24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

އެމެރިކާގެ ރިޔާސީ އިންތިހާބު

ޓްރަމްޕްގެ ކެމްޕެއިންގެ އިސްވެރިޔާއަށް އިތުރު 43 މަހުގެ ޖަލުހުކުމެއް

  • 30 މަސް ދުވަސް ހިނގާނީ ދެ ހުކުމް އެކުއެކީގައި
އަބުދުﷲ މުހައްމަދު | 8Abbo

| 13 މާރޗް 2019 | ބުދަ 21:34 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


މެނަފޯޓްގެ މައްޗަށް އިއްވަވާފައިވާ ޖަލު ހުކުމުގެ މުއްދަތު 73 މަސް ދުވަހަށް އަރާ -- ގެޓީ އިމޭޖާސް

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕެއިނާ ރަޝިއާއާ އޮތް ގުޅުން ތަހުގީގުގެ ތެރެއިން  ޓްރަމްޕްގެ ކެމްޕެއިންގެ ކުރީގެ ވެރިޔާ ޕައުލް މެނަފޯޓް އިތުރު 43 މަހަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

މި ހުކުމް އައިސްފައި މިވަނީ އުމުރުން 69 އަހަރުގެ މެނަފޯޓްއަށް އިތުރު މައްސަލައެއްގައި 47 މަހުގެ ޖަލުހުކުމެެއް އިއްވިތާ ހަފްތާއެއްގެ ތެރޭގައެވެ.

މި ފަހަރުގެ ހުކުމް އައިސްފައި މިވަނީ މިދިޔަ އަހަރު ސާބިތުވި ދެ ދައުވާއާއި ގުޅިގެންނެވެ.

ވޮޝިންގޓަން ޑީސީގައި ހުންނަ ފެޑެރަލް ކޯޓުގައި މެނަފޯޓްވަނީ އޭނާއަށް ކުރެވުނު ކުށަށް މައާފަށް އެދެން ބޭނުން ކަަމަށް ބުނެފައެވެ.

"އަޅުގަނޑަށް ކުރެވުނު ކަންތަކަށް އަދި އަޅުގަނޑުމެން މި ހާލަތަށް އައުމަށް ދިމާވި ހުރިހާ ކަމަކަށް އަޅުގަނޑު މައާފަށް އެދެން" ފުރޮޅުލީ ގޮނޑީގައި އިނދެ މެނަފޯޓް ބުންޏެވެ.

މިދިޔަ ހަފްތާގައި ކުރި ހުކުމާއެކު ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު އެމީ ބަރމަން ޖެކްސަން މެނަފޯޓްގެ މައްޗަށް އިއްވަވާފައިވާ ޖަލު ހުކުމުގެ މުއްދަތު 73 މަސް ދުވަހަށް އަރައެވެ. މީގެ ތެރެއިން 30 މަސް ދުވަސް ހިނގާނީ ދެ ހުކުމް އެކުއެކީގައެވެ.

ދެ މައްސަލަ ވެސް އައިސްފައިވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލައިގެ ތަހުގީގުގެ ތެރެއިންނެވެ.

މިއީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިއްވުނު އެންމެ ދިގު މުއްދަތުގެ ޖަލުހުކުމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް