24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:19
މަޣްރިބް 18:18
އިޝާ 19:29

ނޫސްވެރިކަމުގެ އިނާމް

ނޫސްވެރިކަމުގެ އިނާމުދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފި

  • ފޮޓޯގްރަފީ އަދި އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަންހުށަހެޅޭ އުސޫލަށް ބަދަލެއް ނުގެނޭ
  • ފުރުސަތު ހުޅުވާލާފައިވަނީ 31 މާޗްއާއި ހަމައަށް
އަމްނާ އިމާދު | @amnabinthimad

| 14 މާރޗް 2019 | ބުރާސްފަތި 21:17 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ޓްވިޓަރ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމުދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

މީޑިއާ ކައުންސިލްގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާޒިފް ވިދާޅުވީ، އުސޫލަށް ގެނައި އެންމެ ބޮޑު އެއްބަދަލަކީ ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ މީހުންނާ، ފަނޑިޔާރުންގެ ޕެނަލުން އިންޓަވިއު ކުރާ ގޮތަށް ނިންމާފައިވާ ނިންމުން ކަމަށެވެ.

އާޒިފް ވިދާޅުވީ ބްރޯޑްކާސްޓިން ދާއިރާ އިން ހުށަހަޅާ އުފެއްދުންތައް އުފެއްދި ތާރީޚު ޔަގީން ކުރަން ދަތިވާ ކަމަށެވެ. އެގޮތުން ހުށަހަޅާ ރިޕޯޓާއި ޚަބަރު ލިޔުނު ތާރީޚު ނުވަތަ ބްރޯޑްކާސްޓް ކުރި ތާރީޚު އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެމްއެމްސީން ބުނީ ފީޗާ އަދި ފޮޓޯގްރަފީ ނޫން ދާއިރާތަކަށް ހުށަހަޅަން ކަނޑައަޅާފައި ވަނީ ފަސް އުފެއްދުމެއް ކަމަށެވެ. އަދި ކުރިން ނިންމާފައި އޮތީ ތިން ޚަބަރާއި ދެ ރިޕޯޓެއް ހުށަހަޅާ ގޮތަށެވެ. އަދި ފީޗާގެ ދާއިރާއަށް ކުރިމަތިލާ މީހުން ތިން އުފެއްދުމެއް ހުށަހަޅަންޖެހޭއިރު، އެލިޔުންލިޔަން ކުރި މަސައްކަތްތަކާއި، ތާރީހު އެނގޭ ލިޔުމެއް ހުށަހަޅަންޖެހޭ ކަމަށް އެމްއެމްސީން މައުލޫމާތުދެއެވެ.

ނޫސްވެރިކަމުގެ އިނާމުތަކަށް މާކްސްދޭ އޮނިގަނޑަށް ވެސް އެމްއެމްސީން ބަދަލުގެނެސްފައިވާއިރު، އިނާމަށް ހުށަހަޅާއިރު އެ މީހެއްގެ މަސައްކަތުގެ ވަނަވަރު، ނުވަތަ ސީވީ ވެސް ހުށަހަޅަންޖެހެއެވެ. ނޫސްވެރިކަމުގެ އިނާމުދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ފޮޓޯގްރަފީ އަދި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަންހުށަހެޅޭ އުސޫލަށް އެއްވެސް ބަދަލެއް ނުގެނެއެވެ.

މިބަދަލުތަކާއެކު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނޫސްވެރިކަމުގެ އިނާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް