24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:19
މަޣްރިބް 18:18
އިޝާ 19:29

އެފްއޭއެމް - ކްލަބްތައް

އެފްއޭއެމް އާއި ކްލަބްތަކާ ދެމެދު ހިނގި ''ހަނގުރާމައިގައި'' ނުރަނގަޅު ކަންތައްތައް ވަނީ ހިނގާފައި: އަލީ ވަހީދު

  • ސޮއި އަނބުރާ ނެގި ބައެއް ކްލަބްތަކުން ކުޅުންތެރިން ގަތުމުގެ ކަންކަން ކުރިޔަށް ގެންދިޔަ
ލީވާން އަލީ | MrLeevaan

| 14 މާރޗް 2019 | ބުރާސްފަތި 11:38 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ޔޫތު މިނިސްޓްރީގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މިއުނާ ހަސަން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބްތަކާ ދެމެދު ހިނގި ހަނގުރާމައިގައި ނުރަނގަޅު ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެކްޓިންގ ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ސޮއިކުރި ބައެއް ކްލަބްތައް އަނބުރާ ސޮއި ނެގިކަން ފާހަގަވި ކަމަށާއި، އޭގެ ތެރެއިން ސޮއި ނެގީ ކޮން ކްލަބްތަކެއް ކަން ވެސް އެނގޭ ކަމަށެވެ.

އެގޮތުން އަލީ ވަހީދު ވިދާޅުވީ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ސޮއިކޮށް، ސޮއި އަނބުރާ ނެގި ބައެއް ކްލަބްތަކުން ކުޅުންތެރިން ގަތުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ސޮއިކޮށް އެއަށް ތާއީދުކޮށްގެން ތިބި ކްލަބްތައް ތިބީ ތިބި ގޮތަށް ކަމަށެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ، ހިނގައިދިޔަ ކަންކަމުން ދޭހަވާ ކަންތައްތައް އެބަހުރި ކަމަށާއި، ނަމަވެސް އެއްވެސް ކްލަބެއްގެ ޝަކުވާއެއް އެއްވެސް ތަނަކަށް ހުށަހަޅަން ބޭނުން ނުވާ ކަމަށެވެ. އަދި ކްލަބްތަކާ ނުލައި ފުޓުބޯޅަ ވެސް ނޯންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ފުޓުބޯޅަދެކެ ލޯބިވާ ބޭފުޅެއްގެ ހައިސިއްޔަތުން އަލީ ވަހީދު ވިދާޅުވީ، ގޮތް ނުހިފަހައްޓާ ކްލަބްތަކުން ސޮއިކޮށްފައި އެ ކުރާ ސޮއި އަނބުރާ ނެގުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށާއި، ދިވެހި ފުޓުބޯޅަ ރަނގަޅު ކުރެވޭނީ ފުޓުބޯޅަ އާއިލާގެ އެންމެން އެކައްޗެއް ކިޔައިގެން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި، ކްލަބްތަކަށް ވަކި ގޮތަކަށް އަމަލުކުރުމަށް އެއްވެސް ފައިސާއެއް ސަރުކާރުން ދީފައިނުވާނެ ކަމަށެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ބޭނުންވާ 12 ސޮއި ހަމަވި ނަމަވެސް އޭގެ ތެރެއިން ހަތަރު ކްލަބެއް ސޮއި އަނބުރާ ނެގި ކަމަށް އެފްއޭއެމުން ބުނެއެވެ. އަދި ފީފާއިންވެސް ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވޭ ވަރަށް ސޮއި ހަމަނުވާ ކަމަށް ބުނެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ސޮއިކުރުމަށް ފަހު، ސޮއި އަނބުރާ ނެގި ކްލަބްތަކުގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް ގްރީން ސްޓްރީޓް އަދި ޔުނައިޓެޑް ވިކްޓްރީ ހިމެނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް