24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ބޯހިޔާވަހިކަން

ސަރުކާރުން މަސައްކަތް ކުރަނީ އެންމެންނަށް ފްލެޓް ގަނެވޭނެ މާކެޓެއް ގެނައުމަށް: މިނިސްޓަރު އަސްލަމް

  • ހަމަހަމަ އުސޫލުތަކެއް އޮންނަން ޖެހޭ
  • ފްލެޓްތަކުގެ އަގު ތިރިކުރާނަން
އަމްނާ އިމާދު | @amnabinthimad

| 16 މާރޗް 2019 | ހޮނިހިރު 11:15 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް -- ފޮޓޯ: ރާއްޖެ އެމްވީ

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދުނުމަށް ސަރުކާރުން މަސައްކަތް ކުރާނީ އަތްފޯރާ އަގުގައި، ބާޒާރުން ފްލެޓް ގަންނަން ލިބޭ މާކެޓެއް ގެނައުމަށް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ހުކުރު ދުވަހުގެރޭ ބޭއްވި ''އެޖެންޑާ 19'' ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ކަންކަމުގައި ހަމަހަމަ އުސޫލުތަކެއް އޮންނަން ޖެހޭ ކަމަށާއި، ބޯހިޔާވަހިކަން ހޯދުމަށް ސަރުކާރު އޮފީހެއްގައި ކިޔުޖެހެން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މިސަގާފަތް ރާއްޖެއިން ނައްތާލަން ޖެހޭ ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އާއިލާއެއް އުފެދުމުން ސަރުކާރުން އެ މީހާ ދިރިއުޅޭ ގޯއްޗެއް ދިނުމީ ބޯދާ ޒަމާނުއްސުރެއް އޮންނަ އުސޫލު ކަމަށާއި، ނަމަވެސް މާލޭގައި މި ފުރުސަތު ނެތް ކަމަށެވެ. އެހެންކަމުން ފްލެޓް ގަންނަން މަޖޫބޫރުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފްލެޓް ގަންނަން ލިބޭ އަގު އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ފްލެޓް ގަންނަން ބޭނުންވާ އެތައް ބަޔަކު ބޭނުންވާއިރު، ފްލެޓްތައް ހުރީ ގިނަ މީހުންނަށް ގަނެވޭ އަގެއްގައި ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހެން ދިމާވާ ވަރަށް ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ.

"އެއްކަމަކަށް އެއްކަލަ ބަންޑާރަބިން ދިވެހިރައްޔިތުން ދިރިއުޅުމަށްޓަކައި ފްލެޓް އިމާރާތް ކުރުމަށް ދައުލަތުން ހިއްކާފަ އޮތް ބިން އަގެއްދީފަ ގަނެފަ ޑިވަލޮޕްކުރާ މީހާ އެކަން ކުރަންޖެހޭ. އެއީ އެއްސަބަބު. އަނެއް ސަބަބަކީ ބަންޑާރަ ބިން އެގޮތަށް ދޫކުރާ ދޫކުރުން ގޮސް ސަރުކާރުން އެއްވެސް ކަހަލަ ކޮންޓްރޯލްތަކެއް ނުގެންގުޅޭތީ ޑިވަލޮޕްކުރާ މީހުން ބޭނުން އަގެއްގަ ވިއްކާލަންވީ،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވަނީ ހަމައެކަނި ނިކަމެތިން ނޫން ކަމަށާއި، މުއްސަންދިން ވެސް ފްލެޓް ބޭނުންވާ ކަމަށެވެ. އަދި މިހާރު ހުރި އަގުގައި ފްލެޓް ގަނެވެނީ ހަމައެކަނި މުއްސަންދިންނަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ ނިކަމެތިންނާއި، މެދުފަންތީގެ މީހުންނަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށާއި، އެ ފަރާތްތަކަށް ފްލެޓް ގަނެވޭ އަގަށް ތިރިކުރަންޖެހޭ ކަމަށެވެ. 

"ކުންފުންޏެއް ހެދުމުގެ ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ އެއަގު ކޮންޓްރޯލްކޮށްފައި ތިރިކޮށްފައި ގެނައުން. ބާޒާރުން އެފްލެޓް ގަންނަން ޖެހޭނީ. ސަރުކާރުން ކޮށްދޭންޖެހޭނީ ބާޒާރު ރައްޔިތު އެންމެންނަށް އެކި ގިންތީގެ މީހުންނަށް އެބަޔަކަށް އެގަނެވޭ އަގަކަށް ހިފަހައްޓަންޖެހޭ ގާނޫނު އޮނިގަނޑު ގެނެސްދިނުން އަދި އެކަމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް ލޯނު ނެގުމަށް ބޭންކަށް ދިޔާމަ ވެސް ބޭންކް އިންޓަރެސްޓް ރޭޓް ވެސް އެމީހާއަށް އެދެއްކޭވަރެއްގަ އިންޓަރެސްޓް ރޭޓް ކުޑަކޮށްދިނުން،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންކުރާ އުސޫލަކީ މިއީ ކަމަށާއި، އެޖެންޑާ19 ގެ ތެރެއިން ފެންނަނީ މުޅިން ވެސް ގާނޫނީ އޮނިގަނޑެއް ކަމަށެވެ. އަދި މިގާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް