24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

އީކުއޭޓާރ ވިލެޖް

އީކުއޭޓަރ ވިލެޖްގެ އޮކިއުޕެންސީ 85 ޕަސެންޓަށް ވުރެ މަތީގައި

  • އީކުއޭޓަރ ވިލެޖަކީ އައްޑޫސިޓީގައި ފުރަތަމަ ހިންގަން ފެށި ރިސޯރޓް
ހައްވާ މުހައްމަދު | @hawwimd

| 13 މާރޗް 2019 | ބުދަ 16:30 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


އީކުއޭޓާރ ވިލެޖް -- ފޮޓޯ: ހައްވާ މުހައްމަދު

ދިވެހިރާއްޖޭގައި ފުރަތަމަ ބޭއްވި އިންޓަރނޭޝަނަލް ޓްރެވަލް އެވޯޑް "ސަތާ އެވޯޑް" ބޭއްވި އީކުއޭޓަރ ވިލެޖް އޮކިއުޕެންސީ މި ދިޔަ އަހަރާ އަޅާ ބަލާއިރު 20 ޕަސެންޓް އިތުރުވެފައިވާ ކަމަށް އީކުއޭޓާރ ވިލެޖުން ބުނެފިއެވެ.

އީކުއޭޓާރ ވިލެޖްގެ މެނޭޖާރ މުހައްމަދު ވަހީދު ވިދާޅުވީ ރިސޯރޓް އޮކިއުޕެންސީ މިހާރު ހުރީ 85 ޕަސެންޓްގައި ކަމަށާއި، އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 20 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.

އީކުއޭޓާރ ވިލެޖުން ބުނީ އޮކިއުޕެންސީ ރަނގަޅުވުމުގެ މައިގަނޑު ސަބަބަކީ ރިސޯރޓް އިޝްތިހާރު ކުރުމަށް ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ކުރަމުން އަންނަ މަސައްކަތުގެ އިތުރުން، ރިސޯރޓްގެ މުވައްޒިފުންގެ ފަރާތުން ލިބޭ ހިތްހެޔޮ މެހެންމާންދާރީއާ މެދު ފަތުރުވެރިންނަށް ލިބެމުން އަންނަ ހިތްހަމަޖެހުން ކަމަށެވެ.

ވަހީދު ވިދާޅުވީ އީކުއޭޓާރ ވިލެޖުގެ އޮކިއުޕެންސީއެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ މައިގަނޑު އެހެން ސަބަބުތަކަކީ ރިސޯރޓް ކުރިއެރުވުމަށް، ރިސޯރޓްގެ ވެރި ފަރާތުން ކުރަމުން އަންނަ  މަސައްކަތާއި، އައްޑޫ ސިޓީ ރައްޔިތުންގެ ލޯބި ރިސޯރޓަށް އިތުރުވެގެން ދިއުން ކަމަށެވެ. މީގެ އިތުރުން ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް އައްޑޫސިޓީ އަށް ކުރަމުން އަންނާތީ ރިސޯރޓްގެ އޮކިއުޕެންސީ ކުރިއާ އަޅާ ބަލާއިރު، ވަރަށް ބޮޑު ތަން އިތުރުވެފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. އެގޮތުން ޗައިނާ، އަދި އިންޑިޔާ މާރކެޓް އިތުރުވެފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ އަދަދު ވެސް އިތުުރުވެފައިވާ ކަަމަށް ވަހީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ގަމުގައި އޮންނަ އީކުއޭޓާރ ވިލެޖް ރިސޯރޓަށް ވަނީ މޯލްޑިވްސް ޓްރެވަލް އެވޯޑް ގާލާ 2017،2018 ވިދިވިދިގެން ދެ ފަހަރު ލީޑިން އެއަރޕޯޓް ހޮޓެލް ލިބިފައެވެ.

އީކުއޭޓަރ ވިލެޖަކީ އައްޑޫ ސިޓީގައި ފުރަތަމަ ހިންގަން ފެށި ރިސޯރޓްއެވެ. މި ރިސޯރޓް ފުރަތަމަ ހިންގަން ފަށާފައި ވަނީ 1983 ވަނަ އަހަރު ގަން ހޮލިޑޭ ކޭމްޕްގެ ނަމުގައެވެ. އޭގެ ފަހުން އޯޝަން ރީފް ކްލަބްގެ ނަމަށް ބަދަލުކުރުމަށް ފަހު، އޭގެ ދުވަސްތަކެއް ފަހުން ރިސޯރޓްގެ ނަން ވަނީ އީކުއޭޓަރ ވިލެޖްގެ ނަމަށް ބަދަލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Zaaraa

2 ހަފްތާކުރިން

Ma he kuree thi Kan ves koffa onnaa nee 2009-2012 aa dhey theret kamah

0
0