24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ސައުދީ އަރަބިއްޔާ

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

  • އެ އަންހެން މީހާ ދަރިފުޅު ބައްހައްޓާފަ ފުރީ ހަނދާން ނެތިގެން
  • ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުން
އަމްނާ އިމާދު | @amnabinthimad

| 11 މާރޗް 2019 | ހޯމަ 20:50 | |

މަގުބޫލް

  1. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  2. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  6. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  7. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ
  8. ހަ ގޮނޑި ލިބޭނެކަމުގެ ޔަގީންކަން ނެތީ އެމްޑީޕީއަށް: ޤާސިމް


ސައުދީ ފްލައިޓެއް -- ޓްވިޓަރ

ހަނދާންނެތުމަކީ އިންސާނާގެ ޠަބީއީ ސިފައެކެވެ. ވަކިމީހެއް މިކަމުގައި އިސްތިސްނާއެއްނުވެއެވެ. ދިރިއުޅުމުގެ މަސައްކަތުގައި ހޭބޯނާރާ އުޅޭއިރު ވަރަށް މުހިންމު ކަންކަން ހަނދާނުން ކައްސާލައިގެންދެއެވެ. މިސާލަކަށް ބުނަނީ ނަމަ މުހިންމު ތާރީހުތަކާއި، މުހިންމު ދުވަސްތަކާއި، އެދުވަހެއްގަ ކުރުމަށް ނިންމާ މަސައްކަތްތަކުން ހަނދާނުން ކައްސާލާފަހަރު އައުމަކީ އާންމުކޮށް އަހަރުމެންގެ ދިރިއުޅުމުގައި ހިނގަމުން އަންނަ ކަންކަމެވެ. ނަމަވެސް ހަނދާންނެތިގެން ދަރިފުޅު އެއާޕޯޓަށް ދޫކޮށްލާފަ މަންމައަކު ފުރި ޚަބަރަކީ އަދިއަލަށް އަޑު އިވުނު ޚަބަރެކެއެވެ.

އެއީ ސައުދީ ފްލައިޓް SV832, ޖެއްޑާ ކިންގް އަބްދުލް އަޒީޒު އިންޓަނޭޝަނަލް އެއަޕޯޓްއިން ކުއަލަލަމްޕޫރަށް ދަތުރުކުރަމަށް ފުރި ޕްލައިޓެކެވެ. ފްލައިޓެއް ނައްޓާލާ މާގިނައިރެއް ނުވަނީސް ޕަސެންޖަރަކު އެފްލައިޓްގެ ކެބިން ކްރޫއެއް ގާތު ދަރިފުޅު ހަނދާންނެތިގެން އެއާޕޯޓަށް ދޫކޮށްލެވިފައިވާ ބުންޏެވެ. އަދި އެޕަސެންޖަރު ދަރިފުޅު ނުލާ ދަތުރުކުރަން ބޭނުންނުވާ ކަމަށް ބުންޏެވެ.

މިޚަބަރާއެކު ޕައިލެޓް ވަނީ އެއާރ ޓްރެފިކް ކޮންޓްރޯލްގަ ތިބި މީހުންނަށް އެވާހަކަ ހިއްސާކޮށްފައެވެ.

މިވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެގެންދާއިރު، އެތަނުން އެއް ކޮންޓްރޯލާ އަނެކަކު ކައިރިން އެވަގުތު އަމަލުކުރަންވީ ގޮތް އަހާ އޮޅުން ފިލުވަން މަސައްކަތް ކުރާކަން ދައްކާ ވާހަކަތަކުން އެނގެއެވެ. އަދި އެފަދަ ހާލަތެއްގައި އަމަލުކުރާނެ ވަކި ޚާއްސަ އުސޫލެއް އޮތްތޯ ބެލުމަށްތެޅިގަތުމަށްފަހު ވެސް ކޮންޓްރޯލާ ޕައިލެޓް ކައިރިން ވެގެން އުޅޭ ގޮތް ޔަގީން ކުރުމަށް ދެވަނަ ފަހަރަށް ވެސް ސުވާލުކުރިއެވެ. އަދި ތަކުރާރުކޮށް އަންހެނަކު އޭނާގެ ދަރިފުޅު އެއާޕޯޓު ޓާމިނަލްގައި ހަނދާންނެތި ދޫކޮށްލެވިފައިވާ ކަމަށް ބުނާ އަޑުއެވެ.

އެއާއެކު ކޮންޓްރޯލާ ވަނީ ފްލައިޓް އަނބުރާ އެއާޕޯޓަށް ޖައްސަން ހުއްދަދީފައެވެ. އަދި މިކޭސްއަކީ އެފަދަ ގޮތަކަށް ދިމާވި ފުރަތަމަ ކޭސްކަމަށް ކޮންޓްރޯލާ ބުނާއަޑު އިވެއެވެ.

މިދިޔަ ހަފްތާ ހިނގި މިހާދިސާގައި މިވީޑިއޯ ބެލި ގިނަބަޔަކު ވަނީ ޕައެލެޓް ކަންތައްކުރި ގޮތުން ވަރަށް ބޮޑަށް އެނާ އަށް ތައުރީފް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް