24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:19
މަޣްރިބް 18:18
އިޝާ 19:29

ނައިޖީރިއާ

ނައިޖީރިއާގައި ސްކޫލެއް ހިންގާ އިމާރާތެއް ވެއްޓި 10 މީހުން މަރުވެއްޖެ

  • އިމާރާތް ވެއްޓިފައިވަނީ ނައިޖީރިއާ ގަޑިން 10:00 ޖަހާކަންހާއިރު
އަބުދުﷲ މުހައްމަދު | 8Abbo

| 13 މާރޗް 2019 | ބުދަ 22:26 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


މަރުވި މީީހުންގެ އަދަދު އިތުރުވެދާނެކަމުގެ ބިރުވަނީ ހީވެފައި -- އާކައިވް

ނައިޖީރިއާގެ ސިޓީއެއް ކަމަށްވާ ލާގޮސްގައި ސްކޫލެއް ހިންގާ އިމާރާތެއް ވެއްޓި މަދުވެގެން 10 މީހުން މަރުވެ އިތުރު އެތައް ބަޔަކު އިމާރާތުގައި ތާށިވެފައި ތިބެދާނެކަމުގެ ބިރު ހީވެެއްޖެއެވެ.

ހަތަރު ބުރިޔަށް ހުންނަ މި އިމާރާތުގެ އެންމެ މަތީގައި ސްކޫލް ހިންގާއިރު އިމާރާތުގައި 100 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންދާ އޮފިޝަލަކު ބީބީސީގައި ބުނެފައި ވެއެވެ.

ދިރި ތިއްބާ އިމާރާތުގެ ދަށުން 40 އަކަށް މީހުން ނެރެވިިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ލާގޮސްގެ އިމާރާތްތަކާ ބެހޭ އޮފިޝަލު ބީބީސީގައި ވިދާޅުވެފައި ވަނީ އިމާރާތް ހުރީ ވީރާނާވެ ތަޅާލުމަށް ލިސްޓުކުރެވިފައި ކަމަށެވެ.

އިމާރާތް ވެއްޓިފައި ވަނީ ނައިޖީރިއާ ގަޑިން 10:00 (ޖީއެމްޓީ09:00) ހާއިރުއެވެ.

އިމާރާތުގައި ތިބިކަމަށް ބެލޭވޭ މީހުންގެ އާއިލާތަކުން ވަނީ އެ މީހުންގެ އާއިލާ މެމްބަރުން ދިިރިތިއްބާ ފެނިދާނެކަމުގެ އުއްމީދުގައި އިމާރާތް ހުރި ސަރަހައްދަށް ޖަމާވެފައެވެ.

މި އިމާރާތަކީ ސްކޫލެއްގެ އިތުރުން އެތައް އެޕާޓްމަންޓްތަކެއް ހިމެނޭ މީހުން ދިރިއުޅޭ އިމާރާތެއް ކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ އޮފިޝަލުން އަދި އެތަނުގައިި ދިރިއުޅޭ ބައެއް މީހުންނާ ހަވާލާދީ ބީބީސީގައި ބުނެފައި ވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް