24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:19
މަޣްރިބް 18:18
އިޝާ 19:29

ހޯރަފުށި އެއާޕޯޓް

މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓު ހޯރަފުއްޓަށް ބަދަލުކުރަނީ

  • ތަރައްގީ ގެންނާނީ ގުދުރަތީ ރީތިކަމާއި، ރަށްތައް ހަލާކު ނުކޮށް
  • މިއަންނަ ހަފްތާ ތެރޭގައި ސޮއިކުރެވޭނެ
އަމްނާ އިމާދު | @amnabinthimad

| 14 މާރޗް 2019 | ބުރާސްފަތި 17:38 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


މަހާ ޖައްރާފު މާފިނޮޅު ސަރަހައްދު ހިއްކަނީ -- ފޭސްބުކް -- ރާއްޖެއެމްވީ

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހއ. މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓު ހޯރަފުއްޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މިސަރުކާރުން ތަރައްގީ ގެންނާނީ ގުދުރަތީ ރީތިކަމާއި، ރަށްތައް ހަލާކު ނުކޮށް ޖަޒީރާވަންތަކޮށް ކަމަށެވެ.

ހޯރަފުށި ކައިރީގައި މާފިނޮޅުގެ ބަދަލުގައި ހޯރަފުށި ހިއްކައިގެން އެއާޕޯޓް އެޅުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް، މާފިނޮޅު އެއާޕޯޓު ތަރައްގީ ކުރާނަމުގައި ކޮންނަ ބޯޓާއި އެހެނިހެން ސާމާނު ގެންގޮސްފައި އޮތް ކަމަށާއި، އެސަރަހައްދުގެ ވަކި ހިސާބެއް ކޮނެފައިވާ ކަމަށެވެ. ނަމަވެސް އެއާޕޯޓު އެޅުމަށް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ޝާހު ވިދާޅުވިއެވެ.

އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސްގެ ހެޑް އަހުމަދު ލަތީފު ވިދާޅުވީ، ހޯރަފުށީގެ އެއާޕޯޓުގެ މަސައްކަތް އެކުންފުންޏަށް ލިބޭނެ ކަމަށާއި، މިއަންނަ ހަފްތާގެ ތެރޭގައި މިމަޝްރޫއުގައި ރަސްމީކޮށް ސޮއި ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ހޯރަފުށި ކައިރީގައި އޮންނަ މާފިނޮޅު ހިއްކައި އެއާޕޯޓް އެޅުމަށް ޓުއަރިޒަމް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 2018 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ބިން ހިއްކުމުގެ އަމަލީ މަސައްކަތްފެށި ކަމަށް އެމްޓީސީސީން އޭރު އިއުލާން ވެސް ކުރިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފަހުން މިމަޝްރޫއުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ.

މިޝްރޫއަށް 64 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާއިރު މާފިނޮޅާއި ހޯރަފުށި ގުޅާލުންވެސް މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން 16 ހެކްޓަރުގެ ބިން ހިއްކާ 1.2 ކިލޯ މީޓަރުގެ ރަންވޭގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެވުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް