24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ބޮލީވުޑް

ޓައިގާ އާއި ދިޝާގެ ގުޅުމާ ގުޅޭގޮތުން ޖެކީ ދިން ޖަވާބު އިނގޭތަ؟

  • ޖެކީ ބުނެފައި ވަނީ މިހާރު އެ ދެ މީހުންގެ ދެމެދުގައި އޮތީ ރަހުމަތްތެރިކަން އެކަނި ކަމަށް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 12 މާރޗް 2019 | އަންގާރަ 18:38 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ދިޝާ ޕަޓާނީ އާއި ޓައިގާ ޝްރޯފް -- ގޫގުލް

ބޮލީވުޑް އެކްޓަރ ޖެކީ ޝްރޯފް އޭނާގެ ދަރިފުޅު ބޮލީވުޑް ޓައިގާ ޝްރޯފް އާއި ދިޝާ ޕަޓާނީއާ އޮންނަ ގުޅުމާ ބެހޭ ގޮތުން ވަނީ ވާހަކަ ދައްކާފައެވެ.

ދިޝާ އާއި ޓައިގާ އެކުގައި ޕަބްލިކުން ފެނިގެން ދިޔަ ނަމަވެސް މި ދެ ތަރިންގެ ދެމެދުގައި އޮންނަ ގުޅުމާ ބެހޭ ގޮތުން މި ދެތަރިން ވެސް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.  

މުމްބާއި މިރަރ އަށް ދިން އިންޓަވިއުއެއްގައި ޓައިގާގެ ބައްޕަ ޖެކީ ބުނެފައި ވަނީ ދިޝާއަކީ ޓައިގާ ފުރަތަމަ އަންހެން އެކުވެރިޔާ ކަމަށެވެ. އަދި އެ ދެ މީހުންނަކީ އެއް ދައިރާއެއްގައި މަސައްކަތް ކުރާ ދެ މީހުން ކަމަށާއި ޑާންސް އަދި ވޯކްއައުޓް ވެސް ކުރަނީ އެކުގައި ކަމަށް ޖެކީ ވަނީ ބުނެފައެވެ.

ދިޝާއަކީ އާމީ އޮފިސަރެއްގެ އާއިލާއަކަށް އުފަން ކުއްޖެއް ކަމަށާއި އެހެންކަމުން އޭނާ ރިވެތި އަހުލާގާއި ރަނަގަޅު އާދަތައް އިނގޭނެ ކަމަށް ޖެކީ ވަނީ ބުނެފައެވެ.

"ކާކަށް އިނގެނީ އެ ދެ މީހުން މުސްތަގްބަލުގައި ކައިވެނި ނުކުރާނެ ކަމެއް ވެސް. ނޫނީ ދެ ރައްޓެހިންގެ ގޮތުގައި ތިބޭނީ ނޫން ކަމެއް ވެސް،" ޖެކީ  ބުނެފައި ވެއެވެ.

ޖެކީ ބުނެފައި ވަނީ މިހާރު އެ ދެ މީހުންގެ ދެމެދުގައި އޮތީ ރަހުމަތްތެރިކަން އެކަނި ކަމަށެވެ.

އުމުރުން 62 އަހަރުގެ ޖެކީ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ރޯމިއޯ އަކްބަރު ވޯލްޓަރ" އިންނެވެ. މި ފިލްމްގައި ޖެކީ ފެނިގެންދާނީ ސީނިއަރ އޮފިސަރެއްގެ ރޯލުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަސްތާ

2 ހަފްތާކުރިން

އިނގޭތަ އެއް ނޫން، އެނގޭތަ އޮންނާނީ..

0
0