24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:19
މަޣްރިބް 18:18
އިޝާ 19:29

ނިއުޒީލެންޑްގެ ބަޑީގެ ހަމަލާ

ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލި ހާދިސާ ރައީސް ސޯލިހު ކުށްވެރި ކުރައްވައިފި

  • މިހާދިސާގައި 49 މީހުން މަރާލައިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކާ
އަމްނާ އިމާދު | @amnabinthimad

| 15 މާރޗް 2019 | ހުކުރު 12:25 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


އަންހެނަކު މަރާލައިފައި -- ޑެއިލީ ނިއުސް

ނިއުޒީލެންޑްގެ ކްރައިސްޓްޗަރޗްގެ ދެ މިސްކިތަކަށް ބަޑިހިފައިގެން ތިބި ބަޔަކު ހުކުރު ދުވަހު ވަދެ، ބަޑީގެ ހަމަލާތަކެއްދީ އެތައް ބަޔަކު  މަރާލުމާއި ގުޅިގެން އެ އަމަލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރިކުރައްވައިފިއެވެ.

ނިއުޒީލެންޑްގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މިހިތާމެވެރި ދަނޑުވަޅުގައި ބައިވެރިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިއުޒީލެންޑްގެ ކްރައިސްޓްޗަރޗްގެ ދެ މިސްކިތަކަށް ބަޑިހިފައިގެން ތިބި ބަޔަކުދެ، ބަޑީގެ ހަމަލާތަކެއްދީ ކުށެއް ނެތް އެތައް ބަޔަކު މަރާލި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ވިދާޅުވީ ޓެރަރިޒަމްއާ ނަސްލީ ތަފާތުކުރުމަކީ ތަހުޒީބީ މުޖުތަމައުގައި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ.

މިހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ އެ އަމަލު ހަށުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ވިދާޅުވީ ރާއްޖެ ދެމިއޮންނާނީ ޒީރޯ ޓޮލަރެންސް ޓު ޓެރަރިޒަމްގެ އުސޫލުގެ މަތީގައި ކަމަށެވެ.

މީގެ އިތުރުން ފޮރިންގ މިނިސްޓްރީން ބުނީ މިހާދިސާގައި ދިވެއްސަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށާއި، އެ މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއަކީ ހަމަނުޖެހުންތަކަށް ހިތްވަރު ދޭނެ ގައުމެއް ނޫން ކަމަށާއި، ނިއު ޒިލެންޑްގެ ކްރައިސްޗާޗަށް ހަމަލަ ދިން ޚަބަރާ އެކު ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މިހާދިސާއާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މިހިތާމަވެރި ދަނޑިވަޅުގައި އެގައުމުގެ ރައްޔިތުންނާއެކުވާ ކަމަށެވެ.

ނިއު ޒިލެންޑްގައި ދިވެހި ހައި ކޮމިޝަނެއް ނުހުރެ އެވެ. ނަމަވެސް އެގައުމުގައި ދިވެހިންގެ ބަޔަކު އުޅެމުން ގެންދެއެވެ. މިހާތަނަށް މިހާދިސާގައި 49 މީހުން މަރާލައިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުޙައްމަދު މ

1 ހަފްތާކުރިން

Please make corrections, they were martyred. Not killed

0
0