24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:19
މަޣްރިބް 18:18
އިޝާ 19:29

މުހަންމަދު ޒާހިރު

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބުރެވިމާގޭ ޒާހިރު އަވާހަރަވެއްޖެ

  • އެމަނިކުފާނު އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައި
  • މުޙައްމަދު ޒާހިރު މެދުނުކެނޑި 63 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ ޚިދުމަތް ކުރެއްވި
ސިމާހާ ނަސީމް | sim_kamana

| 16 މާރޗް 2019 | ހޮނިހިރު 09:41 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


މުހަންމަދު ޒާހިރު - އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރު -- ރައީސް އޮފީސް

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ހ. ބުރެވިމާގޭ މުހައްމަދު ޒާހިރު އަވާހަރަވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައެވެ. އެމަނިކުފާނު އަވާހަރަވިއިރު, އަނބިކަނބަލަކާއި ހަތަރު ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

އާއިލާގެ ފަރާތުން އެނާގެ ދަރިކަލަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ އެމަނިކުފާނު އަވަހާރަވީ ހުކުރު ދުވަހުގެ ރޭ 11:30 ހާއިރު، އައިޖީއެމް ހޮސްޕިޓަލުގައި ކަމަށެވެ. އެމަނިކުފާނު ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި ވަނީ ކުއްލި އާލާސްކަންފުޅަކާ ގުޅިގެން ބުރާސްފަތި ދުވަހުއެވެ.  

މުޙައްމަދު ޒާހިރު މެދުނުކެނޑި 63 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ ޚިދްމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނަކީ ސަރުކާރުގެ ވަރަށް އިސްމަ ގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މަޙްކަމަތުއް ދާޚިލިއްޔާގެ ކާތިބުކަމާ އެކު 5 އޯގަސްޓް 1942 ގައި ސަރުކާރުގެ ޚިދްމަތާ ގުޅިވަޑައިގެން، މުޙައްމަދު ޒާހިރު ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި، ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީ ކަމާއި، ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީ ކަމާއި، ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާކަމާއި، ކަސްޓަމްސްގެ ވެރިޔާކަން ހިމެނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމު ވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. އޭގެ ފަހުން ރައީސް މައުމޫންގެ ވެރިކަމުގައި، މުޙައްމަދު ޒާހިރު ފުރަތަމަ އަދާކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒްގެ ނައިބުކަމެވެ. އޭގެ ފަހުން، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ސްޓޭޓް ކަމުގެ މަގާމާއި، ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމު ވެސް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ.

މުޙައްމަދު ޒާހިރު ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، އެމް.ޖީ ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފުޑް ކޮންޓްރޯލަރކަމުގެ މަގާމާއި، ވައިލެޓް ފެހި ހޮސްޕިޓަލްގެ މެނޭޖަރު ކަމުގެ މަގާމާއި، ޝިޕިންގ ޑިޕާޓްމަންޓުގެ މެނޭޖަރު ކަމުގެ މަގާމާއި، ރަޖިސްޓްރޭޝަން ޑިވިޜަންގެ ވަކީލު ކަމުގެ މަގާމު ހިމެނެއެވެ. އަދި އެމަނިކުފާނު ވަނީ 3 އަތޮޅެއްގެ އަތޮޅުވެރިކަމުގެ މަގާމު ވެސް ފުރުއްވާފައެވެ. އެއީ، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަމާއި، ތިލަދުންމަތީ އަތޮޅުވެރިކަމެވެ.

މުޙައްމަދު ޒާހިރު، އެންމެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައި ވަނީ، ކަސްޓަމްސްގައެވެ. އެގޮތުން، ދެ ފަހަރެއްގެ މަތިން 17 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ކަސްޓަމްސްގެ އެންމެ އިސްވެރިއެއްގެ މަގާމުގައި ހުންނަވައިގެން، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު، ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާ އެކު ވަނީ އަދާކުރައްވާފައެވެ.

މުޙަންމަދު ޒާހިރަކީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި، ފާދިއްޕޮޅު މެންބަރުކަމާއި، ކޮޅުމަޑުލު މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާ ވެސް މުޙައްމަދު ޒާހިރަށް ވަނީ ލިބިވަޑައިގެންފައެވެ.

މުޙައްމަދު ޒާހިރު، ސަރުކާރުގެ ޚިދްމަތުގައި 63 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއިރު، އެމަނިކުފާނަށް ވަނީ ރާއްޖޭގެ ސިޔާސީ އުދަރެހުގެ ކިތަންމެ މަންޒަރުތަކެއް ފެނިވަޑައިގެންފައެވެ. ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައެވެ. އެމަނިކުފާނަކީ، އެވަގުތަކު ދައުލަތް ހިންގަވަން ހުންނެވި ކޮންމެ ވެރިއެއްގެ ފަހަތްޕުޅުގައި، ތެދުވެރިކަމާއި ވަފާތެރިކަމާ އެކު ޚިދްމަތް ކުރެއްވި ލާމަސީލު ނަމޫނާ ބޭފުޅެކެވެ. ވިދާޅުވި ބަސްފުޅެއްގައި ހިފެހެއްޓެވި، ހަރުދަނާ އުސޫލުތަކަކާއި، ހަމަތަކެއްގައި ހިފެހެއްޓެވި ވަރަށް ހީވާގި މުރާލި ބޭފުޅެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް