24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:19
މަޣްރިބް 18:18
އިޝާ 19:29

ބޮލީވުޑް

''ކަލަންކް''ގެ ޓީޒާ ދައްކާލައިފި

  • "ކަލަންކް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 17 ގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 12 މާރޗް 2019 | އަންގާރަ 18:07 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


''ކަލަންކް''ގައި ފެނިގެންދާ ތަރިން -- ހިންދުސްތާނީ ޓައިމްސް

ބޮލީވުޑްގެ ފިލްމް އުފައްދާ މަޝްހޫރު ފަންނާނެއް ކަމަށްވާ ކަރަން ޖޯހަރު އޭނާގެ އަންނަން އޮތް ފިލްމް "ކަލަންކް" ގެ ޓީޒާ ދައްލާލައިފިއެވެ.

މި ފިލްމްގެ ޓީޒާ ލައުންޗް ކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި މި ފިލްމުގައި ފެނިގެންދާ ހުރިހާ ތަރިން ވަނީ ބައިވެރި ވެފައެވެ. މި ހަފްލާގައި ފިލްމްގައި ހިމެނޭ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ވަރުން ދަވަނަ ފެނިގެންދަނީ ހުދު ކުލައިގެ ހެދުމެއްގައެވެ. އަދިތްޔާ ރޯއީ ކަޕޫރާއި ސޯނާކްޝީ ސިންހާ ފެނިގެންދަނީ ރަތް ކުލައިގެ ހެދުމުގައެވެ. މީގެ އިތުރުން ސަންޖޭ ދަތާއި މާދުރީ ޑިކްސިޓް ފެނިގެންދަނީ ކަޅު ކުލައިގެ ހެދުމެއްގައެވެ.

"ކަލަންކް" އަކީ 1940 ގެ އަހަރުތަކުގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔަރުކޮށްފައިވާ ފިލްމެކެވެ.

މި ފިލްމު އެންމެ ހާއްސަވާ އެއް ސަބަބަކީ "ކަލަންކް"އަކީ ބައްޕަ އަދި ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރު މީގެ 15 އަހަރު ކުރިން ގެނެސް ދޭން އުޅުނު ފިލްމަކަށް ވުން ކަމަށް ކަރަން ވަނީ ބުނެފައެވެ. އަދި މި ފިލްމްގެ މަސައްކަތް ފެށުމަކީ އޭނާގެ ހުވަފެން ހަގީގަތަކަށް ވުން ކަމަށް ކަރަން ވަނީ ބުނެފައެވެ.

"ކަލަންކް" އަކީ  2014 ގައި ރިލީޒް ކުރި "ޓޫ ސްޓޭޓްސް" ޑައިރެކްޓަރ އަބީޝެކް ވަރުމަންގެ ޑައިރެކްޓް ކޮށްފއިވާ ފިލްމެކެވެ.

"ކަލަންކް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 17 ގައެވެ.

މި ފިލްމަކީ 21 އަހަރުގެ މެދުކެނޑުމަކަށް ފަހު ސަންޖޭދަތާއި މާދުރީ ޑިކްސިޓް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް