. އެމްޑީޕީ އުފެދުނުތާ 13 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. 

ދީނީ ކާޑު ކުޅެގެން ކުރި ލިބުނު ޒަމާން ފަހަނަ އަޅައިފިއެވެ. ދިވެހިން އެއަށް ވުރެ މާބޮޑަށް ހޭލުންތެރިވެއްޖެއެވެ. މައުލޫމާތުގެ ގޮތުން ދިވެހިން މުއްސަންޖެވެ. އިންތިހާބު ކާމިޔާބުކުރަން އުޅޭ ފަރާތްތަކަށް އަދި ވެރިކަން ކުރަން އުޅޭ  ފަރާތްތަކަށް ރާއްޖޭގެ ގާނޫނުއަސާސީގައި ލިޔެފައި އޮތް އެއްޗެއް ވަރަށް ސާފުކޮށް އެނގެއެވެ. މި ދިވެހި ފަސްގަނޑަށް ނިސްބަތްވާ ދިވެއްސަކަށް ވުމުގެ ފުރަތަމަ ޝަރުތަކީ މުސްލިމަކު ކަމުގައިވުމެވެ.  ދުވަހަކު ސަޖިދަ އަށް ތިރިނުވިއެއްކަމަކު އިސްލާމް ދީނޭ ބުނާ އިރަށް ފުންމައިގަންނަން ދިވެހިން ތައްޔާރަށް ތިބޭނެކަން އެއްވެސް ކެންޑިޑޭޓަކަށް ވެސް އޮޅިފައެއް ނެތެވެ. އެހެންކަމުން އިސްލާމް ދީނަށް ހުތުރުވާ ގޮތަށް ނުވަތަ މި ގައުމުގައި ފައްޅި އަޅަން ކެރޭނެ ދިވެއްސެއް، މެންބަރެއް، ޕާޓީއެއް އަދި ސަރުކާރެއް ވެސް ނެތެވެ. ނަމަވެސް ކޮންމެ އިންތިހާބަކާ ދިމާކޮށް ތިޔަ އަޅާ ފައްޅިތަކުގެ އަވާގައި ޖެހޭނެ ބަޔަކު ވެސް މި ގައުމުގައި މިހާރަކު ނެތެވެ. ދެރަކަމަކީ ދީނާއި ގައުމަށްޓަކައޭ ބުނެ އެ ވާހަކަ އެންމެ ގިނައިން ދައްކައި އުޅޭ މީހުންގެ ހާލު ބޮޑު ކަމެވެ.

އެގޮތަށް އެ ދައްކާ ވާހަކަތަކަކީ ސިޔާސީ ގޮތުން، އެމްޑީޕީގެ އަގު ވައްޓާލުމަށް ބޭނުންކުރާ ހަތިޔާރެއްކަން ރައްޔިތުން ގަބޫލުކުރާކަން ކަށަވަރު ވަނީ، އަދިވެސް އެންމެ މަގުބޫލް ޕާޓީއަކީ އަދި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ، އަދި ވެރިކަމަށް ދެ ފަހަރު އިންތިޚާބުވި ޕާޓީއަކީ އެ ޕާޓީކަމަށް ވުމެވެ. އިންތިޚާބު ކާމިޔާބު ކުރަން އާ ލަވައެއް ވެސް އެ މީހުންނަށް ދަހެއް ނުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަޖަމް

4 ހަފްތާކުރިން

އެމް ޑީ ޕީ ގެ ފިކުރަކީ ހަމަ ލާދީނީ ފިކުރު.

4
2
Mohamed

4 ހަފްތާކުރިން

Thibunaa falhi neylhenee dheenah loabikuraa ethahbaehge buramasah kathun nasheed beynunvaa gothakah dhoo kohlinama migaumuga otheehee ethahdeenthakeh

3
2
Tedhu

4 ހަފްތާކުރިން

Konme ehcheh konmeeehaku kiyas MDP ge nivaluga Islam dheenaa dhekolhu meehun ebathibi baivaru raaboa meehun ved

4
1