24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: އަމިއްލަ ދަނޑުގައި ލިޔޯން ބަލިކޮށް ބާސާ ކުއާޓާއަށް

  • ލިޔޯންގެ މައްޗަށް ބާސާ ކުރިހޯދީ 1-5 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 14 މާރޗް 2019 | ބުރާސްފަތި 03:20 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ބާސާގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ޓްވިޓަރ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ލިޔޯން ބަލިކޮށް ބާސެލޯނާ ކުއާޓާއަށް ދަތުރުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ލިޔޯންއާ ވާދަކޮށް ބާސާއިން މެޗު ކާމިޔާބުކުރީ 1-5 ގެ ނަތީޖާއަކުންނެވެ. ބާސާ އަދި ލިޔޯން ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެގޮތުން ބާސާ ކުއާޓާއަށް ދަތުރުކުރީ 1-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 17 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކެޕްޓަން ލިއޮނެލް މެސީއެވެ.

މި ލަނޑަށް ފަހު ވެސް ރަނގަޅަށް ކުޅެމުންދިޔައީ ބާސާއިންނެވެ. އެގޮތުން 31 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ލުއިސް ސުއަރޭޒްގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ފިލިޕޭ ކުޓީނިއޯއެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ލިޔޯން އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޯސާޓްއެވެ.

ނަމަވެސް ބާސާ އިން ވަނީ 78 ވަނަ މިނެޓުގައި ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ސާޖިއޯ ބުސްކެޓްސްގެ އެހީތެރިކަމާ އެކު މެސީއެވެ. އޭގެ ހަތަރު މިނެޓު ފަހުން ބާސާގެ ހަތަރު ވަނަ ލަނޑު މެސީގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ޖެރާޑް ޕީކޭއެވެ.

ބާސާއިން މެޗުގައި ޖެހި ފަސްވަނަ ލަނޑު 86 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭ ކާމިޔާބުކުރިއިރު، އޭނާ މި ލަނޑު ކާމިޔާބުކުރީ މެސީގެ އެހީތެރިކަމާ އެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް