24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ބޮލީވުޑް

ހީނާގެ ބަދަލުގައި ކޮމޯލިކާގެ ރޯލު ކުޅޭނީ އާލީޝާތަ؟

  • ހީނާ މި ޝޯ ހުއްޓާލަނީ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރުމަށް ކަމަށް ރިޕޯޓްތައް ބުނޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 12 މާރޗް 2019 | އަންގާރަ 15:50 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ހީނާ ޚާން އާއި އާލީޝާ ޕަންވާރު -- ހިންދުސްތާނީ ޓައިމްސް

"ކަސައުޓީ ޒިންދަގީކީ" ގެ ރީބޫޓްގައި ކޮމޯލިކާގެ ރޯލު ކުޅެމުންދާ ހީނާ ޚާން އެ ރޯލް ދޫކޮށްލަން އުޅޭ ކަމަށް ކުރިން ވަނީ އަޑުފެތުރިގެން ގޮސްފައެވެ. އަދި އެ ޝޯ ދޫކޮށްލަން އުޅޭ ކަމަށް ކުރިން ހީނާ ވެސް ވަނީ ޔަގީންކޮށްދީފައެވެ.

"އިޝްގްމެއިން މަރުޖާވާން" ގެ ބަތަލާ އާލީޝާ ޕަންވަރު ވަރަށް އަވަހަށް ކޮމޯލިކާގެ ރޯލުން ފެނިގެން ހިނގައިދާނެ ކަމަށް އެންމެ ފަހުގެ ރިޕޯޓްތައް ވަނީ ބުނެފައެވެ.

"ބޮމްބޭ ޓައިމްސް" އަށް ކުރިން ދިން އިންޓަވިއުއެއްގައި ހީނާ ބުނެފައި ވަނީ މާރޗް މަހުން ފެށިގެން އެ ޝޯއިން އޭނާ ނުފެންނާނެ ކަމަށެވެ. އަދި އޭނާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ޝޯއަށް އަންނާނެ ކަމަށް ވަނީ ބުނެފައެވެ.

ހީނާ މި ޝޯ ހުއްޓާލަނީ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރުމަށް ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ކޮންމެއަކަސް ޝޯގެ ސްކްރިޕްޓް ބަދަލު ކުރުމުގެ ބަދަލުގައި އެ ރޯލަށް އާމޫނެއް ހަމަޖެއްސުމަށް ފިލްމް އުފައްދާ ފަރާތްތަކުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ރޯލަށް އާލީޝާ ގެނައުމަށްޓަކައި އޭނާއާ ވާހަކަ ދައްކަމުންދާ ކަމަށް ގިނަ ރިޕޯޓްތައް ވަނީ ބުނެފައެވެ.

ސްޓާޕަލްސް އިން "ކަސައުޓީ ޒިންދަގީކީ" ދައްކަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ހީނާގެ ކެރެކްޓަރ ދައްކަން ފަށާފައި ވަނީ ޝޯ ފެށިތާ މަހެއްހާ ދުވަސް ފަހުންނެވެ.

އޭކްތާ ކަޕޫރު ޕްރޮޑިއުސްކުރާ މި ޝޯގައި ޕްރޭނާގެ ރޯލުން ފެނިގެންދަނީ އެރިކާ ފެނާންޑޭޒްއެވެ. އަދި އަނޫރާގްގެ ރޯލުން ފެނިގެންދަނީ ޕާރތް ސަމްތާން އެވެ.

ހީނާ އެކޭ އެއްގަތަށް އާލީޝާއަކީ ވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފޮލޯ ކުރަމުންދާ ފަންނާނެކެވެ. އާލީޝާ މީގެ ކުރިން ވަނީ ޓީވީ ޝޯ "ޖަމާއީ ރާޖާ" އިން ވެސް ފެނިގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް